Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޓީޕީ ވޯލްޑް ޓުއާ

ޕެރިސް މާސްޓާސް: ދުނިޔޭގެ ރޭންކިންގެ އެއްވަނަ ނަދާލް ކަށަވަރުކޮށްފި

2 ނޮވެމްބަރު 2017 | ބުރާސްފަތި 14:43

ނަދާލް ވަނީ ދެކުނު ކޮރެއާގެ ހިޔޮން ޗޮންގް ސީދާ ދެ ސެޓުން ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ނޮވެމްބަރު 2017 | ބުރާސްފަތި 14:43
ރަފައޭލް ނަދާލް - އޭނާ މިއަހަރު ނިންމާލާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިަގއި އޮވެގެން

ރަފައޭލް ނަދާލް - އޭނާ މިއަހަރު ނިންމާލާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިަގއި އޮވެގެން

ޕެރިސް މާސްޓާސްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ސްޕެއިންގެ ރަފައޭލް ނަދާލް ކަށަވަރު ކޮށްފިއެވެ.

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އެޓީޕީ ވޯލްޑް ޓުއާގެ ޕެރިސް މާސްޓާސްގެ ދެވަނަ ބުރުގައި ނަދާލް ވަނީ ދެކުނު ކޮރެއާގެ ހިޔޮން ޗޮންގް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއް ގަޑިއިރާ 48 މިނެޓަށް ދިގު ދެމިގެންދިޔަ މި މެޗުގެ ސެޓުތަށް ނަދާލް ގެންގޮސްފައިވަނީ 7-5 އަދި 6-3 އިންނެވެ.

މި މެޗުން މޮޅުވުމާއެކު މިއަހަރު ނިންމާލާއިރު ނަދާލްއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. އެގޮތުން ނަދާލްއަށް އެއްވަނަ ކަށަވަރު ވެގެން ދިޔައީ ދެވަނައިގައި އޮތް ސުވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ މި މުބާރާތުގައި ވާދަ ނުކުރަން ނިންމުމާ ވިދިގެންނާ މި މަހުގެ 12 ވަނަ ދުވަހު ލަންޑަންގައި ފަށާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް ފެޑެރާ ކާމިޔާބު ކުރި ކަމުގައި ވިޔަސް އޭނާއަށް ނަދާލްއާ އެއް އަދަދަކަށް ޕޮއިންޓް އެއް ނުކުރެވޭނެތީއެވެ. ނަދާލްއާ ފެޑެރާއާ ދެމެދު 1460 ޕޮއިންޓްގެ ފަރަގެއް އޮތްއިރު މި މުބާރާތް ނިމޭއިރު އެ ފަރަގު އިތުރު ވެގެން ދާނެއެވެ.

މިދިޔަ ސީޒަނުގައި އޭނާގެ އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފްރެންޗް އޯޕަންއާ ވިމްބެލްޑަން މުބާރާތް އޭނާއަށް ގެއްލުނުއިރު އޭނާ މިދިޔަ ސީޒަން ނިންމާލީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮވެގެންނެވެ. އެހެނަސް އޭނާ ވަނީ މި އަހަރުގެ ފްރެންޗް އޯޕަންއާ ޔޫއެސް އޯޕަން ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް އަލުން އަނބުރާ ޖެހިލާފައެވެ.

ނަދާލް ވަނީ މީގެ ކުރިން ތިން އަހަރެއްގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެން ނިންމާލާފައެވެ. އެގޮތުން 2008، 2010 އަދި 2013 ވަނަ އަހަރު އޭނާ ނިންމާލީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެންނެވެ. މިއަހަރުގެ އެއްވަނަ އޭނާ ކަށަވަރު ކޮށްފައިވާއިރު އޭނާއަށް ވުރެ ގިނައިން އެއްވަނައިގައި އޮވެގެން އަހަރު ނިންމާލީ ދެ ކުޅުންތެރިންނަކީ ފެޑެރާއާ އެމެރިކާގެ ޕީޓް ސަމްޕްރާސްއެވެ. އަދި ނަދާލް ވެގެން ގޮސްފައިވަނީ 1973 ވަނަ އަހަރު ރޭންކިންސް ތައާރަފް ކުރެވުނު ފަހުން އެއްވަނައިގައި ރޭންކް ކުރެވިފައި އޮވެގެން އަހަރު ނިންމާލާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ކެރިއަރުގައި 16 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ނަދާލް ޕެރިސް މާސްޓާސްގެ ދެވަނަ ބުރުގައި ވާދަކުރާނީ ދުނިޔޭގެ ރޭންކިންގެ 36 ވަނައިގައި އޮތް އުރުގުއޭގެ ޕަބްލޯ ކުއޭވާސްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
02 އެޕްރީލު 2017

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

02 އެޕްރީލު 2017
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް