Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާޒް ރަޝީދު

ހަމަނުޖެހުމަށް މަގުފަހިވާ ވާހަކަތައް ރިޔާޒް ރަޝީދު ދައްކަވާ: ލަންކާގެ ނޫސްތައް

ވެރިކަންކުރާ ޕާޓީއިން ލަންކާއަށް ފާޑުކިޔާއިރު، ލަންކާއާއި ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 16:54
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު: ލަންކާއިން ރާއްޖޭގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާކަމަށް ތުހުމަތު ކުރައްވާ

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު: ލަންކާއިން ރާއްޖޭގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާކަމަށް ތުހުމަތު ކުރައްވާ

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަކީ ހަމަނުޖެހުމަށް މަގުފަހިވާފަދަ އަދި ދެބަސްވުން އުފެދޭ ޒާތުގެ ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ލަންކާގެ ޑެއިލީ މިރަރ ނޫހުން ސިފަކޮށްފިއެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ލަންކާއިން އެހީވާ ކަމަށް ރިޔާޒް ރަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ވާހަކަ ލަންކާގެ ނޫސްވެރިންގެ ސަމާލު ކަމަށް އައި އިރު، މިކަމާއި ގުޅިގެން ޑެއިލީ މިރަރ ނޫހުގައި ލިޔެފައިވާ ޚަބަރުގައި ރިޔާޒް ރަޝީދު މީގެ ކުރިން ދައްކަވާފައިވާ މިފަދަ އެހެން ބައެއް ވާހަކަތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި ބަޣާވާތެއް ރާވަމުންދާ ބަޔަކަށް ސްރީލަންކާއިން ހިމާޔަތްދޭ ކަމަށް ބުނެ ދައްކަވާފައިވާ ވާހަކަ ވެސް ފާހަގަ ކޮށްފައިވެއެވެ. ލަންކާ ކެބިނެޓްގެ ތަރުޖަމާނު ރަޖިތަ ސެނަރަތުނަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާއަށް ވަޑައިގެން ކުރައްވަނީ ޑިމޮކްރަސީގެ މަސައްކަތްތަކެއް ކަމަށާއި، އެއީ ބަޣާވާތެއް ނޫންކަމަށެވެ.

ސްރީލަންކާއިން މަސައްކަތް ކުރަނީ ރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް ފެށުމަށް ކަމަށް ރިޔާޒް ކުރެއްވި ސީރިއަސް ތުހުމަތަށް ލަންކާގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ލަންކާގެ ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން ޝާޢިއުކުރި ޚަބަރުތަކުގައި ވެސް ލަންކާ ސަރުކާރުގެ ބަހެއް ހިމަނާފައެއް ނުވެއެވެ.

ރައީސް ޔާމިން އަވަހާރަ ކޮށްލަން އުޅުނު ސްނައިޕަރެއް ކަމަށް ބުނާ ލަންކާގެ ރައްޔިތަކު 2015ވަނަ އަހަރު ހައްޔަރު ކުރުމާއި ގުޅިގެން ލަންކާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާކަން ޑެއިލީ މިރަރއިން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކައިރި މާޒީއެއްގައިވެސް ބޮއްސުން ނުލާ މިންވަރަށް މިހާރު ބޮއްސުންލާފައިވާ ކަމަށް ޚާރިޖީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. އެގޮތުން ރިޔާޒް ރަޝީދުމެން ފަދަ ބޭފުޅުން ސަރުކާރު ހިންގާ މައި ޕާޓީގެ އިސް މަޤާމުތަކުގައި ތިއްބަވައިގެން، ޕާޓީގެ ރަސްމީ ނޫސްކޮންފަރެންސްތަކުގައި ރަހުމަތްތެރި ޤައުމުތަކާއި ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ސަރުކާރުގެ މަދަދާއިއެކު ދައްކާ ވާހަކަތަކެއް ކަމަށް އެބޭފުޅުން ސިފަކުރައްވައެވެ. އަދި މިއީ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަން ދައްކުވައިދޭކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

02 އެޕްރީލު 2017
ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
30 މާރިޗު 2017

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހުނަސް ނަގާނަން: ޢަބްދުﷲ ރިޔާޒް

30 މާރިޗު 2017
ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހުނަސް ނަގާނަން: ޢަބްދުﷲ ރިޔާޒް
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު