Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ކޭންއަށް ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ

ކޭންގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 އޮކްޓޯބަރު 2017 | ހޮނިހިރު 02:54
ހެރީ ކޭން -  އަނިޔާގެ ސަބަބުން އޭނާއަށް ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ

ހެރީ ކޭން - އަނިޔާގެ ސަބަބުން އޭނާއަށް ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ޓޯޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނެފައިވަނީ ކޭންގެ ފަލަ މަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހޮނިހިރު ދުވަހު ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ކޭންއަށް ނުކުޅެވޭނެ ކަމަށެވެ. އޭނާ ބުނެފައިވަނީ ކޭންއަށް އަނިޔާވެފައިވަނީ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި 4-1 ގެ ނަތީޖާއަކުން ޓޮޓެންހަމްއިން ލިވަޕޫލް ބަލިކުރި މެޗުގައި ކަމަށެވެ.

އެގޮތުން އޭނާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކީ އެހާ ބޮޑު އަނިޔާއެއް ނޫން ކަމަށާއި އެހެނަސް އެ ޓީމުގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އެނާ ޔުނައިޓެޑާ ދެކޮޅަށް ނުނެރެން ކަމަށެވެ. އޭނާ ޔުނައިޓެޑާ ދެކޮޅަށް ނެރެފިނަމަ އެނާގެ އަނިޔާ ބޮޑު ވެދާނެ ކަމަށެވެ.

ކޭންއާ ބެހޭގޮތުން ޕޮޗެޓީނޯ ބުނެފައިވަނީ އެނާއަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާއާ ނުލާ ޔުނައިޓެޑް އަތުން މޮޅު ވެވޭނެ ކަމަށެވެ. ޕޮޗެޓީނޯ ބުނެފައިވަނީ އޭނާގެ ޓީމުގައި ހުރި ހަމައެކަނި މޮޅު ކުޅުންތެރިޔަކީ ކޭން ނޫން ކަމަށާއި އޭނާގެ ސްކޮޑަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭ ފެންވަރުގެ ސްކޮޑެއް ކަމަށެވެ.

ހަމައެހެންމެ ޕޮޗެޓީނޯ ބުނެފައިވަނީ ކޭން ނުކުޅޭ ނަމަ އެ މަގާމަށް ކުޅޭނީ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ ނުވަތަ ސައުތް ކޮރެއާގެ ފޮވާޑް ހެއުންގް މިން ސޮން ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނުގެ ވެސް ފަހު ބައިގައި ކޭންއަށް އިންޖަރީވި ވަގުތުގައި ސޮން ވަނީ އެ މަގާމު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ޕޮޗެޓީނޯ ބުނެފައިވެއެވެ. އަދި ކޭންއަކީ މިވަގުތު ޔޫރަޕާއި ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

އިންގްލޭންޑަށް އުފަން އުމުރުން 23 އަހަރުގެ ކޭން އަކީ ޓޮޓެންހަމްގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު177 މެޗުގައި 112 ލަނޑު ކާމިޔާބު ކޮށްފައެވެ. ޕްރިމިއާ ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، އެއްވަނައިގައި ޓޮޓެންހަމްއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު