Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާ

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ޖީއެސްޓީ ނުދައްކައިގެން ނަން ހާމަކުރި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ބައެއް ވިޔަފާރިތައް ހިމެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ނޮވެމްބަރު 2017 | ހޯމަ 10:08
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އަބަދުވެސް ހާމަކުރޭ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އަބަދުވެސް ހާމަކުރޭ

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުޞޫލުގެ ދަށުން 2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ކޮށްފައިވާ އިއުލާނުގައި ގިނަ އަދަދެއްގެ ވިޔަފާރިތައް ލިސްޓްކޮށްފައިވާއިރު، މީގެ ތެރެއިން ބައެއް ފަރާތްތަކަށް ގުޅަން އުޅެ ނުގުޅޭކަމަށް މީރާއިން ބުނެއެވެ. އަދި މީގެ ތެރޭގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ބައެއް ވިޔަފާރިތައްވެސް ހިމެނެއެވެ. މީރާއިން އަމަލުކުރަމުން އަންނަ 'ނޭމް އެންޑް ޝޭމް' އުޞޫލުގެ ދަށުން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އަބަދުވެސް އަންނަނީ އިއުލާންކުރަމުންނެވެ. އަދި ޓެކްސް ދެއްކުމުން އެލިސްޓުން ނަންތައް އަންނަނީ އުނިކުރަމުންނެވެ.

ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އިއުލާންކުރި އިރު، އަންނަ ހަފްތާއަކީ މީރާއަށް ދައްކަން ޖެހޭ ބައެއް ޓެކްސްތައް ދެއްކުމުގެ މުއްދަތު ހަމަވާ ހަފްތާއެވެ. އެގޮތުން ނޮވެމްބަރު 12ވަނަ ދުވަހަކީ އޮކްޓޯބަރު މަހުގެ ޑިއުޓީ ފްރީ ރޯޔަލްޓީ އާއި ނޮވެމްބަރު މަހުގެ ޓްރޭޑް ފީ ދައްކަން ޖެހޭ ސުންގަޑިއެވެ. އަދި ނޮވެމްބަރު 15 އަކީ ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމާއި، ޓެކްސް ދެއްކުމުގެ އިތުރުން އޮކްޓޯބަރު މަހުގެ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ ސުންގަޑިއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
29 ޖެނުއަރީ 2018

ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް ޖޫރިމަނާ ހިމެނޭ ގޮތަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފި

29 ޖެނުއަރީ 2018
ޖީ.އެސް.ޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް ޖޫރިމަނާ ހިމެނޭ ގޮތަށް ފައިސާ ދެއްކުމަށް ހުކުމް ކޮށްފި
19 ޖެނުއަރީ 2018

އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި

19 ޖެނުއަރީ 2018
އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި
10 ޖެނުއަރީ 2018

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

10 ޖެނުއަރީ 2018
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި
23 ނޮވެމްބަރު 2017

37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި

23 ނޮވެމްބަރު 2017
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު