Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

އަދިވެސް ރެއާލްއަށް ބާސާ އަތުލެވޭނެ: ޒިދާން

30 އޮކްޓޯބަރު 2017 | ހޯމަ 06:34

ރެއާލް އޮތީ ކުޅުނު 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އޮކްޓޯބަރު 2017 | ހޯމަ 06:34
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން: ޒިދާން ބުނަނީ ރެއާލްއަށް އަދިވެސް ބާސާ އަތުލެވޭނެ ކަމަށް

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން: ޒިދާން ބުނަނީ ރެއާލްއަށް އަދިވެސް ބާސާ އަތުލެވޭނެ ކަމަށް

ރެއާލް މެޑްރިޑަށް އަދިވެސް ބާސެލޯނާ އަތުލެވޭނެ ކަމަށް އެ ޓީމިގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ސީޒނަގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް ވަނީ އަލަށް ޕްރޮމޯޓްވި ކެޓަލޯނިއާއަށް ނިސްބާތްވާ ޓީމެއް ކަމަށްވާ ޖިރޯނާ އަތުން 2-1 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި އިސްކޯ ރެއާލްއަށް ލީޑު ނަގައިދިން ނަމަވެސް 13000 ސަޕޯޓަރުންގެ ކުރިމަތީގައި ޖިރޯނާއިން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާ ރެއާލް ލަދު ގަންނުވާލާފައެވެ. މިއީ 1990 ވަނަ އަހަރު ބާގޯސް ނަމަކަށް ކިޔާ ޓީމެއް އަތުން ބަލިވި ފަހުން އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު އެ ޓީމު އޮތީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ އަށް ޕޮއިންޓް ފަހަތުގައެވެ.

އެހެނަސް މެޗު ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ އަދިވެސް ބާސެލޯނާ އަތުލެވޭނެ ކަމަށާއި އެކާމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ސީޒަން މިހާ ހިސާބުން ނިމުނީ ނޫން ކަމަށާއި އެހެން ޓީމުތަށް ވެސް އަދި ބަލިވާނެ ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ. ޒިދާން ބުނެފައިވަނީ ގެއްލުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި އެއީ އަނބުރާ ނުލިބޭނެ ތިން ޕޮއިންޓް ކަމުގައި ވިޔަސް އުއްމީދަކީ އަދިވެސް ލަލީގާ ކާމިޔާބު ކުރުން ކަމަށެވެ.

ޒިދާން ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަން ދިފާއުކޮށްފައެވެ. އެގޮތުން އޭނާގެ ކުޅުންތެރިން ދިފާއު ކުރަމުން އޭނާ ބުނެފައިވަނީ ކުޅުންތެރިންގެ ފަރާތުން ފެނިފައިވަނީ ދަށް ކުޅުމެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. އަދި ކުޅުންތެރިން އަދިވެސް ތިބީ ލަލީގާ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ކަމަށް އޭނާ ބުނެފައިވެއެވެ.

ޒިދާން ބުނެފައިވަނީ މި މެޗުން ބަލިވުމުން މިހާރު ހުރިހާ ކުޅުންތެރިންގެ އަމާޒަކީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯސްކޮށް ދިޔައީ ކޮންކަމެއްތޯ ބަލާ އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.

މި މެޗުގެ ކުރިން މިދިޔަ ސީޒަނާއި މި ސީޒަނު އެއްކޮށް ރެއާލް ލަލީގާގައި ކުޅުނު 13 މެޗުވެސް ކާމިޔާބު ކޮށްފައިވާއިރު މި މެޗުން ބަލިވުމާއެކު އެ ޓީމު އޮތީ ކުޅުނު 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލްގެ ވާދަވެރި ބާސާއަށް ލިބިފައިވަނީ 28 ޕޮއިންޓް ކަމަށްވާއިރު ދެވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ 24 ޕޮއިންޓްއެވެ.

ތާރީހަށް ބަލާލާއިރު އަށް ޕޮއިންޓްގެ ފަރަގެއްގައި އޮވެ މިހާތަނަށް ލީގު ކާމިޔާބު ކޮށްފައިވަނީ ތިން ޓީމަކުންނެވެ. އޭގެ ތެރެއިން ދެ ފަހަރު ބާސާ ލީގު ކާމިޔާބު ކުރިއިރު އަނެއް ފަހަރު ލީގު ނަގާފައިވަނީ ވެލެންސިއާއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް