Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އިއްތިހާދުގެ ކެނޑިޑޭޓަކީ އަޅުގަނޑު ކަމަށް ވެއްޖެނަމަ މަގާމުގައި ދެމިހުންނާނީ އެއް އަހަރުގެ މުއްދަތަށް:ރައީސް ނަޝީދު

8 ނޮވެމްބަރު 2017 | ބުދަ 06:59

އިންތިގާލީ ކެނޑިޑޭޓެއްގެ ވެރިކަމުގެ މުއްދަތަކަށް ވާން ޖެހޭނީ އެއް އަހަރު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 8 ނޮވެމްބަރު 2017 | ބުދަ 06:59
 ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިމެނޭ އިންތިހާދުގެ ކެނޑިޑޭޓަށް ވެއްޖެނަމަ މަގާމުގައި ދެމި ހުންނަވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ހުންނަވައިގެން"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެ އަދި އެ ކެނޑިޑޭޓަކު ނެރޭނެ ގޮތަކާ މެދު ވެސް އެއްބަސްވާން ޖެހޭނެ ކަމަށެވެ. އަދި އެ ކެނޑިޑޭޓު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ކުރައްވާނެ ކަންތައްތަކާއި އެ ބޭފުޅެއްގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތް ވެސް ކަނޑައެޅި އެއްބަސްވެވިފައި އޮންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ އިންތިގާލީ ކެނޑީޑޭޓެއްގެ ވެރިކަމުގެ މުއްދަތަކަށް ވާން ޖެހޭނީ އެއް އަހަރު ކަމަށެވެ. އަދި އެއް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނެވޭެނެ ކަމަށާއި އެކަމުގައި މާ ދިގުމުއްދަތެއް ނަގަން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާހީ ބަދަލުތައް އެކަނި އެއްވެސް މީހަކަށް ނުގެނެވޭނެ ކަމަށާއި އިސްލާހީ ބަދަލުތައް ގެނެވޭނީ ގުޅިފައިވާ އިއްތިހާދަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމާއި ނުކުރެއްވުން އެއީ މުޅިން އެހެން ވާހަކައެއް ކަމަށެވެ. އެގޮތުން މިވަގުތު އެމަނިކުފާނު ކުރިމަތިލެވުމަށް ވުރެ ބޮޑަށް އެމްޑީޕީ ވެސް ބޭނުން ވަނީ ގުޅިފައިވާ އިއްތިހާދާއެކު ކުރިއަށް ދެވޭނެ ގޮތްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ފަރާތުން ކެނޑިޑޭޓަކު ނެރޭއިރު ވެސް އެމްޑީޕީން ވާދަކުރާނެ މީހަކު ނިންމާނީ އެ ޕާޓީގެ ޕްރައިމަރީއަކުން ކަމަށެވެ.. އެގޮތުން އިއްތިހާދަށް ދާނީ އެމްޑީޕީގެ ޕްރައިމަރީން ނިންމާ ކެނޑިޑޭޓެއް ކަމަށާއި އެމްޑީޕީ އަށް އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓެއް އެމްޑީޕީން ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިހާބަށް އެމްޑީޕީން ނެރޭނެ ވަކި ބޭފުޅަކު އެބަ ހުންނެވިތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެމްޑީޕީގެ ފަރާތުން ވާދަކުރުން ކަމަށެވެ. އަދި އެމްޑީޕީން އެ ގޮތް ބޭނުންވާ އެތައް ސަބަބުތައް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ނުވިސްނާ އެންމެން ބޭނުންވާ އެއް ކެނޑިޑޭޓަކާ ދިމާއަށް ދިއުން މާ މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެވޭނެ ކަމަށާއި އެކަމުގައި އެއްވެސް ޝަކެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެކަނި ވާދަ ކުރެއްވިނަމަވެސް ރައީސް އަބްދުﷲ ޔާމީން ބަލި ކުރެއްވޭނެ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުން އެއް ކެނޑިޑޭޓަކަށް ވުރެ ގިނަ ކެނޑިޑޭޓުން ނެރުނު ނަމަވެސް ރައީސް ޔާމީނު އިންތިހާބުން ބަލި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ނެރެން ބޭނުންވާ ކެނޑިޑޭޓެއް ނެރުމުގެ ފުރުސަތު ނުލިބި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮސްފިނަމަ އެފަދަ އިންތިހާބެއް އިންސާފްވެރި ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

08 މެއި 2017

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
29 އެޕްރީލު 2017

އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

29 އެޕްރީލު 2017
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
13 އެޕްރީލު 2017

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

13 އެޕްރީލު 2017
މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް