Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

3 ނޮވެމްބަރު 2017 | ހުކުރު 05:21

އޮކްސްފަރޑް ޔޫނިއަންގެ މި ބަހުސްގައި ރައީސް ނަޝީދާ އެކު އެމެރިކާގެ ހަކަތަޔާ ބެހޭ ކުރީގެ ވަޒީރު ބައިވެރިވެވަޑައިގެންނެވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ނޮވެމްބަރު 2017 | ހުކުރު 05:21
ރައީސް ނަޝީދު އޮކްސްފަރޑް ޔޫނިއަންގައި ބަހުސްކުރައްވަނީ

ރައީސް ނަޝީދު އޮކްސްފަރޑް ޔޫނިއަންގައި ބަހުސްކުރައްވަނީ

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔޫނިއަންއިން ބޭއްވި ބަހުސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހުސްކުރައްވަފިއެވެ.

އޮކްސްފޮރޑް ޔޫނިއަންގެ މިބަހުސަކީ ތިމާވެއްޓަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވަކިވަކި ފަރުދުން މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޝައުޤުވެރިކަމާއި އަހުލުވެރިކަން ނެތުން ކަމަށް ބުނެ ކުރެވުނު ބަހުސެކެވެ. މައުޟޫއާ އެއްކޮޅަށް ވާހަކަ ދެއްކެވީ އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ބެރީ ގާޑިނަރ އަދި އެންޖެލާ ސްމިތުގެ އިތުރުން އިނގިރޭސި ޚާރިޖީ ވަޒީރަށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލަތަކުގައި ލަފާއަރުވާ މުޝީރު ސަރ ޑޭވިޑް ކިންގްއެވެ. މައުޟޫއާ ދެކޮޅަށް ވާހަކަ ދެއްކެވީ ރައީސް ނަޝީދުގެ އިތުރުން އެމެރިކާގެ ކުރީގެ ހަކަތަޔާ ބެހޭ ވަޒީރު އަރނެސްޓް މޮނީޒްގެ އިތުރުން އިނގިރޭސި ގްރީން ޕާޓީގެ ކުރީގެ ލީޑަރު ނަޓަލީ ބެނެޓްއެވެ.

މި ބަހުސްގައި ރައީސް ނަޝީދު ވިދާޅުވީ މޫސުމީ މައްސަލަތަކަށް ވަކިވަކި ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެކަމަށެވެ.

މި ބަހުސްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދާއިއެއްކޮށް މައުޟޫއާއި ދެކޮޅަށް ބަހުސް ކުރެއްވި އަރނެސްޓް މޮނީޒްއަކީ ނިއުކްލިއަރ ސައިންސްވެރިއެކެވެ. އަދި ސައިންސްގެ ދުނިޔޭގައި އެންމެ ނަން ހިނގާ އެއްބޭފުޅާއެވެ. މޮނީޒް އެމެރިކާގެ ހަކަތަޔާ ވެހޭ ވަޒީރުކަން ކުރެއްވީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2013ވަނަ އަހަރުން ފެށިގެން އޮބާމާގެ ވެރިކަން ނިމެންދެނެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބަހުސް ނިމިގެންދިޔައީ މައުޟޫއާ ދެކޮޅަށް އޮކްސްފަރޑް ޔޫނިއަންގެ މެމްބަރުން ވޯޓު ދީގެންނެވެ. މައުޟޫއާ އެއްކޮށް ލިބުނީ 61 ވޯޓެވެ. ދެކޮޅަށް ލިބުނީ 248 ވޯޓެވެ.

އޮކްސްފަރޑް ޔޫނިއަންއަކީ ދުނިޔޭގެ އޮތް އެންމެ ގިނަ ދުވަސްވީ އެއް ޑިބޭޓް ސޮސައިޓިއެވެ. މި ސޮސައިޓީގެ މެމްބަރުންގެ މައިގަނޑަކީ އޮކްސްފަރޑް ޔުނިވަރސިޓީގެ ދަރިވަރުންނެވެ. އެތަނުގެ ބަހުސްތަކުގައި ބައިވެރިވުމަށާއި ސްޕީޗްތައް ދިނުމަށް ދައުވަތު އަރުވަނީ އާއްމުކޮށް ދުނިޔޭގައި އެކި ރޮނގުތަކުގައި ފާހަގަކޮށްލެވޭ ފަރާތްތަކެވެ. އަދި މި ބަހުސްތަކުގައި ބައިވެރިވުމަކީ ޝަރަފެއް ކަމުގައި އެކަޑަމިކް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

ވަކިވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައި ދެއްވުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެ

03 ފެބުރުއަރީ 2018
ވަކިވަކި ނިންމެވުންތަކެއް ކަނޑައަޅުއްވައި ދެއްވުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެ
20 ނޮވެމްބަރު 2017

މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް

20 ނޮވެމްބަރު 2017
މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް
04 އޯގަސްޓު 2017

ވަކިވަކި ސިފައިންނާއި ފުލުހުން ހިންގާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭނީ އެ އަމަލު ހިންގި މީހަކު: ހުސްނުއްސުއޫދު

04 އޯގަސްޓު 2017
ވަކިވަކި ސިފައިންނާއި ފުލުހުން ހިންގާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭނީ އެ އަމަލު ހިންގި މީހަކު: ހުސްނުއްސުއޫދު
17 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކަށް އަހަރެއް، އަދިވެސް ނުނިމޭ!

17 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކަށް އަހަރެއް، އަދިވެސް ނުނިމޭ!
11 ޖުލައި 2017

ރައްޔިތުންނަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން: ސިޔާމް

11 ޖުލައި 2017
ރައްޔިތުންނަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން: ސިޔާމް
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
04 މެއި 2017

ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!

04 މެއި 2017
ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!
27 މާރިޗު 2017

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް