Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިސް ވޯލްޑް 2017

މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ

މަނޫޝީއަށް ފިލްމު ކުޅުމަށް އަދި ފުރުސަތެއް ނުލިބޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 06:48
މިފަހަރުގެ މިސް ވޯލްޑް މަނޫޝީ ޗައްލާ

މިފަހަރުގެ މިސް ވޯލްޑް މަނޫޝީ ޗައްލާ

މިސްވޯލްޑަކަށް ނުވަތަ ދުނިޔޭގެ އެންމެ ރީތި އަންހެނަކަށް ހޮވުނު އިންޑިއާގެ މަނޫޝީ ޗައްލާ ފިލްމު ކުޅެން އެންމެ ފުރަތަމަ ބޭނުން ވަނީ ބޮލީވުޑްގެ ތަރި އާމިރު ޚާން އާއި އެކީ ކަމަށް އޭނާ ބުނެފިއެވެ.

މިސްވޯލްޑްކަމުގެ ތާޖު ހިފައިގެން އެނބުރި އިންޑިއާއަށް ގޮސް ނޫސްތަކަށް ދީފައިވާ އިންޓަވިއުގައި މަނޫޝީ ޗައްލާ ބުނީ އޭނާ ފިލްމު ކުޅުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ފިލްމެއް ކުޅޭނަމަ ކުޅެން ބޭނުންވަނީ އާމިރު ޚާން އާއި އެކީ ކަމަށް މަނޫޝީ ވަނީ ބުނެފައެވެ.

މަނޫޝީ ބުނީ އާމިރު ޚާނުގެ ފިލްމު ތަކަކީ ވަރަށް ތަފާތު ފިލްމުތަކެއް ކަމަށާއި އޭނާގެ ފިލްމުތަކުން އަބަދު ވެސް މުޖުތަމައަށް ތަފާތު ރަނގަޅު މެސެޖުތައް ދޭކަމަށެވެ. އެހެން ކަމުން އޭނާ އާމިރުޚާނާއި އެކު މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކަމަށް މަނޫޝީ ބުންޏެވެ.

މަނޫޝީ ބުނީ އޭނާއަށް ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން އެންމެ ކަމުދަނީ ޕްރިޔަންކާ ޗޯޕްޅާ ކަމަށެވެ.

އެހެން ނަމަވެސް މަނޫޝީ ބުނެފައި ވަނީ އަދި މިހާތަނަށް އޭނާއަށް ފިލްމެއް ކުޅުމަށް ފުރުސަތު ލިބިފައި ނެތް ކަމަށެވެ. އަދި އިންޑިއާގެ ފިލްމީދާއިރާއާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި އޭނާ ބޭނުންވަނީ ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ކަމަށް މަނޫޝީ ބުންޏެވެ. އުމުރުން 21 އަހަރުގެ މަނޫޝީ ޗައްލާ ދަނީ މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރަމުންނެވެ. މަނޫޝީގެ މައިންބަފައިންނަކީ ވެސް ޑޮކްޓަރުންނެވެ.

މިފަހަރުގެ މިސް ވޯލްޑުގައި ދުނިޔޭގެ 108 ގައުމުތަކުން ވަނީ ބައިވެރިވެފައެވެ. މިއީ 17 އަހަރު ފަހުން އިންޑިއާގެ މީހަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މަނޫޝީ ވެގެން ދިޔައީ މިސްވޯލްޑްގެ އެވޯޑް ލިބުނު އިންޑިއާގެ 6 ވަނަ އަންހެން މީހާއަށެވެ. އެންމެ ފަހުން އިންޑިއާގެ މީހަކަށް މިސް ވޯލްޑްކަން ލިބުނީ 2000 ވަނަ އަހަރު ޕްރިޔަންކާ ޗޮޕްރާއަށެވެ.

މިސްވޯލްޑަކަށް ހޮވުނު ރަސްމިއްޔާތުގައި މަނޫޝީއަށް ކުރި ސުވާލަކީ އޭނާ ދެކޭގޮތުގައި ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ ކޮންބަޔަކަށްތޯއެވެ. ޖަވާބުގައި މަނޫޝީ ބުނީ އޭނާ ދެކޭގޮތުގައި އެންމެ ބޮޑު މުސާރައެއް ދޭންޖެހޭނީ މައިންނަށް ކަމަށެވެ.

މިސްވޯލްޑްގެ ފުރަތަމަ ރަނަރަޕް ގެންގޮސްފައި ވަނީ މެކްސިކޯގެ އެންޑްރިއާ އެވެ. އަދި ދެވަނަ ލިބުނީ އިނގިރޭސި ވިލާތުގެ ސްޓެފަނީ ހިލްއެވެ. މަނޫޝީ ވަނީ މިސް ވޯލްޑްގެ ހެޑް ޓު ހެޑް އަދި ބިއުޓީ ބައިވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު