Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

މި ރާއްޖޭގައި ހަމައެކަނި އޮތް ސިޔާސީ ޕާޓީއަކީ ޕީޕީއެމް، ދެން ތިބީ ޒާތީ މަސައްކަތްތަކެއް ކުރާ ބައެއް: އަބްދުއްރަހީމް

7 ނޮވެމްބަރު 2017 | އަންގާރަ 12:42

ކޮންމެ ދުވަހަކު ޖަލްސާއެއް ބޭއްވިޔަސް ރައީސް ޔާމީންގެ ތަރައްގީގެ ވާހަކަ ދައްކާ ނުނިމޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 7 ނޮވެމްބަރު 2017 | އަންގާރަ 12:42
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީޕީއެމް ކަމަށާއި ދެން ތިބީ ޒާތީ މަސައްކަތްތަކެއް ކުރަމުންދާ ބައެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ފިޔަވައި މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާ ބަޔަކު ވެސް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ޕީޕީއެމްގެ ލީޑާޝިޕާ ދެމެދު އެއްވެސް މައްސަލަތަކެއް އުފެދިފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެއްވެސް މެމްބަރެއްގެ ހިތްހަމަ ނުޖެހުމެއް ވާނަމަ ނުވަތަ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުން ވާނަމަ އެ ފުރުސަތު އަބަދުވެސް ޕާޓީގެ ތެެރެއިން ލިބޭނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެން މަނިކް ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީގައި އެއާޕޯޓް ނުހަދައިގެން ވާހަކަ ދެއްކި މީހުން، ސަރުކާރުން އެއާޕޯޓްގެ މަސައްކަތް ފަށަން އުޅުމުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެގޮތުން ނިހާން ވިދާޅުވީ ކުޅި ހިއްކައިގެން އެއާޕޯޓް ހެދުމުގެ ސަބަަބުން ކުޅުދުއްފުއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުޅުދުއްފުށީ ހުރިހާ ރައްޔިތުން ވެސް އެއާޕޯޓް އަޅަން ބޭނުންވާ ކަމަށެވެ. ކުޅި ހިއްކައިގެން ވިޔަސް އަދި ކުޅި ނުހިއްކައި ވިޔަސް ކުޅުދުއްފުށީގައި އެއާޕޯޓް އަޅާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ޕީޕީއެމް އިން "އަސްތާ" ނަމުގައި ބާއްވާ ވަރަށް ހާއްސަ ޖަލްސާއެއް މި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ އުފަލުގައި ބާއްވާ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ވެސް ޕީޕީއެމްގެ ޖަލްސާއެއް ކުޅުދުއްފުށީގައި ބާއްވާނެ ކަމަށާއި އެ ޖަލްސާގައި ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައި ދެއްވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޕީޕީއެމް އިން ބާއްވާ ޖަލްސާތައް މިހާރަށް ވުރެން ވެސް އިތުރު ކުރަން ޖެހޭ ކަމަށާއި ކޮންމެ ރެއަކު ޖަލްސާއެއް ބޭއްވި ނަަމަވެސް ރައީސް ޔާމީންގެ ތަރައްގީގެ ވާހަކަތައް ދައްކާ ނުނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ އަށް ގެންނަމުންދާ ތަރައްގީއާ މެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖެހިލުންވާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށާއި އަދި ރާއްޖެ އަށް ގެއްލުން ލިބޭ ގޮތަށް އިދިކޮޅު ފަރާތްތަކުން އަވައްޓަވެރި ސްރީލަންކާގައި ކުރާ މަސައްކަތްތަކަށް ލަންކާ ސަރުކާރުން އެއްބާރުލުން ދެމުން ގެންދާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރާއި އަދި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ނަސްރުގެ ދުވަސް ފާއިތުވި ފަހުން ރައީސް ނަޝީދު އެ ދުވަހުގެ ތަހްނިޔާ ފޮނުއްވާފައި ވާތީ ވެސް ނިހާން ވަނީ ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް