Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

ރައީސް ޔާމީނަށ އެހެން ޕާޓީއަކުން ތާއިދެއް ނުކުރާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 01:26
ޤާސިމް ރާއްޖެ ޓީވީއަށް އިންޓަރވިއު ދެއްވަނީ: ހުންނެވީ ސާބިތު ކަމާއެކު

ޤާސިމް ރާއްޖެ ޓީވީއަށް އިންޓަރވިއު ދެއްވަނީ: ހުންނެވީ ސާބިތު ކަމާއެކު

މާދަމާވެސް ޖަލަށް ލެވިދާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކިތަންމެ ބާރަށް އުޅުއްވިއަސް ޤައުމު އިސްލާހުކުރައްވަން ނިކުމެވަޑައިގެން ތިއްބެވި 4 ލީޑަރުން ފަހަތަކަށް ނުޖެއްސެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެބޭފުޅުންނަކީ ތަފާތު ޚިޔާލުތަކުގެ ލީޑަރުން ކަމަށާއި އެހެންނަމަވެސް އެޚިޔާލު ތަފާތުވުންތައް ދޫކޮށްލާފައި އެއްގަލަކަށް އެރުމުން ރައްޔިތުންނަށް ޤަބޫލު ކުރެއްވޭނެ ހަޤީގަތަކީ އަމާންކަމާއި އޮމާންކަމާއެކީގައި ކަންކަން ކުރިއަށް ގެންދެވޭނެ ދުވަހެއް އޮތްނަމަ މިގޮތަށް މިހެން މަސައްކަތް ކުރަން ނުޖެހޭނެކަން ކަމަށެވެ. ޤާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރެއްވި ނަމަވެސް މިހާރު އިސްލާހަށް މަސައްކަތކުރާ އެއްވެސް ޕާޓީއަކުން ރައީސް ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ، ހަތަރު ޕާޓީގެ ލީޑަރުން ނިކުމެވަޑައިގަތީ އަމިއްލަފުޅަށް ނޫން ކަމަށާއި ޕާޓީތަކުގެ އާއްމު މެންބަރުންގެ ތެރެއިން އެކަން އެގޮތަށް ނިންމުމުން، މަޖްބޫރުވެގެން ޤައުމު ސަލާމަތް ކުރައްވަން ކަމަށެވެ. އަދި މިއީ ޤައުމު ސަލާމަތްކޮށް، ހަމަހަމަކަމާއެކު އަދްލު އިންސާފް ޤާއިމްކޮށް، ރާއްޖޭގެ އިޤްތިސޯދު ހިމާޔަތްކޮށް، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ 4 ލީޑަރުންގެ ތެރެއިން ޤާސިމް އެކަނި މިވަގުތު މާލޭގައި ހުންނެވުނު ނަމަވެސް ހަތަރު ލީޑަރުންގެ މެދުގައި ކަންކަން ދަނީ ވަރަށް ބޮޑަށް ގުޅި ވަރަށް އެކުވެރި ޖައްވެއްގައި ކަމަށެވެ. އެކަމަށްޓަކައި އަނެއް ތިން ލީޑަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އެ ބޭފުޅުން ގުޅިވަޑައިގެން ޤައުމު އިސްލާހުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރުކުރަން އޮތީ އަޅުގަނޑުމެން ފަހަކަށް ނުޖެއްސޭނެޔޭ. ރައީސުލް ޖުމްހޫރިއްޔާ ކިތައްމެ ބާރަށް އުޅުއްވިއަސް" ޤާސިމް ވިދާޅުވިއެވެ.

ބުދަ ދުވަހުގެރޭގެ ޖަލްސާއަށް ރައީސް ޔާމީން ފެކްޝަނުގައި ކުރިން ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވަޑައިގެންނެވީތީ މަރުހަބާ ދަންނަވަމުން ޤާސިމް ވިދާޅުވީ ދެން އެަކަމެއް ނުހުއްޓުވޭނެ ކަމަށާއި މެންބަރުން ވަޑައިގެން އެހަރަކާތާ ގުޅެމުންދާނެ ކަމަށެވެ.

"މިކަމެއް ނުހުއްޓުވޭނެ. ޖުމްހޫރީ ޕާޓީން ދިޔަ މެންބަރުންވެސް އަންނާނެ. އަޅުގަނޑު މާދަމާ ޖަލަށް ފޮނުވިދާނެ. އެކަމަކު މިސައްކަތެއް ނުހުއްޓުވޭނެ. މިރޫހު މަރައެއް ނުލެއްވޭނެ. އަޅުގަނޑު ދަންނަވާނީ މަނިކުފާނު އަވަހަށް ފުރައްވަން އުޅުއްވާށޭ." ޤާސިމް ވިދާޅުވިއެވެ.

ރާއްޖެ އެތައް ތަނަކުން ދަރަނިވެރިވެފައިވާ ކަމަށާއި ކުޑަޚަރަދަކުން ކުރެވޭ ކަންކަން އެތައް އަދަދަކުން ބޮޑުކޮށް ކުރުމަކީ އަވަސް ކުރުމުގެ ނަމުގައި ކުރެވޭނެ ކަންކަން ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަންކަން ކުރަން ޖެހޭ ޤާނޫނުތަކާއި ޤަވާއިދު ތަކުން ބޭރުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ގޮތަކަށް ކަންކުރުމުން ކޮރަޕްޝަނެއް ނެތޭ ބުނުމަކީ ޖޯކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ އެމެރިކާގައި އޮންނަ ގޮތައް މާދަމާވެސް މިޑްޓަރމް އިލެކްޝަނެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް 5 ޕަސެންޓްވެސް ނުލިބޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު