Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

އަރަބި ހަތަރު ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް!

މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ހަތަރު ގައުމަކީ ޓިއުނީޝިއާ އާއި މޮރޮކޯ އަދި ސައުދީ އެރެބިއާ އާއި މިސްރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2017 | އާދީއްތަ 15:20
ވޯލްޑް ކަޕަށް ކޮލިފައިވުމުން މިސްރުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ވޯލްޑް ކަޕަށް ކޮލިފައިވުމުން މިސްރުގެ ކުޅުންތެރިން އުފާފާޅު ކުރަނީ

އަންނަ އަހަރު ޖޫން މަހުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އަރަބި ހަތަރު ގައުމެއް ފުރަތަމަ ފަހަރަށް ކޮލިފައިވެއްޖެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ހަތަރު ގައުމަކީ ޓިއުނީޝިއާ އާއި މޮރޮކޯ އާއި ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

ޓިއުނީޝިއާ ވޯލްޑް ކަޕުން ޖާގަ ހޯދީ މެޗަކުން ބަލިނުވެ އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޓިއުނީޝިއާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕަށެވެ. އޭގެ ފަހުން 2010 ގައި ސައުތް އެފްރީކާގައި ބޭއްވި ވޯލްޑް ކަޕުންނާއި އަދި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުން ވެސް ޓިއުނީޝިއާއަށް ވަނީ ފުރުސަތު ލިބޭ ގޮތް ނުވެފައެވެ.

ޓިއުނީޝިއާގެ ކޯޗު ނަބީލް މާލޫލް ބުނީ މިއީ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވުނު ކަމެއް ކަމަށާއި އުއްމީދަކީ ރަނގަޅަށް ތައްޔާރުވެ ވޯލްޑް ކަޕުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

"މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އަހަރުމެންގެ ބުރަ މަސައްކަތުން. އުންމީދަކީ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރުން،" ނަބީލް ބުންޏެވެ.

މޮރޮކޯ ވޯލްޑް ކަޕުން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ރަށުން ބޭރުގައި ވަރުގަދަ އައިވަރީ ކޯސްޓް 2-0 އިން ބަލިކުރުމަށް ފަހު އެވެ. އައިވަރީ ކޯސްޓު ކޮޅަށް މޮރޮކޯގެ ލަނޑުތައް ޖެހީ ޔުވެންޓަސްގެ ޑިފެންޑަރު މެހެދީ ބެނަޝިއާ އާއި މިދިޔަ ސީޒަނުގައި މޮނާކޯ އިން ވިދާލި ނަބީލް ދިރާރު އެވެ. މޮރޮކޯ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުން މޮރޮކޯ ކަޓާފައި ވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއް ވަރުވެ އެއް މެޗުން ބަލިވެ ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނަ ލިބިގެންނެވެ.

މޮރޮކޯގެ ކޯޗު ހާވް ރެނާޑް ބުނީ އެ ގައުމު މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. މިއީ މުޅި ގައުމަށް ލިބިގެންދިޔަ ފަހުރެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ދުނިޔޭގެ ނިސްބަތުން މޮރޮކޯއަކީ ވެސް ފުޓްބޯޅައިގައި ވަރުގަދަ ގައުމެއް. އެކަން ސާބިތުވެއްޖެ. މިއީ މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ފަސް ވަނަ ފަހަރު. މިއީ ފަހުރުވެރިވާން ޖެހޭ ކަމެއް،" ރެނާޑް ބުންޏެވެ.

މި ދެ ޓީމުގެ އިތުރުން މިސްރު އަދި ސައުދީ އަރަބިއްޔާވެސް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. މިސްރު ކޮލިފައިވެފައި ވަނީ ކޮންގޯ 0-1 ގެ ނަތާޖާއިން ބަލިކުރުމަށްފަހުއެވެ. މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ މިސްރު، އެންމެ ފަހުން ވޯލްޑްކަޕެއްގައި ކުޅެފައިވަނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގަ އެވެ.

ސައުދި އަރަބިއްޔާ ވޯލްޑް ކަޕުން ޖާގަ ހޯދީ ވަރުގަދަ ޖަޕާން 0-1 އިން ބަލިކުރުމަށް ފަހު އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ މަގާމު ހޯދައިގެންނެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ ފަސް ފަހަރެއްގައި ވޯލްޑް ކަޕްގައި ކުޅެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު