Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ނިޒާމް

ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

ނިޒާމް ވަނީ އޭއެފްސީ ކަޕްގައި ވެލެންސިއާ އަށް ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 1 ނޮވެމްބަރު 2017 | ބުދަ 14:18
މިލަންދޫ އަށް ކުޅެމުން އަންނަ މުހައްމަދު ނިޒާމް (ކ) އާއި ޓީސީ އަށް ކުޅެމުން އަންނަ ސްޓެވާޓް (ވ)

މިލަންދޫ އަށް ކުޅެމުން އަންނަ މުހައްމަދު ނިޒާމް (ކ) އާއި ޓީސީ އަށް ކުޅެމުން އަންނަ ސްޓެވާޓް (ވ)

ކްލަބް ވެލެންސިއާ އަށް ކުޅެމުން އައި މުހައްމަދު ނިޒާމް (ޕީކޭ) ޓްރާންސްފާ ނަހަދައި ށ.މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަދި މިލަންދޫ ބައްދަލު ކުރި މެޗުގައި ނިޒާމް މިލަންދޫގެ ފުރަތަމަ އެގާރައިގައި ކުޅުނު ފަހުންނެވެ.

އެގޮތުން މި މައްސަލަ މިހާރު ޓީސީން އެފްއޭއެމްގައި ޖައްސާފައިވާކަން ވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ، ޓްރާންސްފާ ނަހަދައި މިލަންދޫ އަށް ކުޅުންތެރިޔަކު ކުޅެމުން އަންނަ މައްސަލައެއް ޕްރިމިއާ ލީގުގައި ކުޅޭ ކްލަބަކުން އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރާންސްފާއާ ނުލާ ނިޒާމް މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ބައެއް ކްލަބްތަކުގެ ސަމާލުކަމަށް ވަނީ ލީގު ފެށުނުއިރު އައިސްފައެވެ. އެހެން ނަމަވެސް އެކަމަށް އެފްއޭ އިން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މީގެއިތުރުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޒާމް ވަނީ މި ސީޒަނުގައި އޭއެފްސީކަޕްގައި ވެލެންސިއާގެ ޓީމް ލިސްޓުގައި ހިމެނި އެ މުބާރާތްވެސް ކުޅެފައެވެ. އެގޮތުން ވެލެންސިއާއިން ރިލީޒް ނުދެނީސް އޭނާ އަށް އެހެން ޓީމަކަށް ކުޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ގަވައިދު ބުނާގޮތުން ޓީމް ލިސްޓުގައި ނުހިމެނޭ ނުވަތަ ޓީމްގައި އެ މެޗުގައި ކުޅުމަށް ފާހަގަނުކުރާ ކުޅުންތެރިޔަކު ކުޅުވައިފިކަން ސާބިތުވެއްޖެނަމަ އެ ކުޅުންތެރިޔަކު ކުޅުނު މެޗުން އެޓީމަށް ލިބިފައިވާ ޕޮއިންޓާއި ގޯލް އުނިކުރެވޭނެއެވެ. އަދި ޑިސިޕްލިނަރީ ކޯޑުގެ ދަށުން، އެ ކްލަބާއި ކުޅުންތެރިޔާ މެދު ފިޔަވަޅު އެޅޭނެއެވެ. އަދި އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި، ދެ ގޯލް ލިބިދެވޭނެއެވެ.

އެގޮތުން ޓީސީން ހުށަހެޅި މައްސަލަ ސާބިތުވެއްޖެނަމަ، ނިޒާމް އަދި މިލަންދޫ އަށް އެފްއޭއެމް އިން ފިޔަވަޅު އެޅުން މަޖުބޫރުވެގެންދާނެއެވެ. އަދި ނިޒާމް މިލަންދޫ ޓީމުގައި ހިމެނިގެން ކުޅުނު މެޗުތަކުން އެޓީމު އަތުން ޕޮއިންޓްތައް ގެއްލިގެންދާނެއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު