Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޑޮނަލްޑް ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕްގެ އޭޝިއާ ދަތުރުފުޅު ފައްޓަވައިފި

4 ނޮވެމްބަރު 2017 | ހޮނިހިރު 05:13

މިއީ 25 އަހަރުތެރޭ އެމެރިކާގެ ރައީސަކު އޭޝިއަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ނޮވެމްބަރު 2017 | ހޮނިހިރު 05:13
އޭޝިއާ ދަތުރުފުޅު ފެއްޓެވުމަށް ޓްރަމްޕް އެމެރިކާގެ ހަވާއީއަށް ވަޑައިގަތް ވަގުތު އެއަރޕޯޓްގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ

އޭޝިއާ ދަތުރުފުޅު ފެއްޓެވުމަށް ޓްރަމްޕް އެމެރިކާގެ ހަވާއީއަށް ވަޑައިގަތް ވަގުތު އެއަރޕޯޓްގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލައްވަނީ

25 އަހަރުތެރޭ އެމެރިކާގެ ރައީސަކު އޭޝިއާއަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވައިފިއެވެ.

އުތުރު ކޮރެއާއާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުން އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި ޓްރަމްޕް ކުރައްވާ މިދަތުރުފުޅަކީ އެމެރިކާއާއި އޭޝިއާގެ ޤައުމުތަކުގެ ގުޅުންތަކަށް ވަރަށް މުހިއްމު ދަތުރުފުޅެކެވެ.

ވޮޝިންޓަނުން ޓްރަމްޕް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ޖަޒީރާ ސްޓޭޓް ހަވާއީއަށެވެ. އެތަނުގައި އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ޓްރަމްޕްވަނީ ޕެސިފިކް ކޮމާންޑްގެ އަސްކަރީ އޮޕަރޭޝަންތަކާއި އެސަރަހައްދުގެ ޙާލަތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. ހަވާއީއިން ޓްރަމްޕް އަދި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވަޑައިގަންނަވާނީ ޖަޕާނަށެވެ. އަދި އެއަށްފަހު ދެކުނު ކޮރެއާއަށެވެ. ޖަޕާނަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި އެކު ބާއްވަވާ ރަސްމީ ވާހަކަތަކުގެ އިތުރުން ދެބޭފުޅުން ގޮލްފް ކުޅުއްވުމަށް ހަމަޖެހިފައިވެއެވެ. އުތުރު ކޮރެއާއަށް ބަހުގެ ހަމަލާތައް ޓްރަމްޕް ފޮނުއްވަމުން ގެންދަވާއިރު، މިދަތުރުފުޅުގައި ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގު، ޑީއެމްޒީ، އަށް ޓްރަމްޕް ޒިޔާރަތް ނުކުރައްވާނެއެވެ. ބަރުހަތިޔާރާއުއެކު ދެފަރާތުން ސަލާމަތީ ކަންކަން ބަލަހައްޓާ މި ސަރަހައްދީ އިމުގެ ދެކުނު ކޮރެއާ ފަޅީގައި އެޤައުމުގެ ސިފައިންނާއިއެކު އެމެރިކާ ސިފައިން ޤާއިމްވެ ތިބެއެވެ. ޑީއެމްޒީއަށް ޒިޔާރަތް ނުކުރެއްވި ނަމަވެސް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ދެކުނުން އޮންނަ ކޭމްޕް ހަމްފްރީޒްއަށް ޓްރަމްޕް ޒިޔާރަތް ކުރައްވާނެއެވެ. މިއީ ދެކުނު ކޮރެއާގައި ޤާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކެވެ.

ދެކުނު ކޮރެއާއަށް ފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ އަސްކަރީ އަދި އިޤްތިޞާދީ ގޮތުން ވާދަވެރި ޗައިނާއަށެވެ. މި ޒިޔާރަތުގައި ޗައިނާގެ ރައީސް ޝީޖިންގްޕިންގް އާއި ޓްރަމްޕް ބައްދަލު ކުރައްވާނެއެވެ.

ޗައިނާއަށްފަހު ޓްރަމްޕް ވަޑައިގަންނަވާނީ ވިއެޓްނާމަށެވެ. މިޒިޔާރަތުގައި ވިއެޓްނާމްގެ ޑަނަންގްގައި ބާއްވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިޤްތިޞާދީ އެއްބާރުލުމާއި ބެހޭ ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެއަށް ފަހު ހަނޯއީއަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ.

11 ދުވަހުގެ މިދަތުރުފުޅު ޓްރަމްޕް ނިންމަވާލައްވާނީ ފިލިޕީންސްއިންނެވެ. ފިލިޕީންސްގައި އެޤައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއާއި ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބާއްވާ އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ސަމިޓްގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭޝިއާގެ ޤައުމުތަކަށް މިފަދަ ދިގު ދަތުރުފުޅެއް އެންމެ ފަހުން ކުރެއްވި އެމެރިކާގެ ރައީސަކީ ކުރީގެ ރައީސް ޖޯޖް ބުޝްއެވެ. 1991ވަނަ އަހަރުގެ ފަހުކޮޅު ކުރެއްވި މިދަތުރުފުޅުގައި ޖަޕާނުގައި ބޮލަށް އެނބުރުން އަރާވަޑައިގެން ބުޝް ވެއްޓިވަޑައިގަތްއިރު، ރަސްމީ ޖާފަތެއްގައި ހޮޑުލެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް