Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައުދު ޕީޕީއެމުން ވަކިކުރުން

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

ވަކިކުރީ ޤަވާއިދާ ޚިލާފަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 19:30
ވިލިނގިލީ ދާއިރާގެ މެންބަރ ސައުދު

ވިލިނގިލީ ދާއިރާގެ މެންބަރ ސައުދު

ޕީޕީއެމުން ވަކިކުރީ ޤަވާއިދާ ޚިލާފަށް ކަމަށާއި، ޕީޕީއެމްގެ ނަމުގައި އުޅޭ ވަގުތީ ފެކްޝަނަކަށް ޕާޓީން ވަކި ނުކުރެވޭނެ ކަމަށް ޕީޕީއެމުން މިއަދު ވަކިކުރި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމާއި ގުޅިގެން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ސައުދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްއިން އޭނާ ވަކިނުކުރެވޭނެ ކަމަށާއި ވަކިކުރީ ޤަވާއިދާ ޚިލާފަށް ޕީޕީއެމް ނަމުގައި އުޅޭ ނުރަސްމީ ވަގުތީ ފެކްޝަނަކުން ކަމަށެވެ. ނޭޝަން ފަސްޓް (ފުރަތަމަ ޤައުމު) ހޭޝް ޓެގަކާއެކު ކުރައްވާފައިވާ މި ޓުވީޓް ނިންމަވާ ލައްވަމުން ބޭރުކުރީތީ އުފާ ކުރާކަމަށް ވިދާޅުވެފައިވެއެވެ.

ސައުދު މިގޮތައް ޓްވީޓް ކުރައްވާފައި މިވަނީ ދެ ފެކްޝަނަކަށް ބެހިފައިވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން އޭނާ ވަކިކޮށްފައި ވަނިކޮށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ސައުދު އެޕާޓީން ވަކިކުރައްވަން ނިންމެވީ ހޯމަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެންބަރުންގެ އިއްތިފާގުންނެވެ.

ޕާޓީން ވަކިކުރިކަން އަންގައި ސައުދުއަށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާއެކު މަސައްކަތް ކުރައްވަމުން ގެންދާކަމީ ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފު ކަމެއް ކަމަށާއި، ޕާޓީގެ ފިކުރާއި ހިލާފަށް ފާޓީއާއި އަދި ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތަކަށް ސޯޝަލް މީޑިއާގައި އާއި އަދި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދަވާކަން ސައުދުގެ ފަރާތުން ފާހަގަ ކުރެވިފައި ވާކަމަށެވެ.

އަދި ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލި ބެލުމުން، ހުށަހެޅިފައިވާ މައްސަލައަށާއި ޕާޓީގެ އަސާސީ ޤަވާއިދާއި ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ސައުދު ޕީޕީއެމްއިން ވަކިކުރިއިރު އިދިކޮޅުފަރާތްތަކާއި ސައުދުވަނީ މީގެ ކުރިން ގުޅިވަޑައިގަންނަވާފައެވެ. ސައުދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމާއި އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގުރޫޕުންވެސް ސައުދުވަނީ ބޭރުކޮށްފައެވެ.

ސައުދު ވަކިކޮށްފައި މިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްއަކީ ރައީސްމައުމޫނު ކަމަށް ވިދާޅުވެ ރައީސް މައުމޫނާއެކު ކުރިއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކާ ގުޅުމާއެކު ސައުދާ އާއިލީގޮތުން ގާތް ބައެއް ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމަތްކުންވެސް ވަކިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު