Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެެއާ މައްސަލަ

އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ: ޗައިނާ

ޗައިނާ އާއި އުތުރު ކޮރެއާ އަކީ އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގާތް ދެގައުމު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 16:36
ޗައިނާ އަކީ އިގްތިސާދި ގޮތުން ދުނިޔޭގެ ބޮޑު ބާރެއް

ޗައިނާ އަކީ އިގްތިސާދި ގޮތުން ދުނިޔޭގެ ބޮޑު ބާރެއް

އދ އިން ދާދިފަހުން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް އުތުރު ކޮރެއާ އާ ގާތް ގުޅުމެއް އޮންނަ ޗައިނާ އިން ބުނެފިއެވެ.

ޗައިނާ އާއި އުތުުރު ކޮރެއާ އަކީ އިގްތިސާދީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅީ ހޮނިހިރު ދުވަހުއެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާ އިން ބޭރު ކުރާ އެގައުމުގެ އެކްސްޕޯޓް އިން ލިބޭ ތިން ބިލިއަން ޑޮލަރުގެ ނަފާ، ދެ ބިލިއަން ޑޮލަރަށް ދަށްވެގެން ދާނެއެވެ.

އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް ޗައިނާ އިން ބުނީ ހޯމަ ދުވަހުއެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ހޯމަ ދުވަހު ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި ރީޖަނަލް ސެކިޔުރިޓީ ފޯރަމެއްގައި އުތުރު ކޮރެއާ އާ މެދު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު އުތުރު ކޮރެއާ އާ ދެކޮޅަށް އދ އިން އެޅި ފިޔަވަޅުތަކާއި ހެދި އެގައުމުން ވަނީ ވަރަށް ހިތްހަމަ ނުޖެހިފައެެވެ.

އެމެރިކާ އިސްވެ އޮވެ އުތުރު ކޮރެއާ ދެކޮޅަށް، އދ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އުތުރު ކޮރެއާ އިން އޭގެ ރައްދު ދޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ "އޭގެ އަގު އެމެރިކާ އިން ދައްކަން ޖެހޭނެ ކަމަށާއި" ސެކިޔުރިޓީ ކައުންސިލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އުތުރު ކޮރެއާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އެގައުމާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެގައުމުން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާއި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާނުލާނެ ކަމަށެވެ.

އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން ދެކޮރެއާ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ. މަސްރަހު ފިނިކުރުމަށް ދެކުނު ކޮރެއާ އިން އުތުރު ކޮރެއާއަށް ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފައިވާ ކަމަށް ދެކުނު ކޮރެއާ އިން ވަނީ ބުނެފައެވެ.

ދާދިފަހުން އެމެރިކާ އިން ބުނެފައި ވަނީ އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށެވެ. އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ" ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރުކޮރެއާ އާއި ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު