Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުގާބޭ

ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

މުގާބޭ ވަނީ އެގައުމުގައި މުޒާހަރާ ކުރުން މުޅިން މަނާކޮށްފައި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2017 | ބުދަ 12:41
ރައީސް މުގާބޭ

ރައީސް މުގާބޭ

އެފްރިކާގެ ގައުމެއް ކަމުގައިވާ ޒިމްބާބުވޭ އޭ ބުނުމުން ދުނިޔޭގެ ގިނަ މީހުންނަށް ސިފަކުރެވޭނީ ވެރިކަމުގައި 37 އަހަރު ހޭދަކުރައްވާ ރޮބަޓް ބުގާބޭގެ އަމިއްލަފުޅު އުފަލަށް މުޅިދައުލަތް ބޭނުންފުޅު ކުރައްވާ ގައުމެއްގެ ގޮތުގައެވެ. އެގައުމުގައި ރައްޔިތުންނަކީ ބައެއް ނޫނެވެ. ވެރިކަމުގައި ހުންނެވީ ރައްޔިތުންދައްކާ ވާހަކަތައް އަޑުއައްސަވާ ބޭފުޅެއް ނޫނެވެ.

މުގާބޭގެ އުމުރުފުޅުން 92 އަހަރު ވެއްޖެއެވެ. އަދި އެހާ ގިނަ ދުވަހު ވެރިކަމުގައި ހުންނެވިޔަސް ވެރިކަން ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް ވެސް ނެތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށާއި، އިންތިހާބުގެ ކުރިން އަވަހާރަވެއްޖެ ނަމަ ހަށިކޮޅު ފެންނަން އޮތަސް ރައްޔިތުން އެމަނިކުފާނަށް ވޯޓުދީގެން ރައީސްކަމަށް އިނތިހާބު ކުރާނެ ކަމަށް ވިދާޅުވެ " މޮޔަ" ވާހަކަފުޅުތައް ގިނައިން މިހާރު ދައްކަވާ އުޅުއްވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ދާދިފަހުން ގައުމުން ބޭރުގައި ވަރަށް ގިނަ ދުވަހު އުޅުއްވުމުން އެމަނިކުފާނު އަވަހާރަވެއްޖެ ކަމުގެ ވާހަކަތައް އެގައުމުގައި ފެތުރުނެވެ. އެހެން ނަމަވެސް އެނބުރި ގައުމަށް ވަޑައިގެން އެ އުމުރުފުޅުގައި ވެސް އިދިކޮޅުފަރާތްތަކާ ޖަދަލު ކުރެއްވުން އިތުރު ކުރެއްވީއެވެ. އަވަހާރަ ވުމަށް ފަހު އަލުން " ދިރުނީ" ކަމަށް ވެސް ވިދާޅުވެ މުޅިދުނިޔޭގެ ކުރިމަތީގައި ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަވާ ދުނިޔޭގެ ވެރިޔެއްގެ ލަގަބު ހޯއްދެވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މުޅިން ފުނޑުފުޑުވެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެން ނަމަވެސް މުގާބޭގެ އުފަން ދުވަސް ފާހަގަ ކުރެއްވުމަށާއި، އަމިއްލަފުޅު އާއިލާގެ ބޭފުޅުންގެ ހިތްޕުޅަށް ހިތްހަމަޖެހުން ގެއްނެވުމަށް ކުރައްވަންޖެހޭ އެންމެހާ ކަންކަން ދައުލަތުގެ ބަޖެޓުން ކުރެވޭނެ އިންތިޒާމް ނުހަނު ފުރިހަމައަށް އިންތިޒާމު ކޮށްފައިވެއެވެ. ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިޔަޔަސް ފަރުވާލެއް ނުބަހައްޓަވައެވެ. ގައުމުގެ އެތެރޭގެ ކަންކަމާ ނުބެހުމަށް އަމުރު ކުރެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގަންނަވަނީ ކުރިޔަށެވެ.

ގައުމުގެ އުފެއްދުންތެރިކަން ދަށްވެ އިގްތިސާދީ ކުރިއެރުން މުޅިން ހުއްޓިގެން ދިޔަ ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ބުންޏަސް އެކަން ވެސް ގަބޫލެއް ނުކުރައްވައެވެ. އެޔަށް ރައްދު ދެއްވުމަށް އެގައުމުގައި އިމާރާތްކޮށްފައިވާ ސްކޫލު މަދަރުސާތަކާއި، އޮފީސްތަކުގެ ލިސްޓް ވިދާޅުވެފައިވާ އެއީ ގައުމަށް އައި ތަރައްގީ ކަމަށް ވިދާޅުވެއެވެ.

ގައުމުގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުގެ ހަރަކާތް މުޅިން ހުއްޓުމަކަށް ގެނައުމަށް މުޒާހަރާ ކުރުން މުޅިން މަނާކުރިއެވެ. މުޒާހަރާތައް ހުއްޓުވުމަށް ކޯޓުތަކުން އަމުރު ނެރުން ހުއްޓާލުމުން ކޯޓުތަކަކީ ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ތަންތަން ގޮތުގައި ފާހަގަކޮށް ފަނޑިޔާރުންނަށް ބިރުދެއްކުން އިތުރުކުރިއެވެ. މުގާބޭގެ ބަސް ގަބޫލު ނުކުރާތީ ޖިނާއީ ދައުވާތައް ކުރައްވަން ހުންނެވި ޗީފް ޕޮރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރެއްވީ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.

އެގައުމުގައި މިހާރު ވަނީ މުގާބޭއާ ދެކޮޅަށް އިދިކޮޅު ފަރާތްތައް ގުޅިގެން ކޯލިޝަނެއް އެކުަލަވާލައިފައެވެ. އެކޯލިޝަނުގައި ނަގާ ކިޔަނީ ރައީސް މުގާބޭގެ ސަރުކާރާ އެކު ކޯލިޝަނެެއް ހައްދަވައިގެން ކުރިން ބޮޑުވަޒީރުކަން ކުރެއްވި މޯގަން ސްވަންގިރާއީ އާއި ކުރިން މުގާބޭގެ ނައިބު ރައީސް ކަމުގައި ހުއްޓާ މަގާމުން ވަކިކުރެއްވި ޖޮއިސް މުޖުރޫއެވެ.

މަތީގައި މިދެންނެވުނު ވާހަކަތަކަށް ވިސްނަވާށެވެ. މިއީ ޚުދުމުހްތާރު ވެރިކަމެއް ކުރައްވާ ވެރިޔެއްގެ ކަންކަން ހުރި ގޮތެވެ. އެގައުމުގައި ރައްޔިތުންނަކީ ބައެއް ނޫނެވެ. އަދި ރައްޔިތަކަށް ލިބިފައިވާ ބާރަކީ ވެސް އޮތް އެއްޗެއް ނޫނެވެ.

ދެން އޮތީ މިރާއްޖޭގެ ވާހަކައެވެ. އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށްފިއެވެ. ސަރުކާރުގައި އޮތް ކޮރަޕްޝަން އިންތިހާއެވެ. ސަރުކާރުގެ ނުފޫޒުގައި އިދިކޮޅުފަރާތްތަކުގެ ހަރަކާތް ހުއްޓުމަކަށް ގެނައުމަށް އެތައް މަސައްކަތެއް ފަށައިފިއެވެ. ގައުމުން ބޭރުގައި ހުންނެވި ލީޑަރަކަށް ގައުމަށް ވަޑައިގަތުމަކަށް މިނިވަން ފުރުސަތެއް ނެތެވެ. ވަޑައިގެންފި ނަމަ ޖެހިވަޑައިގަންނަވާނީ ޖަލުގައި އޮންނަވާށެވެ. ގައުމުގައި ތިބި ސިޔާސީ އެތައް ބޭފުޅުންނެއް ޖަލުގައެވެ. ނައިބު ރައީސްކަމުގެ މަގާމު އަދާކުރެއްވި އެއްބޭފުޅަކު ޖަލުގައެވެ. އަނެއް ބޭފުޅަކު އިދިކޮޅު ފަރާތްތަކާ އެކު ކުރީ ސަފުގައެވެ.

ގައުމުގައި ހިނގާ ކަންކަމާ މެދު ވެރިމީހާ ދައްކަވާ ވާހަކަފުޅުގެ ދެކޮޅު ނުޖެހޭ ކަންކަން އިދިކޮޅުފަރާތްތަކުން ގޮވާ ނަގަނީއެވެ. އިންސާފު ލިބުމުގައި ހަމަހަމަކަން ނެތްނަމަ ގައުމު ފުނޑުފުނޑުވެގެން ދާނެ ކަމުގެ ބިރަށް ވަކީލުން ނިކުމެ "ތުސްތޫރީ ފަސާނާ" ގެ ނަމުގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ. އިދިކޮޅު ފަރާތަކުން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހެކޭ ދަތްނެތް ސިންގާއެކޭ އެކޭ ތަފާތެއް ނެތެވެ. މިނިވަން އިންސާފުވެރި އިންތިހާބެއް އިއުލާން ވެސް ނުކުރަނީސް ވެރިމީހާ ހުންނެވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ނިކުންނަވައިގެންނެވެ.

ދެން އޮތީ އެންމެ ވާހަކައެކެވެ. ޕީޕީއެމް ޕީޖީލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެމްޑީޕީވެރިކަމެއްގައި އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި " އޭޝޔާގެ ބުގާބޭ" ކަމަށް ވިދާޅުވި ވިދާޅުވުމާއި، މިހާރު ވެރިކަން ކުރައްވާ އުސޫލަށް ބަލާއިރު ރައީސް މުގާބޭގެ ވެރިކަމުގެ ސިފަ ބޮޑަށް ވައްތަރީ ކޮންބޭފުޅެއްގެ ވެރިކަމާތޯ ރައްޔިތުން ކަނޑައަޅަންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނަން އޮތް ވާހަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު