Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު ދިނުމުގެ ދައުވާ

ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ދައުލަތުން ދެކޮޅު!

26 އޮކްޓޯބަރު 2017 | ބުރާސްފަތި 10:04

ދައުލަތުން ބުނަނީ ފަސްކޮށްފިނަމަ ހެކިން ހާޒިރުކުރަން ދަތިވާނެ ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 10:04
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެގެން ވެހިކަލަށް އަރުވަނީ

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ކޯޓުން ނެރެގެން ވެހިކަލަށް އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ރިޝްވަތުދިނުމުގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދައުލަތުން ދެކޮޅު ހަދައިފި އެވެ.

މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން އެދުނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ތިން ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ، އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ. އެގޮތުން، ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށާއި، ފާރިސްއަށް ކުރާ ދައުވާ ސައްޚަ ކަމަށް ނިންމި ނިންމުމުގެ އިތުރުން، މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސެޕްޓެމްބަރު 25 ވަނަ ދުވަހު ނިންމި ނިންމުން ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށްދަނީ، ސެޕްޓެމްބަރު 25 ގެ ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ހައިކޯޓުން ކުރާ ހުކުމް ކްރިމިނަލް ކޯޓުގެ ނިންމުމާ ތަފާތުވެއްޖެނަމަ، ކުރިއަށްދާ ހުރިހާ މަރުހަލާތަކެއް ބާތިލްވާނެކަން މައުމޫން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގެ ހުކުމް ތަފާތުވެއްޖެނަމަ އަގުވެއްޓިގެންދާނީ ހަމައެކަނި ކްރިމިނަލް ކޯޓުގެ ނޫން ކަމަށާއި މުޅި އަދުލު އިންސާފުގެ ދާއިރާގެ އަގު ވެއްޓިގެންދާނެ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ބައްލަވާ ބެންޗު ބަދަލުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުގައި ކުރިއަށްދާ މައްސަލަަ މަޑުޖައްސާލިކަން މައުމޫން ފާހަގަކުރެއްވި އެވެ. އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ހައިކޯޓުން ކަނޑައަޅާ އިޖުރާއަތްތައް ސުޕްރީމް ކޯޓުން ބާތިލްނުކުރާނަމަ ދަށު ކޯޓުތަކުން އެ އިޖުރާއަތުތަކަށް ތަބާވުން ލާޒިމްވެގެންވާ ކަމަށެވެ.

ފާރިސްގެ ފަރާތުން ޝަރީއަތް މަޑުޖައްސާލަން އެދުމުން ދައުލަތުގެ ވަކީލާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އަޑުއެހުންތައް ފަސްކޮށްފިނަމަ ހެކިން ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ފާރިސްގެ މަސްލަހަތަށް ވުރެ މުޅި މުޖުތަމައުގެ މަސްލަހަތު ބޮޑުވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ދައުވާގެ ލިޔެކިޔުން ހަވާލުކުރާ ތާރީޚުން ފެށިގެން 70 ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރީއަތް ފަށަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ވަކީލާ ވިދާޅުވީ އަޑުއެހުންތައް ފަސްކޮށްފިނަމަ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައިގެންދާނެ ކަމަށެވެ. ފާރިސްގެ މައްސަލައިގައި ލިޔުންތައް ހަވާލުކުރީ އޯގަސްޓް 28 ވަނަ ދުވަހުކަން ފާހަގަކުރައްވާ ވަކީލާ ވިދާޅުވީ ލަސްވެގެން ނޮވެމްބަރު 5 ވަނަ ދުވަހު ޝަރީއަތް ފަށަންޖެހޭނެ ކަމަށެވެ.

ޝަރީއަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލަން ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި މައުމޫން ހަމީދު ވިދާޅުވީ "ނޮވެމްބަރު 11 އަށް ނޫނީ 17 އަށް ހުކުމެއް ކުރަން ޖެހެނީ" ކަމަށް ވެދާނެ ކަމަށެވެ.

އެ މުއްދަތު ފާއިތުވާފަހުން ޝަރީއަތް ފެށުމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާއީ އަޑުއެހުން ނިންމައި ޝަރީއަތް ފަށަންޖެހޭ ދުވަސް ގުނުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހަޅަންދާ މުއްދަތު ނުގުނާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންކަމުން ނޮވެމްބަރު 5 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ޝަރީއަތް ފެށިޔަސް އެއީ ގާނޫނާ ޚިލާފު ކަމަކަށް ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ވަނީ ހެކި ހާމަކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. އެ ހުށަހެޅުމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ދޫކުރެވެން ހުރި ލިޔުންތައް ދޫކޮށްފައިވާ ކަމަށާއި އަދި ހާމަކުރަން އެދުނު ބައެއް ލިޔުންތައް ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ހޯދަން އެދުނު އެހެން ލިޔުންތައް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އެ ލިޔުންތައް ދައުލަތާ ފުލުހުން ހިއްސާ ކޮށްފައި ވެސް ނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންތަކުގެ ތެރޭގައި ސިއްރު ހެއްކަކު ހިމެނޭއިރު، ބައެއް ބަޔާންތައް ހާމަކޮށްފިނަމަ ސިއްރު ހެކީގެ އައިޑެންޓިޓީ ހާމަވެދާނެ ކަމަށެވެ. އެކަން ފާހަގަކޮށް ދައުލަތުން ވަނީ އެ ބަޔާންތައް ހާމަކުރުމަށް ދެކޮޅު ހަދާފަ އެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ވަނީ، ސިއްރު ހެކި ބިރު ގަންނަނީ ފާރިސްއާ ހަތަރު ކަޅި ހަމަވެދާނެތީތޯ ސުވާލު ކުރައްވާފަ އެވެ. ފާރިސްގެ ނަޒަރުގައި ހުރީ ކޮން ބިރުވެރިކަމެއްތޯ ވެސް މައުމޫން ސުވާލުކުރެއްވި އެވެ.

ސިއްރު ހެއްކަކީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މަޖިލިސް މެންބަރެވެ. އެ މެންބަރަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ ދުވަހެއް ދައުލަތަށް ބުނެދެވިފައެއް ނުވެ އެވެ. ދައުލަތުން ބުނަނީ އޭޕްރީލް 10 ގެ ފަހުން ދުވަހެއްގައި ރިޝްވަތު ދިން ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 23 ކަމެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ވާހަކަ ދައްކައި ނިމުނީ ނުވަ ކަމަކާ ގުޅޭ ގޮތުންނެވެ. ބާކީ ހުރި ކަންތައްތަކާ ގުޅޭ ގޮތުން ދެފަރާތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން އޮންނާނީ ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް