Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢޫދީ ޢަރަބިއްޔާ

ސަޢޫދީގެ ކުރީގެ ވަލީޢަޙުދުގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކޮށްފި

9 ނޮވެމްބަރު 2017 | ބުރާސްފަތި 17:11

އަމީރު މުހައްމަދު ބިން ނާއިފް ވަލީޢަޙުދުކަމުން ދުރުކޮށް، ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް އެމަޤާމު ދެއްވީ މިދިޔަ ޖޫން މަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 17:11
ސަޢޫދީގެ ކުރީގެ ވަލީޢަޙުދު މުޙައްމަދު ބިން ނާއިފް

ސަޢޫދީގެ ކުރީގެ ވަލީޢަޙުދު މުޙައްމަދު ބިން ނާއިފް

ސައޫދީގެ ކުރީގެ ވަލީޢަޙުދު މުހައްމަދު ބިން ނާއިފްގެ ބޭންކް އެކައުންޓްތައްވެސް ފްރީޒްކޮށްފިއެވެ.

ސައުދީގެ މިހާރު ވަލީޢަޙުދު އިސްކޮށް ހުންނަވައިގެން ކޮރަޕްޝަނާއި ދެކޮޅަށް ފެށި މަސައްކަތްތަކެއްގެ ތެރެއިންކަމަށް ބުނެ، ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކަކާއި ސަޢޫދީގެ ބާރުގަދަ އެތައް ވިޔަފާރިވެރިންނެއް މިހާރުވަނީ ހައްޔަރުކޮށް، އެމީހުންގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ. މުހައްމަދު ބިން ނާއިފް ސަޢޫދީގެ ވަލީޢަޙުދުގެ މަޤާމުގައި ހުންނަވަނިކޮށް ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްވަނީ އޭނާ އެމަޤާމުން ދުރުކޮށް، އަމިއްލަ ދަރިކަލުން މުޙައްމަދު ބިން ސަލްމާން ވަލީޢަޙުދުގެ މަޤާމަށް އައްޔަންކުރައްވާފައެވެ. މުޙައްމަދު ބިން ނާއިފް ވަލީޢަޙުދުގެ މަޤާމުން ދުރުކުރެވުނު ފަހުން ރަސްމީ އެއްވެސް ހަފްލާއަކުން ފެނިފައެއް ނުވެއެވެ. އެމަނިކުފާނު އޭގެ ފަހުން އާއްމުންނަށް ފެނުނީ ދާދިފަހުން ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި އަވަހާރަވި އަމީރު މަންސޫރު ބިން މުގްރިން އަލް ސަޢޫދުގެ ޖަނާޒާއިންނެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ މަސައްކަތުގައި މިހާތަނަށް 1700 ވަރަކަށް ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަޢޫދީގެ ތަޚުތައް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ފެއްޓެވި މިމަސައްކަތަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅަކަށް ވުރެ ބޮޑަށް ސަޢޫދީ ޝާހީ އާއިލާއާއި މެދުއިރުމަތީގައި އެކަނިކުފާނުގެ ބާރު ގަދަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިމަސައްކަތުގައި ފާއިތުވި 5 ވަރަކަށް ދުވަސްތެރޭ ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކަކާއި، މިހާރާއި ކުރީގެ ބައެއް ވަޒީރުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ކޮރަޕްޝަންގެ އެކި ތުހުމަތުތަކުގައި ބަންދުކުރެވިފައިވާއިރު، އެބޭފުޅުންގެ އިންސާނީ ހައްޤުތައް ކަށަވަރުކުރެވޭތޯ ސުވާލު އުފެދޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި

11 މެއި 2017
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ކޯޓަށް ހާޒިރުކޮށްފި
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް