Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސް އާތު 2017

މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ

 އިބަސްކޯ ބޮލުގައި މިސް އާތުގެ ތާޖު އެޅުވީ މިދިޔަ އަހަރު މިސްއާތަކަށް ހޮވުނު ކެތަރިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 ނޮވެމްބަރު 2017 | ހޯމަ 07:28
މިސް އާތަކަށް ހޮވުނު ފިލިޕީންސްގެ ކަރެން އިބަސްކޯ

މިސް އާތަކަށް ހޮވުނު ފިލިޕީންސްގެ ކަރެން އިބަސްކޯ

މިއަހަރުގެ މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ ހޮވިއްޖެއެވެ.

އިބަސްކޯގެ ބޮލުގައި މިސް އާތުގެ ތާޖު އެޅުވީ މިދިޔަ އަހަރު މިސްއާތަކަށް ހޮވުނު ކެތަރިންނެވެ.

އިބަސްކޯ އަށް ކުރި އިންޓަވިއުގައި އޭނާ ކައިރިން އަހާފައިވަނީ އޭނާ ދެކޭގޮތުގައި ދުނިޔޭގެ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކާކުތޯއާއި އެއީ ކީއްވެތޯއެވެ.

އޭގެ ޖަވާބަކަށް އިބަސްކޯ ބުނެފައިވަނީ އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ނޫން ކަމަށެވެ. އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މައްސަލައަކީ ތިމާވެއްޓަށް އަޅާ ނުލާ އިންސާނުން ކުރާ ކަންތައްތައް ކަމަށެވެ. އަދި އެންމެން އެކައްޗެކޭ ކިޔައިގެން މި ޕްލެނެޓް ސަލާމަތް ކުރުމަށް މަސައްކަތް ކުރަންވީކަމަށް އިބަސްކޯ ބުންޏެވެ.

މިސް އާތު ގެ އެވޯޑް ފިލިޕީންސްގެ މީހަކަށް އެންމެ ފަހުން ލިބިފައިވަނީ 2015 ވަނަ އަހަރުގައެވެ.

އެއީ އެންޖެލީނާ އޮންގް އަށެވެ.

މި އެވޯޑް ހަފްލާގެ އެހެން އެވޯޑުތަކަށް ބަލާއިރު މިސްއާތު އެއާ އަކަށް ހޮވުނީ އޮސްޓްރޭލިއާގެ ނީނާ ރޮބާޓްސަން އަށެވެ. މިސް އާތު ފަޔާގެ އެވޯޑް ލިބުނީ ރަޝިއާގެ ލަޑާ އަކިމޯވާ އަށެވެ. މިސް އާތު ވޯޓަރ ލިބުނީ ކޮލަމްބިއާގެ ޖޫލިއާނާ ފްރޭންކޯއަށެވެ.

އިބަސްކޯ ބުނެފައިވަނީ އޭނާއަށް މި ކޮންޕެޓިޝަންގައި އާ ރައްޓެހިން ލިބިފައިވާ ކަމަށާއި އޭނާ ވަރަށް އުފަލުން ހުރިކަމަށެވެ.

މިސް އާތު ކޯޑިނޭޝަން ބާއްވާފައިވަނީ މޯލް އޮފް އޭޝިއާ އެރީނާ ގައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

މިސްވޯލްޑްގެ އެންމެ ފުރަތަމަ ފެނިލުން އިސްތިހާރަކުން ކަރީނާ އާއެކީ

15 އެޕްރީލު 2018
މިސްވޯލްޑްގެ އެންމެ ފުރަތަމަ ފެނިލުން އިސްތިހާރަކުން ކަރީނާ އާއެކީ
30 ޖެނުއަރީ 2018

ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!

30 ޖެނުއަރީ 2018
ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!
28 ޑިސެމްބަރު 2017

ކަރެން ސްޓެލާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން

28 ޑިސެމްބަރު 2017
ކަރެން ސްޓެލާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން
29 ނޮވެމްބަރު 2017

މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ

29 ނޮވެމްބަރު 2017
މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ
27 ނޮވެމްބަރު 2017

މިފަހަރުގެ މިސް ޔުނިވާސްއަކަށް ސައުތު އެފްރިކާގެ ޑެމީ ލީ

27 ނޮވެމްބަރު 2017
މިފަހަރުގެ މިސް ޔުނިވާސްއަކަށް ސައުތު އެފްރިކާގެ ޑެމީ ލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު