Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާމިދު އިސްމާއިލް

ހާމިދު އިސްމާއިލަށް ދީފައި އޮތް ފަޅެއް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ލައިފި!

ހާމިދުގެ ކުންފުނިން އެފަޅުގެ ބައެއް ހިއްކައި، ތަރައްޤީކުރަން ވަނީ ފަށާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ނޮވެމްބަރު 2017 | ހުކުރު 15:27
ދިއްފުށިފަޅު. ހިއްކާފައި އޮތް ސަރަހައްދު (ކ) އަދި ކައިރިން ކ. ތުލުސްދީ (ވ)

ދިއްފުށިފަޅު. ހިއްކާފައި އޮތް ސަރަހައްދު (ކ) އަދި ކައިރިން ކ. ތުލުސްދީ (ވ)

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލްވާކަމަށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރަމުންދާ މ. ޝުރާމަންޒިލް ހާމިދު އިސްމާއިލްއަށް ކުއްޔަށް ދޫކޮށްފައިވާ މާލެ އަތޮޅު ދިއްފުށިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ޓޫރިޒަމް މިނިސްޓްރީއިން އެފަޅު ކުއްޔަށް ދިނުމަށް ބިޑަށް ލައިފިއެވެ.

ހާމިދު އިސްމާއިލްގެ އާއިލާއިން ބުނީ ދިށްފުށިފަޅު އަލުން ބޮޑަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މާލެ އަތޮޅު ދިއްފުށި ފަޅަކީ 50 އަހަރުގެ މުއްދަތަކަށް ހާމިދަށް ކުއްޔަށް ދޫކޮށްފައިވާ ފަޅެކެވެ. އަދި އެފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އާއިލާގެ ފަރާތުން ބުނެއެވެ.

ހާމިދުގެ އާއިލާއިން ބުނީ އެތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި، ހުރިހާ މުއާމަލާތެއްވަނީ ކޮށް ނިމިފައިކަމަށެވެ. އަދި ދިއްފުށިފަޅުގެ ބޮޑު ބައެއް ހިއްކާފައިވާއިރު، ހިއްކި ބިން ތަރައްޤީކުރުމަށްވެސް މިހާރުވެސް ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަމަށް އާއިލާއިން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މި ފަޅު ކުއްޔަށް ދިނުމަށް ބައިނަލްއަޤްވާމީ ބިޑަށް ހުޅުވާލާފައިވަނީ ނޮވެމްބަރު 2ވަނަ ދުވަހުއެވެ. އަދި ބިޑް ޑޮކޮއުމަންޓްތައް ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚަކީ ނޮވެމްބަރު 16ވަނަ ދުވަހެވެ. މިފަޅުގެ ބާކީ އޮތްބައި ހިއްކައި، ތަރައްޤީކޮށް 50 އަހަރަށް ރިޒޯޓެއް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ހުށަހަޅަން ޖެހޭ އެންމެ ދަށް އަގަކީ 5 މިލިއަން އެމެރިކާ ޑޮލަރެވެ.

ހާމިދުގެ އާއިލާއިން ބުނީ ހާމިދު އިސްމާއީލް ނުވަތަ އޭނާ ހިއްސާވާ ކުންފުނިތަކާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދޫކޮށްފައިވާ ގިނަ ތަންތަން އެއްބަސްވުމާއި ޚިލާފަށް ނަގަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަމަށް އާއިލާއިން ބުނެއެވެ. އަދި ހާމިދު އެންމެހާ ވިޔަފާރިތަކަކީ ގިނަ އަހަރުތަކެއްގެ ތެރޭގައި ހާމިދުގެ ބުރަ މަސައްކަތުން ހޯދި ހަލާލު ފައިސާއިން ހިންގާ ވިޔަފާރިތަކެއްކަމަށްވެސް އާއިލާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު