Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަސްރުގެ ދުވަސް

ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު

ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށް އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުންދާ ބަޔަކު އެބަތިބި: މިނިސްޓަރ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 06:47
މިނިސްޓަރ އާދަމް ޝަރީފް ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ އާދަމް ޝަރީފް ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ދިވެހި ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދާކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހުރޭ ސިފައިން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އަޅުގަނޑުމެން މިނިވަންކަމުގެ ފަޚުރު ލިބިގަންނަމުންދާއިރު، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށް އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ބަޔަކު ތިބިކަން ހަނދާންކުރަން ޖެހޭކަމަށެވެ. އަދި އެފަދަ ކޮންމެ ފަހަރަކު ވެސް އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު އެކަމަކާއި ކުރިމަތިލައްވާ ކާމިޔާބު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތާރީޚުގައި ހިނގާފައިވާ ބައެއް ކަންކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް ކުރިމަތިވެދާނެ އެއް ނުރައްކަލަކީ ލާދީނި ފިކުރާއި ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ފެތުރިގެން ދިޔުމެވެ. އެހެންކަމުން ދިވެހިންނަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ތިބި ބަޔަކަށްވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިސްލާމްދީން ނޫން ދީންތައް ފެތުރުމަށް ކުރެވޭ މަސައްކަތްތަކާއި ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު އަށަގެންނެވުމަށް ކުރެވޭ މަސައްކަތްތަކަށް ކަމާއި ބެހޭ މުއައްސަސާތަކުން ހުށިޔާރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގެ ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ދިވެހިން ހޯދި ނަސްރު ފާހަގަ ކުރުމަށް ބޭއްވި މިހަފްލާގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހިންނަށް، ޤައުމެއް އެއްބައިކުރުވާނެ ހުރިހާ ރުކުންތަކެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ރަހުމަތެއްގެ ގޮތުގައި ތަނަވަސްކޮށްދެއްވާފައިވާ ކަމަށެވެ. އަދި ބައިބައިކުރުވާނެ ހުރިހާ ކަމެއް ދުރުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނަން ޖެހޭކަމަށް ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ. ރީތި ގޮނޑޮދޮށްތަކަކާއި ޤުދުރަތީ ރީތިކަން ލިބިފައިވި ނަމަވެސް ބައިބައިވުން އުފެދުމުން ޤައުމަކަށް ދިމާވާނެ މައްސަލަތަކުގެ މިސާލަކަށް އޭނާ ނެންގެވީ އަވަށްޓެރި ސްރީލަންކާއެވެ. ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ބައިބައިކުރުމުގެ އަސަރުތައް ރާއްޖެއިން ފެންނަން ފަށައިފިކަމަށާއި، އަސްކަރިއްޔާގައި އެވާހަކަ ދެކެވެން ޖެހޭކަމަށެވެ. އަދި އެމައްސަލަތަކަށް ހައްލު ނުހޯދިއްޖެނަމަ އެކަންކަމާއި ދޭތެރޭ އެހެން ގޮތަކަށް އަމަލު ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރަލް ޒަކަރިއްޔާ މަންސޫރު ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަން ޖެނެރަލް ޒަކަރިއްޔާ މަންސޫރު ކޮމްބެންޓް ޔުނިފޯމް ތުރުކުރައްވައިގެން ހުންނެވއިރު، އެމަނިކުފާނުގެ ކަނާތުގެ ކޮނޑުގައި ހަރުކޮށްފައިވާ ދިވެހި ދިދަ އެކޮޅުކޮޅުން ހަރުކޮށްފައި ވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު