Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީ ސިފައިން ގަތަރަށް

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

ތުރުކީ ސިފައިން ތިބީ ގަތަރުގެ ވެރި ރަށް ދޯހާގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 ޖޫން 2017 | ހޯމަ 00:30
ގަތަރަށް ދިޔަ ތުރުކީ ސިފައިން

ގަތަރަށް ދިޔަ ތުރުކީ ސިފައިން

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީގެ ސިފައިންގެ ގްރޫޕެއް ގަތަރަށް ގޮސްފައިވާ ކަމަށް ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނީ ގަތަރުގެ ވެރިރަށް ދޯހާއަށް ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީގެ ސިފައިންގެ ގްރޫޕެއް އައިސްފައިވާ ކަމަށާއި، އެ ސިފައިންތައް ތަމްރީންތައް ކުރިޔަށްގެންދާނީ ގަތަރު ސިފައިންނާ އެކުގައި ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ ތަމްރީންތައް ކުރިޔަށް ދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ތާރިގް ބިން ޒިޔާދް މިލިޓަރީ ބޭސްގައި ކަމަށާއި، މިއީ ދުރާލާ ރާވައިގެން ކުރިޔަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

ޤަތަރުގައި އޮންނަ ތުރުކީގެ އަސްކަރީ ބޭސްއަށް އެ ގައުމުގެ ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުން ރުހުންދީފައި ވަނީ މި މަހު ކުރީކޮޅެވެ. އެންމެ ފުރަތަމަ މެއި މަހު ޑްރާފްޓްކުރި މި ބިލް ބުދަދުވަހު ފާސްކޮށްފައި ވަނީ ވެރިކަންކުރާ އޭކޭ ޕާޓީއާ އިދިކޮޅު ނޭޝަނަލިސްޓް ޕާޓީގެ ތާއީދު ފުޅާދާއިރާއެއްގައި ލިބިގެން 240 ވޯޓުންނެވެ.

ތުރުކީއަކީ ޤަތަރުގެ އެންމެ ގާތް ގައުމު ކަމަށްވާއިރު އެ ގައުމުން ގެންދަނީ ޤަތަރުގައި އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ބޭސް ވެސް އޮންނަނީ ގަތަރުގައެވެ.

ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަނީ ހައްދުފަހަނައަޅާފައިވާ ޓެރެރިސްޓް ގްރޫޕްތަކަށް ގަތަރުން މާލީއެހީ ދޭކަމަށް ތުހުމަތުކޮށް ހޯމަދުވަހު ގަތަރާ ގުޅުން ކަނޑާލައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް ގަތަރަށް މަނާކޮށްފައެވެ.

އެ ތުހުމަތު ޤަތަރުން ވަރުގަދައަށް ދޮގުކުރެއެވެ. މިއީ މި ފަހުގެ ތާރީޚުގައި އަރަބި ބާރުތަކުގެ މެދުގައި އުފެދުނު މިފަދަ އެންމެ ބޮޑު ޚިލާފެއެވެ. އެހެންނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވަނީ އަރަބި ގައުމުތަކުން އެޅިފިޔަވަޅަށް ފާޑުވިދާޅުވެފައެވެ.

އޮރްދޮޣާން ވަނީ ޤަތަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކަހެރި ކުރުމަކުން ހައްލުވާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި މައްސަލަ ނިމުމަކަށް ގެނައުމަށް އަންކާރާއިން އެޅުނުހާ ބާރެއް އަޅާނެ ކަމަށެވެ. ތުރުކީއިން އަންނަނީ ޤަތާރާއި އަދި ހަމައެއާ އެކު ގަލްފުގެ އަރަބި އެތައް އަވަށްޓެރި ގައުމަކާ އެކު ބަދަހި ގުޅުންތަކެއް ބާއްވަމުންނެވެ.

ތުރުކީއިން ޤަތަރުގައި އަސްކަރީ ބޭސްއެއް ގާއިމްކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރު ވީ އެއްބަސްވުމުގެ ދަށުން މެދުއިރުމަތީގައި އެގައުމުން ގާއިމްކުރި ފުރަތަމަ ބޭސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު