Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 4 އަހަރު

ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

ސިޔާސީ ހުރިހާ ވާދަވެރިން ހުކުމްތަކެއްގައި ބައްދާފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2017 | ހުކުރު 17:03
ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓު

މިނިވަން ޝަރުއީ ނިޒާމެއް ގާއިމުކުރުމަކީ ގައުމެއް ކުރިއަރައިގެން ދިއުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ތަރައްގީއާއި ދަމައްދުނުގައި ގައުމަކަށް ކުރިއަރައިގެން ދެވޭނީ އަދުލުވެރިކަމާއި އިންސާފުވެރިކަން އޮވެގެންކަން ދުނިޔޭގެ ތާރީޚުގައި ހިނގާފައި ހުރި ހާދިސާތަކުން ހާމަވެ އެވެ. އަދި ހަމަ އެހެންމެ މިއަދު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އެކިއެކި ހާދިސާތަކަށް ނަޒަރު ހިންގާލުމުން ވެސް އަދާލަތާއި އިންސާފުގެ މުހިންމުކަން ހާމަވެ އެވެ.

ރައީސް އަބްދުﷲ ޔާމީން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ވައުދުގެ ގޮތުގައި ފާހަގަކޮށްލެވެނީ މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކޮށް ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދެވެ.

އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ:

  • މިނިވަންކަމާއެކު ޝަރީއަތްތައް ބޭނުންވާ އިމާރާތްތައް ހަދާ ފުރިހަމަ ކޮށްދެއްވާނެ ކަމަށާއި،
  • ބަޖެޓް މެދުވެރިކޮށް ޝަރުއީ ނިޒާމަށް މާލީ ފުދުންތެރިކަން ހޯދައި ދެއްވާނެ ކަމަށާއި،
  • ހިންގުމުގެ ގޮތުން ޝަރުއީ ނިޒާމަށް ފުރިހަމަ މިނިވަންކަން ހޯދައި ދެއްވާނެ ކަމަށާއި،
  • ޝަރުއީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ފުރުސަތު ހޯދައި ދެއްވާނެ ކަމަށާއި،
  • ބޭނުންވާ ހާލަތުތަކުގައި ފަނޑިޔާރުންނަށް ރައްކާތެރިކަން ހޯދައި ދެއްވާނެ ކަމަށް

ރައީސް ޔާމީނުގެ ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔައިރު، މި ވައުދުތައް ފުއްދުނު މިންވަރު ވަޒަންކޮށްލަންޖެހެ އެވެ. އަދި ޝަރުއީ ދާއިރާގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކަށް ވެސް ބަލައިލަން ޖެހެ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ވަނީ ޝަރުއީ ދާއިރާގެ ބަޖެޓް ކުޑަ ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ކޯޓުތަކުން މަސައްކަތު ގަޑިއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ކާރޫބާރޫ ބޮޑު ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަން ދިމާވެ މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފަ އެވެ. ޝަރުއީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މާބޮޑު ފުރުސަތުތަކެއް ތަނަވަސް ކޮށްދެވުނު ތަނެއް ނުފެނެ އެވެ. ފަނޑިޔާރުންނަށް ރައްކާތެރިކަމެއް ނެތެވެ. ރައްކާތެރިކަން އޮތީ ސަރުކާރުގެ "ކޮޅުގައި" ތިބި ފަނޑިޔާރުންނަށެވެ. ހަމައާއި އިންސާފަށް ލޯބިކުރާ ފަނޑިޔާރުން ނިޒާމުން ބާކީކޮށް، އެކަހެރިކޮށްލަނީ އެވެ. ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ހަމައެއްލަމެއް ނެތެވެ.

ޝަރުއީ ދާއިރާއިން ރައީސް ޔާމީނުގެ ސިޔާސީ ހުރިހާ ވާދަވެރިން "ނައްތާލައި" ޖަލުގައި ބަންދުކޮށްފައިވުމަކީ އިއްތިފާގަކަށް ވެދާނެ އެވެ. ބަންޑާރަނައިބުގެ މަގާމަށް ރައީސް ޔާމީނު އައްޔަންކުރައްވާފައިވާ ބޭފުޅާ ދަންގަޑިތަކުގައި ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަަވާ މަންޒަރު ފެނުމާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް، އެ ޕާޓީގެ ބާރުތައް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ކުރި ހުކުމަކީ ވެސް ހަމަ އިއްތިފާގަކަށް ވެދާނެ އެވެ. ހަމަ އެހެންމެ، ރައީސް ޔާމީންގެ ވާދަވެރިންނަށް ބޮޑެތި ޖަލު ހުކުމްތައް ކުރާ ފަނޑިޔާރުންނަށް މަތީ މަގާމުތަކާއި، ފްލެޓްތަކާއި އަދި އެ ނޫން ވެސް ފައިދާތައް ލިބެމުން ދިއުމަކީ ވެސް އިއްތިފާކަށް ވެދާނެ އެވެ. އެހެންނަމަވެސް، ރައީސް ޔާމީން ރަށަރަށަށް ވަޑައިގަންނަވާއިރު، އިސްތިގުބާލުގައި ފަނޑިޔާރުން ތިއްބެވުމާއި، ސިޔާސީ ހަރަކާތްތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ފަނޑިޔާރުން އުޅުއްވުމަކީ އިއްތިފާގެއް ނޫންކަން ވޭތުވެދިޔަ ހަތަރު އަހަރު ފެނިފައިވާ ބައެއް މަންޒަރުތަކުން ހާމަވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް ހަތަރު އަހަރު ވީއިރު، ޝަރުއީ ހުކުމްތައް އައިސްފައިވާ ބައެއް ބޭފުޅުންނާއި، ދައުވާ އުފުލިފައިވާ ބައެއް ބޭފުޅުން:

  1. އެމްޑީޕީގެ ލީޑަރު، ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއްގައި
  2. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ 12 އަހަރުގެ ޖަލު ހުކުމެއްގައި
  3. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްގައި
  4. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއްގައި
  5. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 33 އަހަރުގެ ޖަލު ހުކުމެއްގައި
  6. ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު 10 އަހަރުގެ ޖަލު ހުކުމެއްގައި
  7. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް 25 އަހަރުގެ ޖަލު ހުކުމެއްގައި
  8. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކޮށް، ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދަނީ
  9. ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  10. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  11. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ޝަރިއަތް ކުރިއަށް ގެންދަނީ، ދައުވާއެއް ސާބިތުނުވާ ކަމަށް ވެސް ހުކުމް ކޮށްފަ
  12. ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދަނީ
  13. ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ޓެރަރިޒަމުގެ ދައުވާއާއި އިތުރު ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދަނީ
  14. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  15. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  16. ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  17. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  18. ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  19. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދަނީ
  20. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާއާއި، އިތުރު ދެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ
  21. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދަނީ
  22. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފުގެ މައްޗަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފަ
  23. މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ޖިނާއީ ކުށް ސާބިތުކޮށް، 3،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމް އިއްވި
  24. މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ޖިނާއީ ކުށް ސާބިތުކޮށް ހުކުމް އިއްވި
  25. ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން 17 އަހަރުގެ ޖަލު ހުކުމެއްގައި
  26. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނު 17 އަހަރުގެ ޖަލު ހުކުމެއްގައި

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ފެށެމާއެކު ބަންޑާރަނައިބު ކޯޓަށް ވަޑައިގެން، ސިޔާސީ ޕާޓީއެއްގެ އަތް މައްޗަށް ރައްޔިތުންގެ މަންދޫބުން، މެންބަރުކަމުގެ މަގާމުން ދުއްވާލުމުގެ ބާރު ލިބޭގޮތް ތަނަވަސްކޮށް ދެއްވައި، އެކަމަށް ވަކާލާތު ކުރެއްވި އެވެ. ރައްޔިތުންގެ މަންފާއާއި ސަލާމަތާއި އާންމު މިނިވަންކަން ދިފާއުކުރެއްވުމަށް ބަންޑާރަނައިބު މަސައްކަތް ކުރައްވަންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ބަންޑާރަނައިބު ތަބާވާންޖެހޭނީ ހަމައެކަނި ގާނޫނު އަސާސީ އަށެވެ. އެހެން ނަމަވެސް، ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު، ފެންނަނީ ބަންޑާރަނައިބު ގާނޫނީ އިހުތިސާސުން ބޭރަށް ނިކުމެވަޑައިގެން ފަތުރުވެރިކަން ޕްރޮމޯޓް ކުރުމާ ހަމައަށް ގޮސްފައިވާތަނެވެ. އާންމު ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމުގައި ފެއިލްވެފައިވާ ތަނެވެ.

މިނިވަންކަމާއެކު ޝަރުއީ ނިޒާމެއް ހިންގުމުގައި ގާނޫނީ ވަކީލުންގެ ދައުރު ވަރަށް މުހިންމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާއިރުވެސް، ގާނޫނީ ވަކީލުންނަކީ ޝަރުއީ ކޯޓުތަކުން ގޯސްކޮށް ކުރާ ކަންތައްތަކާއި ރަނގަޅަށް ކުރާ ކަންތައްތައް ފާހަގަކޮށްދޭ މީހުންނެވެ. އަދި އެކަންކަމާ އިހުތިޖާޖު ކުރަން ޖެހިއްޖެނަމަ އިހުތިޖާޖު ވެސް ކުރެ އެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގައި ކަސިޔާރުކޮށް ހިންގަމުންދާ ކަންތައްތައް ފާހަގަކުރުމާއެކު 56 ގާނޫނީ ވަކީލަކު ސަސްޕެންޑް ކުރެވުނެވެ. އުއްތަމަ ފަނޑިޔާރުގެ ކިބައިން މައާފަށް އެދުމުން ބައެއް ވަކީލުންނަށް ހުއްދަ ދީފައިވާއިރު، މިއަދާ ހަމައަށް ވެސް 15 ވަކީލަކު ވަނީ ސަސްޕެންޝަނުގަ އެވެ. އިދާރީ ފިޔަވަޅު އިސްތިއުނާފު ކުރުމުގެ ހައްގުވެސް ނުލިބި، ސުޕްރީމް ކޯޓުގެ ފައިގައި "ބޮސް ދޭން" މަޖުބޫރު ކުރުވާފަ އެވެ.

ޝަރުއީ ކޯޓުތަކާއި ތަހުގީގު ކުރާ ފަރާތް ގުޅުވައިދޭ ފާލަމަކީ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ނިންމެވުންތަކުގައި އިންސާފުވެރިކަމެއް ނެތް ކަން ފާޅުކަން ބޮޑު ގޮތެއްގައި ދަނީ ފެންނަމުންނެވެ. ވަކި ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމުން މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ތެރެއަށް އުމަގުވެގެންދާއިރު، އަނެއް ބައެއްގެ މައްޗަށް ދައުވާ ކުރެވެމުންދަނީ ތަހުގީގު ފުރިހަމަތޯ ބަލާލުމެއް ވެސް ނެތި އެވެ. އެއް ކުށެއް ކުރާ ދެ މީހެއްގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ގެންގުޅޭތީ، ހަމަހަމަކަމާއި އިންސާފު މި ވަނީ ގެއްލިފަ އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ކޯޓަށް ވަޑައިގެން ބޭއިންސާފުގެ ހައްގުގައި ވަކާލާތުކުރައްވާތީ އަދުލު އިންސާފުގެ ނިޒާމުން ރައްޔިތުންނަށް ލިބެންޖެހޭ ހިމާޔަތް މިވަނީ ނިގުޅައިގަނެވިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު