Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

ރައީސް ނަޝީދު ވިދާޅުވަނީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2017 | ބުރާސްފަތި 17:08
ރައީސް ނަޝީދު: ސަރުކާރުން ޖެހިލުންވޭ

ރައީސް ނަޝީދު: ސަރުކާރުން ޖެހިލުންވޭ

ދެފަތް ކޭތިލިއަސް އިވެނީ އެއް އަޑެކެވެ. ދޭދޭ ދެމީހަކު ބައްދަލުވާ ހިނދު ހާލު އަހާލުމުގެ ކުރިން ވެސް ފުރަތަމަ އެވާހަކައެވެ. އަނބި ދަރިންނަށް ކުރެވޭ ފޯން ކޯލް ތަކުގައިވެސް މުޅިން އެވާހަކައެވެ. މަސްއޮޑި އަތިރިއާ ހޮޅުއަށިތަކުގައި ވެސް އެންމެ ފޯރި ހިފާފައިވަނީ ހަމަ އެވާހަކައެވެ. މަގު ކުނިކަހަން ނިކުންނަ އަންހެންވެރިން އެކަކު އަނެކަކަށް ވެސް ދައްކާ އުޅެނީ އެވާހަކައެވެ. އެކަމަކު ހަމަ އެންމެ ބަގައެއްގެ ތެރޭގައެވެ. ފިޔާތޮށި ކުދިންގެ މެދުގައެވެ. ރަތްލާޖެހި ޕީޕީއެމްގެ ކުދިން ދައްކާ ވާހަކައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ޕީއޭއިން އައިސް ޕީޕީއެމް އަތްދަށުލައިގެން އުޅޭ އިސްވެރިންގެ ތެރޭގައެވެ. ރައީސް ނަޝީދުގެ ވާހަކައެވެ. ކެނެރީގޭ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ކަމުގެ ވާހަކައެވެ. އިންތިޚާބާ ކުޑަބޭރު ވެސް އަރާލިޔަ ނުދޭނެ ކަމަށާއި ވާދަ ކުރިއަ ނުދޭނެ ކަމުގެ ވާހަކައެވެ. ހުރިހާވެސް ސަބަބަކީ ބޮޑު ސިންގާ ޓެރަރިސްޓަކަށް ވުމެވެ. އިންތިޚާބަށް ކުރިމަތި ނުލެވޭފަދަ ބޮޑު ޝަރުއީ ހުކުމެއް ކޮށްފައި އޮތުމެވެ.

ޕީޕީއެމުން ސޯޝަލް މީޑިއާގައި ބަހެއް ބުންޏަސް އެބަހެއް ނިންމާލަނީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނެ ވާހަކަ ބުނަމުންނެވެ. ޕޯޑިއަމްތަކުގައި ކަރުން ނާރު ނަގަނަގާފައިވެސް ރައީސް ނަޝީދު ކުރިމަތިލިޔަ ނުދޭނެ ކަމުގެ ވާހަކައެވެ. ޕްރެސްކޮންފަރެންސްތަކުގެ 90 ޕަސެންޓްވެސް ހަމަ އެއަނގަ ތެޅުމުގައެވެ. ބޮޑު ހޭދަ ކޮށްފައި ރަށްރަށަށް ކުރާ ކެމްޕޭން ޖަލްސާތަކުގައިވެސް އެރަށެއްގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ދައްކާ މައިގަނޑު ވާހަކައަކީ ރައީސް ނަޝީދުގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމުގެ ވާހަކައެވެ. ރައީސް ނަޝީދާއި އެމްޑީޕީ ކުދިންކޮޅު ބުނެލި ހަމަ އެންމެ އެއްޗަކާ ހެދިއެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ނަން އޮންނާނެ ވާހަކަ ބުނީތީއެވެ.

އެކަމާ ގުޅިގެން ނުދައްކާކަ ވާހަކައެއް ނެތެވެ. ސަރުކާރު ޕްރޮމޯޓް ކޮށްދޭ ޗެނަލްތަކުން ނުދައްކާ މަންޒަރެއް ނެތެވެ.

މީހަކު ހީނހީނ ހަލާކެއް ނުވާނެ ހެއްޔެވެ. ޕީޕީއެމްގެ އިސްބޭފުޅުން އަޑަށް ބާރުލައްވާފައި ތިޔަ ވިދާޅުވަނީ ނަޝީދަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. ދެން އިތުރަށް ތިޔަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ނަޝީދަކާ ތިޔަބޭފުޅުންނާ ދެންވާ ކީއްހެއްޔެވެ. ވަގުތު ނަގާލާފައި ބޭކާރު ހޭދަތަކެއްކޮށް ބޭކާރު އަނގަތަކެއް ތެޅުމުގެ ބޭނުމެއްނެތެވެ. ނަޝީދަކާ ނަޝީދެއް ދޫކޮށްލާފައި ހަމަ ކެންޕޭނައިގެން ކުރިއަށް ދާންވީ ނޫން ހެއްޔެވެ. ނަޝީދު ނޫނަކަސް ޖަލު ހުކުމުގައި ތިބި މީހުން އެބަތިއްބެވެ. އާއިލާ މީހުންނަށާއި ތާއީދެއް ކުރާ މީހުންނަށް މަސަލާމަތް ވާނެޔޭ، މަ އަދި އެނބުރި އަންނާނަމޭ ބުނެ ޓަސްބުނާ މީހުން ނަޝީދު ނޫނަކަސް އުޅޭ ނޫންތޯއެވެ. ކޮންމެހެން ތިޔަ ނަޝީދަކާއި އަޅައިގަނެގެން ނެއްޓެން ނޭނގި އުޅުމުގެ ބޭނުމެއް ނެތެއް ނޫންތޯއެވެ. ތިޔަ ވިދާޅުވަނީ ސަރުކާރުގެ ވަރުގަދަ ވާހަކައެވެ. ރައީސް ޔާމީން ގެންނެވި ބޮޑު ތަރައްޤީގެ ސަބަބުން ރައްޔިތުންގެ ތާއީދު އޮހޭ ކަމަށެވެ. ހަމައެކަނި ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމާއި ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ ކަމުގެ ވާހަކައެވެ. ދެން ކޮންމެހެން ހާސަރުތަކެއް ދަމަދަމާނެ ކަމެއް ނެތްތާއެވެ.

ތިޔަގޮތަށް އަނގަތެޅިވަރަކަށް ފަޅާއަރާއެއްޗެހި ވާނީ އިތުރެވެ. ކޮނުނު ވަރަކުން ފަސްގިނަވާ ބީދައިންނެވެ. ތިޔަށް ރައްދު ދީ ކަން އޮތްގޮތް ވެސް މީހުން ހާމަކުރަން ފެށުމުން އިތުރަށް ފަޟީހަތްވެ އުނުއޮތް ފޮށާ ވެއްޓިދާނެއެވެ. ނާފަހެ ރައީސް ނަޝީދު ބޭރަށް ނުފޮނުވާން ވެސް ކިހާ ސަކަރާތެއް ޖެހިހެއްޔެވެ. އަމުދުން އެހުއްދަ ތިޔަ ދިނީވެސް އެއަނގަ އޭރު ތެޅި ތިޔަ މީހުންނެވެ. އެހުރީ ބޭރުގައެވެ. ޖައްސަން އުޅުނު ލާވެސް ޖެހޭ ގޮތެއް ނުވިއެއް ނޫން ހެއްޔެވެ. އަންނަން ވާނެއޭ ގެންނާނަމޭ ތިޔަހެނެއް ނުހުރެވޭނެޔޭ ބުނެ ބައިސާތައްވެސް ކެނޑީވެސް ތިޔަ މީހުނެއް ނޫން ހެއްޔެވެ. އެހެރަ ދަތުރުކޮށް ނަގަނީއެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ހަފްލާތަކުގައި ބައިވެރިވެ ޝަރަފްވެރިކަމާއެކު އެހެރަ އުޅެމުން ދަނީއެވެ. ބޮޑު ޓެރަރިސްޓް އެއުޅުއްވަނީ ބޮޑު ހީރޯއެއްގެ ގޮތުގައެވެ. މިވާހަކަތައް މިހެން ބުނީމާ މަ ނަމަވެސް ހަމަ ލައްކަ ތަނުން ކަޑަވާނެއެވެ. ނެރެވުނު ރެޑް ނޯޓިސްއެއް، ކެންސަލް ކުރި ޕާސްޕޯޓަކުން ވީކަމެއް ހަރާމުން ހަރާމެވެ.

ކޮންމެއަކަސް ތިޔަކަމުން ހީވަނީ އެހެން އެއްޗެކެވެ. އަދިވެސް ރައީސް ނަޝީދަށް ކުރިމަތި ލެއްވޭނެ ކަމެވެ. އެކަމާ ބިރުން އުޅޭ ކަމެވެ. ވާދަކުރައްވާނީ ރައީސް ނަޝީދުކަމަށް ރައީސް ޔާމީންވެސް ވިދާޅުވެގެން އެކަން ޤަބޫލް ނުކުރެވިގެން އުޅޭ ހެންނެވެ. ނޫންނަމަ ތިޔަ ގޮތަކަށް ރައީސް ނަޝީދުގެ ކެންޕޭނެއް ނުޖައްސާނެއެވެ. ތިޔަކަމުން އިތުރަށް ޕްރޮމޯޓް ވަނީ ރައީސް ނަޝީދެވެ. ތާއީދު އިތުރުވާނީވެސް އެމަނިކުފާނެވެ. ތިޔައީ ދެން ބޮޑެތި ސިންގާހާ ފިރިހެނުން އުޅޭ ގޮތަށްވުރެ ރަނޑު ގޮތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު