Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހޮންގް ކޮންގް އެއާލައިންސް

ހޮންގް ކޮންގް އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

ހަފްތާއަކު ތިން ދަތުރުކުރާނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 15 ނޮވެމްބަރު 2017 | ބުދަ 05:50
ހޮންގް ކޮންގް އެއާލައިންސްގެ ބޯޓެއް: ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައި

ހޮންގް ކޮންގް އެއާލައިންސްގެ ބޯޓެއް: ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައި

ހޮންގް ކޮންގް އެއާލައިންސްއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ޖޯޖިއާގެ "ދަ ފައިނޭންޝަލް" ނޫހަށް މައުލޫމާތު ދެއްވަމުން، ހޮންގް ކޮންގް އެއާލައިންސްގެ އެސިސްޓަންޓް ޑިރެކްޓަރ އޮފް ކޮމަރޝަލް، ވޭން ވޭންގް ވިދާޅުވީ، ހޮންގް ކޮންގްގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާ މިންވަރު އަހަރުން އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު އެކަނި ވެސް، ހޮންގް ކޮންގްއިން ރާއްޖެއަށް ދަތުރުކުރި މީހުންގެ އަދަދު 5.9 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އިތުރުވަމުންދާ މި ދަތުރުވެރިންނަށް، ދަތުރުފަތުރުގެ ފަސޭހަ މަގުތަކެއް ހޯދައިދޭން ހޮންގް ކޮންގް އެއާލައިންސްއިން ބޭނުންވާ ކަމަށާއި، ރާއްޖެއަށް އުދުހެން ފަށަން ނިންމީ އެސަބަބަށްޓަކައި ކަމަށް ވޭންގް ވިދާޅުވިއެވެ.

ހޮންގް ކޮންގް އެއާލައިންސްއިން ހާމަކޮށްފައިވާ ގޮތުގައި އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަން ނިންމާފައި ވަނީ އެއާބަސް އޭ 330-300 މަރުކާގެ ބޯޓުގައެވެ. މި ބޯޓުގައި ބިޒްނަސް ކްލާސްގެ 32 ޖާގަ އާއި އިކޮނޮމީ ކްލާސްގެ 260 ޖާގަ ހިމެނޭ ގޮތަށް، ޖުމްލަ 292 ދަތުރުވެރިންނަށް ދަތުރުކުރެވޭނެއެވެ.

ދަތުރުތައް ފަށާނެ ވަކި ތާރީޚެއް އަދި އިޢުލާނު ނުކުރި ނަމަވެސް، ހޮންގް ކޮންގް އެއާލައިންސްއިން ނިންމާފައި ވަނީ އަންގާރަ، ބުރާސްފަތި އަދި އާދީއްތަ ދުވަހު ރާއްޖެއަށް ދަތުރުކުރުމަށެވެ.

ހޮންގް ކޮންގް އިން ރާއްޖެއަށް ދަތުރުކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް 30 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު