Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 4 އަހަރު

ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

ރިސޯޓް ހިއްސާގެ ވާހަކަ މިހާރު ސަރުކާރުން ނުދައްކާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2017 | ހުކުރު 16:46
ރާއްޖޭގެ ރިސޯޓެއް - ރިސޯޓްތަކުން ހިއްސާ ހޯދުމުގެ އުއްމީދުގައި ތިބި މުއައްޒަފުން މިއަދު ތިބީ ނާއުއްމީދު ވެފައި

ރާއްޖޭގެ ރިސޯޓެއް - ރިސޯޓްތަކުން ހިއްސާ ހޯދުމުގެ އުއްމީދުގައި ތިބި މުއައްޒަފުން މިއަދު ތިބީ ނާއުއްމީދު ވެފައި

ނޮވެމްބަރ 17، 2013ގައި ދިވެހިރާއްޖޭގައި އުފެދުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރު، އޭގެ ހަތަރު އަހަރުފަހުން މިއަދު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަކަށް ވެފައިވާއިރު، ސަރުކާރުން ބުނާ ގޮތުގައި ރާއްޖެއަށް ވަނީ ވަރުގަދަ ބަހާރެއް އައިސްފައެވެ. ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ ތާރީޚުގައި ވެސް ނުފެންނަ ވަރުގެ ތަރައްޤީ މިއަދު ރާއްޖެއިން ދަނީ ފެންނަމުންނެވެ. ސަރުކާރުގެ ވެރިން ބުނާ ގޮތުން މި ހުރިހާ ކަމެއްގެ ޝުކުރު ޙައްޤުވަނީ ރައީސް ޔާމީނަށެވެ. ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންކަން ކުރުމަށް އެމަނިކުފާނު ބަހައްޓަވާ އަހައްމިއްޔަތުކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދިޔަ ދުވަސްވަރު ކޮންމެ ކެނޑިޑޭޓަކުވެސް އެތައް އެތައް ވަޢުދެއް ވިއެވެ. މެނިފެސްޓޯގެ ގޮތުގައި އެ ވަޢުދުތައް ލިޔެ، ރައްޔިތުންނާއި ހަމައަށް ގެނެސްދިނެވެ. ހަމަ މިފަދައިން ޕީޕީއެމްއިންވެސް އެ ޕާޓީގެ މެނިފެސްޓޯ ރައްޔިތުންނާ ހަމައަށް ގެނެސްދިނެވެ. ރީތި މަންޒަރުތަކާއި ފޮނި ވަޢުދުތަކާއެކުއެވެ.

ޤައުމަކަށް އަންނަ ތަރައްޤީ މިންކުރުމުގެ އެންމެ ސައްހަ މިންގަނޑަކީ އާންމު ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާގެ އަދަދު އިތުރުވެ، އޭނާ ކުރަންޖެހޭ ޚަރަދު ކުޑަވާ މިންވަރުކަމުގައި ވާއިރު، މި ލަނޑުދަނޑި ހާސިލްކުރުމަށް ޕީޕީއެމްގެ މެނިފެސްޓޯގައި ވެސް ވަނީ މުހިއްމު ކަންތައްތަކެއް ހިމަނާފައެވެ. ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުން މުއްސަނދިކޮށްދިނުމަށް ކުރާނެ ކިތަންމެ ކަމެއްގެ ވާހަކަ ކެމްޕެއިން ދުވަސްވަރު ވަނީ ދައްކާފައެވެ. ބެޔަސް ނުބެޔަސް ދިހަ ހާހުގެ ވާހަކައެވެ. ކޮންމެ ދަނޑުވެރިއަކަށް އަށްހާސް ރުފިޔާ ދޭ ވާހަކައެވެ. ވަޒީފާގެ ފުރުޞަތު އިތުރުކޮށް، ވިޔަފާރި ފެށުމަށް ޒުވާނުންނަށް ލޯނު ދޭނެ ވާހަކައެވެ. ރާއްޖޭގައި އިތުރު ރިސޯޓްތައް ހުޅުވައި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓްތަކުގެ ހިއްސާ ލިބިގެންދާނެ މަގު ފަހިކުރާ ވާހަކައެވެ.

މި ވަޢުދުތަކުގެ ތެރެއިން ބައެއް ވަޢުދުތައް މިހާރުވެސް ފުދިފައިވާކަމަށް ސަރުކާރުން ބުނަމުން ދާއިރު، މީގައި ހިމެނޭ މުހިއްމު އެއް ވަޢުދު މިއަދު ވަނީ ވުޖޫދުން ގެއްލިފައެވެ. ރިސޯޓް މުވައްޒަފުންނަށް ރިސޯޓްތަކުން ހިއްސާ ހޯދައިދޭ ވާހަކަ މިއަދު ސަރުކާރުގެ ޕޯޑިއަމްއެއްގައި ނުދައްކާއިރު، އެ ވާހަކަ ލިޔެފައިވާ ލިޔެކިއުމެއްވެސް މިއަދު ފެންނާކަށް ނެތެވެ.

އާންމުކޮށް ލިބެންހުރި ޕީޕީއެމްގެ މެނިފެސްޓޯ ހިމެނޭ ލިޔެކިޔުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ހިންގާ ރިސޯޓްގެ އަދަދު އިތުރު ކުރުމުގެ ވާހަކަ އެކި ފަހަރުމަތިން ބަޔާންކޮށްފައިވީ ނަމަވެސް، މިއިން އެއްވެސް ލިޔެ ކިއުމެއްގައި ރިސޯޓް ހިއްސާގެ ވަޢުދުގެ ވާހަކައެއް ނެތެވެ.

ރިސޯޓް ހިއްސާގެ ވަޢުދަކީ އޭގެ ޒާތުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުއްމީދީ ވަޢުދެކެވެ. ރާއްޖޭގެ ތާރީހުގައި ފަތުރުވެރިކަމުގެ ދާއިރާގައި، ވެރިންނާއި މުވައްޒަފުންގެ ދެމެދުގައި ހުރި ބިޔަ ފަރަޤު އިސާހިތަކު ނެތިގެން ހިނގައިދާނެކަމުގެ އުއްމީދީ ހުޅުކޮޅަކަށް މި ވަޢުދު ވެގެން ދިޔައެވެ. ކެމްޕެއިން ދުވަސްވަރު މި ވަޢުދުގެ ވާހަކަ ނިކަން އަޑުހަރުކޮށް ދެކެވި، ބެނަރތަކުގައި ފަލަ އަކުރުން އެ ވަޢުދު ލިޔެވުނު ނަމަވެސް، ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު، އެ ވަޢުދުގެ ހަނދާން އައުކޮށްލުމަށް ޕީޕީއެމްގެ މެނިފެސްޓޯ ހުޅުވައި އެއްކޮޅުން އަނެއްކޮޅަށް އެ މެނިފެސްޓޯ ކިޔައިލިއިރު، އެ ވަޢުދެއް މެނިފެސްޓޯއަކު ނެތެވެ.

ރިސޯޓް ހިއްސާގެ ވައުދުގެ މަތިން ހަނދާން ނައްތާލާފައި ވާއިރު، ފަހަރުގައި އެއީ ނުވާ ވަޢުދެއް ކަމަށްވެސް ސަރުކާރުން މިއަދު ބުނެފާނެއެވެ. ކަން ދިމާވެފައި ހުރި ގޮތުން މީގެ ކުރިންވެސް މިމަގުން ކަންކަން ވަނީ ހިނގާފައެވެ.

2013 ވަނަ އަހަރު ރިސޯޓް ހިއްސާގެ ވާހަކަ ފުރަތަމަ ދެއްކެވީ އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި، އަދި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި އަޙުމަދު އަދީބެވެ. ޕީޕީއެމްގެ އިގްތިޞާދީ މެނިފެސްޓޯ އިޢުލާނުކޮށް، އޭގެ ތަފްޞިލުތައް ކިޔައިދެއްވަމުން އަދީބް އެ ވަޢުދުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނީ އުފާވެރި ހިނިތުންވުމެއްގެ ގޮތުގައެވެ.

ސަރުކާރުގައި ހުންނެވިއިރު އަދީބް ދެއްކެވި ވާހަކަތަކާއި، ކުރެއްވި ކަންކަން އެއީ އެމަނިކުފާނު އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަ އާއި ކުރެއްވި ކަންކަންކަމަށް މި ސަރުކާރުން މިހާރު ބުނަމުންދާއިރު، ފަހަރުގައި ރިސޯޓް ހިއްސާގެ ވަޢުދަށްވެސް ވީއެފަދައިން ކަމަށް ވެދާނެއެވެ. ރިސޯޓް ހިއްސާގެ ވާހަކަ ޕީޕީއެމްގެ މެނިފެސްޓޯގައި ނެތި، އެ ވާހަކަ ދެއްކުން ވެސް ސަރުކާރުން ހުއްޓާލާފައި ވާއިރު، ރިސޯޓުން ހިއްސާ ލިބޭނެ ކަމަށް އުއްމީދުކޮށްގެން ތިބި ހުރިހާ މުވައްޒަފުންނަށް މިއަދު މަޖުބޫރުވެފައިވަނީ އެ އުއްމީދަކީ ހޮޅި ހުވަފެނެއް ކަމަށް ދެކިގެން ފުއްދައިލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު