Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއު ޔޯކް ޓްރަކް ހަމަލާ

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ އަށް މަރުގެ އަދަބު ދިނުމަށް ރައީސް ޓްރަމްޕް ގޮވާލެއްވުމަކީ ޝަރީއަތައް ނުފޫޒު ފޯރާނެ ކަމެއް

ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދެ ދައުވާއެއް ކުރެވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2017 | ބުރާސްފަތި 23:33
އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޮވް

އުމުރުން 29 އަހަރުގެ ސައިފުﷲ ސައިޕޮވް

ނިއު ޔޯކްގެ ލޯވާ މެންހަޓަންގެ ބައިސިކަލް ދުއްވަން ހާއްސަ ސަރަހައްދެއްގައި ޓްރަކެއް ބޭނުންކޮށްގެން ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހާ އަށް މަރުގެ އަދަބު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވުމަކީ، އޭނާ އަށް އިންސާފުވެރި ޝަރީއަތެއް ލިބުމަށް އެޅޭ ހުރަހެއް ކަމަށް ގާނޫނީ މާހިރުން ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ނިއު ޔޯކް ގެ ޓެރަރިސްޓު ބާއްވާފައި އޮތް އޭނާގެ ހޮސްޕިޓަލުގައި އައިސިސްގެ ދިދަ ބަހައްޓަން އޭނާ އުފަލުން ބުނެފައިވެއެވެ. އޭނާ ވަނީ އަށް މީހުން މަރާލާ 12 މީހަކު ޒަޚަމްކޮށްފައެވެ. އޭނާ އަށް މަރުގެ އަދަބު ދޭން ޖެހެއެވެ."

އެމެރިކާގެ "ނިއު ޔޯކް ލޯ ސްކޫލް" ގެ ލޯ ޕްރޮފިސަރެއް ކަމަށްވާ އަނާ ކޮމިންސްކީ ވިދާޅުވީ ޓްރަކް ހަަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާއާ މެދު، ޝަރީއަތް ފެށުމުގެ ކުރިން އޭނާގެ މައްޗަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށް އެމެރިކާގައި ހުރި އެންމެ ބާރުގަދަ ފަރާތުން ވިދާޅުވުމަކީ ފަނޑިޔާރުންނަށް ޔަގީނުންވެސް ނުފޫޒު ފޯރާނެ ކަމެއް ކަމަށެވެ.

ފްލޮރިޑާގެ ލޯ ފާމެއް ކަމަށްވާ "ބޮޑިފޯޑް ލޯ" ގެ ގާނޫނީ ވަކީލެއް ކަމަށްވާ ގެނޮޮން ކޮއެންސް ވިދާޅުވީ ޓްރަމްޕް ވިދާޅުވި ބަސްފުޅުގެ ސަބަބުން އޭނާ ތުހުމަތު ކުރާ މީހާ ދިފާއުކޮށްދޭން ޖެހުނުނަމަ އެކަން ކޮށްދިނުމަށް ޝައުގުވެރިކަމެއް ނުހުންނާނެ ކަމަށާއި ވަރަށް ބޮޑަށް، މަސައްކަތް އުނދަގޫވެގެން ދާނެ ކަމަށެވެ. އަދި ރައީސް ޓްރަމްޕަކީ ހަމަނުޖެހުން އުފައްދާ ފަރާތެއް ކަމަށެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ސައިފުﷲ ސައިޕޯވް އަށް ވަނީ އަށް މީހުން މަރުވި ހާދިސާ ގައި ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް އިތުރު ދައުވާއެއް ވެސް ކުރެވެއެވެ. އެއީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ގައި ކުރެވޭ ދައުވާއެވެ.

ނިއު ޔޯކްގެ ގަވަނާ އެންޑްރޫ ކޯމޯ ބުދަ ދުވަހު ވިދާޅުވީ ހަަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ސައިފުﷲ ސައިޕޯވް އަކީ އުޒްބަކިސްތާނަށް ނިސްބަތްވާ ޓްރަކް ޑްރައިވަރެއް ކަމަށާ އޭނާ ހައްދުފަހަނައަޅައި ދިޔައީ އިންޓަނެޓުގައި ހުރި އައިސިސްގެ ޕްރޮޕަގަންޑާގެ ސަބަބުން ކަމަށާ، ޓްރެއިނިން ކޭމްޕަކަށް ދިޔުމުގެ ސަބަބުން ނޫން ކަމަށެވެ.

ސައިފުﷲ ސައިޕޯވް ނަމަކަށް ކިޔާ އެ މީހާ އަކީ 2010 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހެެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާދޭން ބޭނުން ކުރި ޕިކަޕުގެ ތެރެއިން އައިއެސް ޖަމާއަތުގެ ނޯޓެއް ފެނިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު