Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންފްލުއެންޒާ އެޗްވަންއެންވަނ

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

އެންމެ ފުރަތަމަ އައުޓްބްރޭކް އިއުލާނު ކުރި އިރުވެސް އޮތީ ލެެވެލް ތިނެއްގަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 13:22
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން އަދިވެސް ބަލި އޮތީ ލެވެލް ތިނެއްގާއި ކަމަށާއި އެއަށް ބަދަލު ނާންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގޮތުން ލެވެލް ތިނެއްގައި ދަތުރުފަތުރު ކުރުމުގައި ބަލަން ޖެހޭ އިރު ދިރިއުޅޭ ސަރަަހއްދުގެ ބައެއް ކަންކަން ހުއްޓަން ޖެހެއެވެ. އެގޮތުން ބައެއް ގެތަކަށާއި ބަލި އުޅޭ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކަށް ދިއުން ވެސް މި ލެވެލްގައި އެއީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

އެޗްޕީއޭ އިން ވަނީ އެ ރޯގާގެ ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި ކަން ފާހަގަކޮށްފަ އެވެ. އަދި އެ މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކާ ވަނީ ހިއްސާ ވެސް ކޮށްފައެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގެ ކިޔެވުން އާދިއްތަ ދުވަހު ފެށޭނެ ކަން އިއުލާނު ކޮށްފަ އެވެ.

އެޑިއުކޭޝަނުން މިގޮތަށް ނިންމާފައި ވަނީ ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށް އެޗްޕީއޭ އިން ލަފާ ދީފައި ވަނިކޮށް ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެޗްޕީއޭ އިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭގަނޑު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރޯގާގެ އައުޓްބްރޭކެއް އުޅޭކަން އިއުލާނުކޮށް، އައުޓްބްރޭކް ލެވެލް އޮތީ ލެވެލް ތިނެއްގައިކަން އިއުލާނުކޮށްފަ އެވެ. އަދި އެރޭ ވަނީ ސްކޫލުތަށް ވެސް ވަގުތުން ބައްދު ކުރުމަށް ނިންމާފަ އެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބެލެނިވެރިން ސުވާލު ކުރިމަތިކުރުވަމުން ދިޔަ ދަނޑިވަޅެއްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަށް އަދި ރޯގާއާ ގުޅިގެން އެޗްޕީއޭ އިން އެކުލަވާލާފައިވާ ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ޑރ. އަބްދުﷲ ނިޔާފް ވަނީ ޖޯލް އެޑަމްސްގެ “ޕްލީސް ޑޯންޓް ގޯ” މި ލަވަ ޓްވިޓާގައި ޝެއަރކުރައްވާފަ އެވެ. އަދި އެއާ އެކު މި ލަވައިން ސްކޫލް ކުދިން ސްކޫލްތަަކަށް ނުފޮނުވުން ދޭހަވާ ކަަމަށާއި މެސެޖް ވަރަަށް ސާފު ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފަ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކޮމެންޓަކަށް ނިޔާފް ޖަވާބެއް ދެއްވާފައެެއް ނުވެ އެވެ.

އެޑިއުކޭޝަނުން ސްކޫލްތައް ހުޅުވަން ނިންމި ނަމަވެސް ދަރިވަރުން ސްކޫލްތަކަށް ނުފޮނުވާނެ ކަމަށް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ. އެ ގޮތުން ކްލާސް ވައިބާ ގްރޫޕްތަކުގައި ވެސް ސްކޫލަށް ނުފޮނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ތަފާސް ހިސާބުތަށް އާއްމުކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 477 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކޮށްފައިވާ އިރު 176 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. މީގެ އިތުރުން މި ބަލީގައި 23 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު