Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުރުދީން ވަކިވުމުގެ މަސައްކަތް

ކުރުދިސްތާނުގެ ލީޑަރު ބަރްޒާނީގެ ރިޔާސީ ބާރުތައް ދޫކޮށްލަނީ

ބަރްޒާނީގެ ރިޔާސީ ދައުރު ނޮވެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ނިމޭއިރު، މުއްދަތު އިތުރު ނުކުރުމަށް ވަނީ ނިންމަވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 09:35
ކުރްދިސްތާނުގެ ލީޑަރު މަސްއޫދު ބަރްޒާނީ

ކުރްދިސްތާނުގެ ލީޑަރު މަސްއޫދު ބަރްޒާނީ

އިރާޤުގެ ކުރުދިސްތާނުގެ ލީޑަރު މަސްއޫދު ބަރްޒާނީގެ ރިޔާސީ ބާރުތައް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ކުރުދީންގެ ސަރުކާރުން ބުނެފި އެވެ.

އިރާޤްގެ މައި ސަރުކާރުގެ ކިބައިން މިނިވަންވުމަށް މަސައްކަތް ކުރަމުންދާ ކުރުދިސްތާނުގެ ސަރަޙައްދީ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށްފަހު ބަރްޒާނީގެ ރިޔާސީ ދައުރުގެ މުއްދަތު އިތުރު ނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ބަރްޒާނީގެ ރިޔާސީ ބާރުތައް ދޫކޮށްލެއްވުމަށް ނިންމަވާފައިވަނީ، އިރާޤްގެ މައި ސަރުކާރުގެ ކިބައިން މިނިވަންވެ، ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ގުޅިގެން ކުރުދީންގެ ސަރަޙައްދުތައް އިރާޤުގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވަނިކޮށެވެ.

ވެރިކަމުގެ ބާރުތައް ވަކި ކުރުމުގެ ޕްލޭން ބަރްޒާނީ ވަނީ ކުރުދީންގެ ސަރަޙައްދީ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ޤާނޫނު ހަދާ މަޖިލީހަށް ބަރްޒާނީ ފޮނުއްވި ސިޓީފުޅުގައި ވަނީ، ރިޔާސީ ބާރުތައް ވަކިކޮށް، ސަރުކާރަށާއި، ޤާނޫނު ހަދާ މަޖިލީހަށް އަދި ޖުޑީޝަރީ އަށް ބާރުތައް ބަހާލުމަށް ހުށަހަޅުއްވާފައެވެ.

ބަރްޒާނީގެ ރިޔާސީ ދައުރު އޮކްޓޫބަރު މަހުގެ ނިޔަލަށް ހަމަވާއިރު، ހަމަ އެދުވަހު ރިޔާސީ އިންތިޚާބާއި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް އެސަރަޙައްދުގެ މަސްރަޙު ގޯސްވެފައިވުމުން، އިންތިޚާބު ފަސްކުރުމަށް ފާއިތުވި ހަފްތާގައި ވަނީ ނިންމާފައެވެ.

ބަރްޒާނީގެ މޭސްތިރިކަމުގެ ދަށުން ކުރުދީންގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އީރާޤްގެ މައި ސަރުކާރުން ދިން ރައްދާއެކު، ކުރުދީން ވަނީ އިހުނަށްވުރެ ނިކަމެތިވެފައެވެ.

އެވޯޓަށް ހަތަރު ހަފްތާވެސް ނުވަނީސް، އީރާޤްގެ މައި ސަރުކާރުން ކުރުދިސްތާނުގައި ހިންގި އަސްކަރީ އޮޕަރޭޝަނުގައި، ތެލުގެ ގޮތުން މުއްސަނދި ސަހަރެއް ކަމަށްވާ ކިރްކުކް ވަނީ މައި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ކިރްކުކް އަކީ ކުރުދީންގެ ރޫހާނީ ވަޒަނުގެ ގޮތުގައި އަދި ކުރުދީންގެ މިނިވަން ދައުލަތެއްގައި އާމްދަނީގެ މައި ދޮރުގެ ގޮތުގައި ކުރުދީން ބަލާ ސަހަރެވެ. އިރާޤްގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ކިރްކުކް ގެންދިއުމަކީ، ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތާއި ދެކޮޅު ހަދާ އިރާޤްގެ މައި ސަރުކާރުން އެކަމާއި ދެކޮޅަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކުގެ ތެރެއިން ކުރުދީން އެންމެ ހިތްދަތި ކުރުވި ފިޔަވަޅެވެ.

މިއަހަރުގެ ކުރީކޮޅު ބަރްޒާނީ ވަނީ، ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، ކުރުދީންގެ މިނިވަންކަމުގެ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން، ބަރްޒާނީގެ ވިސްނުންފުޅު ބަދަލުކުރައްވާނެ ކަމަށް ކުރުދީންގެ ބައެއް މީހުން އުއްމީދު ކުރިއެވެ.

ކުރުދިސްތާނުގެ ވެރިކަމުގައި 2005 ވަނަ އަހަރުގެ ފަހުން ހުންނެވި ބަރްޒާނީ ވަނީ، އެންމެ ފަހުން 2009 ވަނަ އަހަރު ބޭއްވި ކުރުދީންގެ އިންތިޚާބުވެސް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް، 2013 ވަނަ އަހަރު ރިޔާސީ ދެވަނަ ދައުރުގެ މުއްދަތު ހަމަވުމަށްފަހު، ކުރުދީންގެ ވެރިކަމުގައި ބަރްޒާނީ ދެމިހުންނެވީ ދެފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރުމަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު