Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 4 އަހަރު

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ޝަރަފްވެރި ރައްޔިތުންގެ މަޖިލީހެއް އޮންނާނެ ކަމަށް ބުނެފައިވޭ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2017 | ހުކުރު 03:23
ރައީސް ޔާމީން

ރައީސް ޔާމީން

ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަށް ހަތަރު އަހަރު ފުރުނީއެވެ. އެނބުރެމުން މިސްރާބު ގެއްލެމުން، ބުރަކިޖެހެމުން، ސަރުކާރު ހިނގާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައީސް އަބުދުﷲ ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމަށް ބާކީ އޮތީ އެއް އަހަރު ދުވަހެވެ.

ސަރުކާރެއް އެކުލަވައިލުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދިވެހިރައްޔިތުން ފުރުސަތު އެރުވީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ގެންގުޅުނު މެނިފެސްޓޯއާ ދެއްކި ވާހަކަތަކަށް ބެލުމަށް ފަހުގައެވެ. އިންތިހާބުގެ ކަންކަން އެންމެ ރަގަޅަށް ހިނގައި ގޮސްފައި ނެތް ކަމަށް އިދިކޮޅުފަރާތްތަކުން ބުނާ ބުނުމަކީ އަދި އެހެން މައްސަލައެކެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ދަނޑުވެރިންނަށް މަހަކު އަށްހާސް ރުފިޔާ ދޭނެ ކަމަށް ވެފައިވާ ވައުދެއްގެ ވާހަކަ ހުއްޓުމެއް ނެތި އިދިކޮޅުފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ. އަދި މީޑިއާތަކުން އެކަން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އަދި 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ވެސް އެވާހަކަ ރައްޔިތުންނަށް ހަނދާން ކޮށްދީފައި އެބަހުއްޓެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެފައިސާ މަހު މުސާރައިގެ ގޮތުގައި ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ލިބިފައި އޮތް ކަމަކަށް ނުފެނެއެވެ. ސަރުކާރުން އެކަމާ ކޮންމެހެން ހަވާލުވެގެން އެއީ ޕީޕީއެމް އިން ވެފައިވާ ވައުދެއް ކަމަށް ދެކިގެން ރައީސް އޮފީސް ވެބްސައިޓުގައިވާ، " ޔަގީން" މެނިފެސްޓޯގައި އެވާހަކަ ހިމަނާފައި އޮތް ތަނެއް ވެސް މިއަދު ފެންނާކަށް ނެތެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބުނާ ގޮތުގައި މިސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަން ކުރާ މީހުންގެ އަދަދު ފަސްހާހުން، ދިހަހާހަށް އިތުރުކުރުމެވެ. އަދި ދަނޑުވެރިންގެ އެވްރެޖް އާމްދަނީ ދިހަހާސް ރުފިޔާގައި ހިފެހެއްޓުމެވެ.

ޕީޕީއެމް ސަރުކާރެއްގައި ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަހާސް ރުފިޔާއެއް މަހު މުސާރައިގެ ގޮތުގައި ދޭނެ ކަމަށް ލިޔެފައިވާ ފޮތިގަނޑުތަކެއް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފެނިފައިވުމުން އެކަމާ ގުޅޭ ގޮތުން ދޭތެރެއަކުން ނޫސްވެރިން ސަރުކާރާއި ވެރިންނާ ސުވާލުކޮށް އުޅުނެވެ. ނޫސްވެރިން އެސުވާލު ކުރުން ހުއްޓާލީ ސަރުކާރުން އެކަމަށް ދިން ޖަވާބަކުންނެވެ. ސަރުކާރުން ބުނި ގޮތުގައި ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިޔަކަށް ދޭނެ ކަމަށް ބުނެ ފޮތިގަނޑުތަކެއްގައި އޭރު ފެނުނު ވައުދު ފުއްދާނެ ގޮތަކީ މަސްވެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށް މަސްނުބާނާ ދުވަސްވަރު އެ ސްކީމުން ފައިސާ ދެވޭނެ ގޮތް ހަމަޖައްސައިގެންނެވެ. އަދި އެ ބުނާ އިންޝުއަރެންސް ސްކީމަކީ މަސްވެރިން ކޮންމެވެސް ވަރެއްގެ ހޭދައެއް ކޮށްގެން ބައިވެރިވާން ޖެހޭ ސްކީމެއް ގޮތުގައި ވާހަކަ ދެކެވެމުން ދިޔުމުގެ ނަތީޖާއަކަށްވީ އެގޮތް ގަބޫލު ކުރާ މަސްވެރިންގެ އަދަދު ހީނުކުރާ ވަރަށް މަދުވުމެވެ. ޔަގީނުން ވެސް މަހަކު ދިހަހާސް ރުފިޔާގެ މަހު މުސާރަ ދޭ މަސްވެރިޔަކު މިއަދަކު ނެތެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ފްލީޓް 900 އިން 1،500 އަށް އިތުރުކުރުމެވެ. އަދި ފަސް އަހަރުތެރޭގައި ޒުވާން ދިހަހާސް މަސްވެރިން އުފެއްދުމެވެ. މީގެ އިތުރުން މަސްވެރިންގެ އެވްރެޖް އާންމުދަނީ ދިހަހާސް ރުފިޔާއަށް މައްޗަށް ޖެއްސުމެވެ.

ސިއްހީ ފަރުވާއަށް ރައްޔިތުން އުފުލާ ތަކުލީފް ކުޑަކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލް ކުރުމަށް ކޮންމެ އާއިލާއަކަށް ޑޮކްޓަރެެއް ޕީޕީއެމް ސަރުކާރެއްގައި ލިބޭނެ ކަމުގެ ވާހަކަތައް އާންމުވެގެން ދިޔައެވެ. އާންމު ރައްޔިތުންނަށް އޭރު ގަބޫލު ކުރެވުނީ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހުންނަންޏާ ލައްކަ ފަސޭހަތައް ވާނެ ކަމަށެވެ. އެންމެ ފަހުން އެވައުދު ފުއްދުމުގައި ސަރުކާރުން އަމަލު ކުރާނެ ގޮތް އާންމު ކުރިއެވެ. ސަރުކާރުން ބުނާ ގޮތުގައި ޖީޕީ ކްލިނިކްތަކުގައި ރަޖިސްޓްރީވުމުން އެ އާއިލާތަކުގެ ސިއްހީ މައުލޫމާތު ބަލަހައްޓަން ޑޮކްޓަރަކާ ހަވާލުކުރެވޭނެއެވެ. އަދި މިގޮތަށް އަމަލުކުރުމުން އެއް ޑޮކްޓަރަކު އެތައް އާއިލާއެއް ވެސް ބަލަހައްޓަފާނެ ކަމަށް ގަބޫލު ކުރެވިގެން އެކަމަށް ރައްޔިތުންގެ މާބޮޑު ތަރުހީބެއް ނުލިބުނެވެ. ސަރުކާރުން ބުނާ ޖީޕީ ކްލިނިކުތަކުން އާއިލާތަކުގެ ސިއްހީ މައުލޫމާތު ބަލަހައްޓައި ވާރުތަވާ ބާވަތުގެ ބަލިތައް ދުރާލައި ފާހަގަކޮށް ފަރުވާ ފެށުމަށް މަގުފަހި ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ" ޔަގީން" މެނިފެސްޓޯގައިވާ ގޮތުން ސަރަހައްދީ ހޮސްޕިޓަލްތައް އަލުން ދިރުވައި މާލެއާ އެއްފެންވަރެއްގެ ޚިދުމަތް ދެވޭނެ ގޮތް ހަދާނެއެވެ. އަދި ކެންސަރާއި ކިޑްނީގެ ބަލިތަކަށް ހުރިހާ ފަރުވާއެއް ހޯދަން ސަރުކާރުން އެހީތެރިވާނެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު ސަރުކާރު ހިންގުމުގެ ނިޒާމަށް އައިސްފައި އޮތް ބަދަލުގެ ސަބަބުން ގާނޫނު އަސާސީގައި ވަކިކުރެވިފައިވާ ތިން ބާރުގެ އިންތައް ފުރިހަމައަށް ވަކިވެފައި ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން ހުއްޓުމަކަށް ނާދެއެވެ. އެކަމަށް ކުރާ ތުހުމަތުތައް ކުޑައެއް ނޫނެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައި ވަނީ ދައުލަތުގެ ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވެންނެވުމަށް ވަޑައިގަތުމުން ފުލުހުން ހުރަސްއެޅި މަންޒަރުތަކާއި، މަޖިލީހުގެ މައިގޭޓުތަކުގައި ސިފައިން ތަޅުއެޅުވި މަންޒަރު ފެނިގެން ގޮސްފިއެވެ. އަދި މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފައިވާ ބޭފުޅުންތަކެއް އެބަ ތިއްބެވިއެވެ. މަޖިލިސް 12 މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލިފައިވެއެވެ. ސިޔާސީ އިދިކޮޅު ގިނަ ލީޑަރުންނަށް ސިޔާސީ ހަރަކާތް ހިންގަވަން ފުރުސަތު ލިބިވަޑައެއް ނުގަންނަވައެވެ. ގިނަ ބޭފުޅުންނަށް ވަނީ ބޮޑެތި ޖަލު ހުކުމްތައް ކުރެވިފައެވެ. ޝަރުއީ ނިޒާމުގައި އިސްލާހުކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކަވާ ވަކީލުންގެ ލިސްޓް އެހާމެ ދިގުވެއްޖެއެވެ.

މިހުރިހާ ކަމެއް މިގޮތަށް ހިނގައިފައި ވިޔަސް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ "ޔަގީން" މެނިފެސްޓޯގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި އަބުރުވެރި ޝަރަފްވެރި ރައްޔިތުންގެ މަޖިލީހެއް އޮންނާނެ ކަމަށެވެ. އަދި މިނިވަން ޝަރުއީ ނިޒާމެއް މިގައުމުގައި ގާއިމް ކުރެވޭނެ ކަމަށެވެ. ވޯޓުން އަޅުވެތިވުމަށް އޮތް ފުރުޝަތު ނިމުމަކަށް ގެނައުމާއި، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު