Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުގެ ދުވަސް

ނޮވެމްބަރ ތިނެއްގައި ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިނެއް ނޫން: އިބްރާހިމް ދީދީ

4 ނޮވެމްބަރު 2017 | ހޮނިހިރު 05:34

ތިނެއް ނޮވެމްބަރަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ދުވަހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2017 | ހޮނިހިރު 05:34
ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ދީދީ ވާހަކަ ދައްކަވަނީ

ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ދީދީ ވާހަކަ ދައްކަވަނީ

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީން ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ އޭރުގެ ސިފައިން އެހާ ބޮޑަށް ޓްރެއިންވެފައި ނެތް ކަމުގައިވީ ނަމަވެސް އޭރުގެ އެންއެސްއެސް ހެޑް ކުއާޓާޒް ދިވެހި ސިފައިންނަށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއި ނުލާ ދިފާއު ކުރެވުނު ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ސިފައިންނަށް ޓްރައިން ލިބިފައިނުވި ނަމަވެސް އެމީހުންގެ ހިތްވަރުގަދަކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދުވަހު ކަންތައްތައް ހިނގާދިޔަ ގޮތަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ ވަޒަން ހުސްވަމުން ދާތީ އާމާރީގެ ތަޅުދަނޑިފަތި ހިއްޕަވައިގެން ވަޑައިގަތުމަށް އޭރުގެ ޗީފް އޮފް ޑިފެންސް އިރުޝާދު ދެއްވި ކަމަށެވެ. އަދި އާމަރީގެ ތަޅުދަނޑިފަތި ހޯއްދަވަން ވަޑައިގަތުމުގެ ތެރޭގައި މަގުމަތީގައި ދުޝްމަނުންގެ ހަތަރު މީހަކު ހަތިޔާރު އަޅައިގެން ކުރިފުޅުމަތިން ހުރަސް ކުރި ކަމަށް ވިދާޅުވިއެވެ.

ދުޝްމަނުންގެ ހަތަރު މީހަކު ހުރަސް ކުރުމުން ވަރަށް ބޮޑަށް ވިސްނަވާފައި ރައީސް މައުމޫން ހުންނެވި ސަރަހައްދު ނުރައްކަލުގެ ތެރެއަށް ދޫކޮށް ނުލުމަށްޓަކައި، އަތުގައި ހަތިޔާރު އޮވެމެ އެމީހުންނަށް ހަމަލާ ނުދޭން ނިންމި ކަމަށް ދީދީ ވިދާޅުވިއެވެ. އަދި ދަތި އުނދަގޫތަކާއި ކުރިމަތި ވިނަމަވެސް ވިސްނުންފުޅުގައި ހުންނެވީ ތަޅުދަނޑިފަތި ހަވާލުކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިފަ ބަދަލުކުރައްވައި ސުކޫލް ޔުނީފޯމެއް އަޅުއްވައިގެން ކިނބިގަސްދޮށުގެ އާއި ދިމާލަށް މިސްރާބު ޖެއްސެވުމުން އެތާ އެވަގުތު ހަރަކާތްތެރިވި މީހުން ސަމާލުކަން ދީފައިނުވާ ކަމަށް ދީދީ ވިދާޅުވިއެވެ.

"އަޅުގަނޑު މަޑުމަޑުން ފާރުކައިރިން ގޮސް އެމީހުން އެއްފަރާތް ވި ވަގުތު ފާރު ކައިރިން ފުންމާލީ. ދެން އަޅުގަނޑަށް ދިމާވީ އުންބެ ސަލީމް އާއި އޭރު ސިފައިންގޭގައި އުޅުއްވި އަނެއް ސަލީމް ބަދެފައިތިބި މަންޒަރު. އެ ދެބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުވި އިއްލިޔާސް އަވާހަރަވި ވާހަކަ ވިދާޅުވި. ދެން އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ކުރަން އައި ކަންތައް ކުރަންޖެހޭނެ ސަބަބަކީ އާމަރީގެ ހަތިޔާރު ނުލިބިގެން ސިފައިންގެއިން ހަތިޔާރު ހުސްވީމައި ވާނެ ގޮތް ވިސްނޭނެތީ" ދީދީ ވިދާޅުވިއެވެ.

ދީދީ ވަރަށް ހިތްވަރު ކުރައްވައިގެން ކިނބިގަސްދޮށުގެއިން ތަޅުދަނޑިފަތި ހިއްޕަވައިގެން އެންއެސްއެސް ހެޑް ކުއާޓާޒް އަށް ތަޅުދަނޑިފަތި ފޯރުކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.

ދީދީ އިތުރަށް ވިދާޅުވީ 1988 ވަނަ އަހަރު ހިނގައިދިޔަ ހާދިސާއަށް ފަހު ރައީސް މައުމޫން ސިފައިންނަށް އިތުރަށް ޓްރޭއިނިންގް ލިބޭނެ މަގު ފަހިކޮށްދެއްވައި ސިފައިންގެއަށް ބޭނުންވާ ހަތިޔާރު ހޯއްދެވި ކަމަށެވެ. އަދި ޖެހިގެން އައި އަހަރު ސިފައިން ފުދޭވަރަކަށް ރަގަޅު މިންވަރަކަށް ޓްރެއިންވި ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

ދީދީ ވަނީ ނަސްރުގެ ދުވަހު ޖާނުން ފިދާވި ސިފައިންގެ ހަނދާންއާ ކުރައްވައި އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ. އަދި އެނޫން ވެސް ގޮތްގޮތުން އެ ދުވަހު އެހީތެރިވެދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ތިނެއް ނޮވެމްބަރަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ދުވަހެއްގެ ގޮތުގައި ދީދީ ވަނީ ސިފަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
04 އެޕްރީލު 2017

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް