Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މާލިއްޔަތު

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

އެމްޑީޕީގެ ވެރިކަމުގައި ލޯނު ލިބުނީ އެތިއެތިކޮޅުން: ރިޔާޒް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 08:33
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު: ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު: ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ވޯލްޑް ބޭންކް ލަދުގަންނަވާލައިފި ކަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު އުޅެނީ ރާއްޖެއިން ލޯނެއް ނުނަގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން މަޖިލިހުގައި ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރާއްޖެއިން މިހާރު ފޮނުވާ ކޮންމެ ޕްރޮޕޯޒަލަކަށް ވޯލްޑް ބޭންކާއި އައިއެމްއެފުން އާނބަސް ބުނަމުންދާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިއަދު މިފަދައިން ކަން އޮތް ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމުން އައިއެމްއެފުން އެކަމާ ނުރުހުނު ކަމަށެވެ.

"100 މިލިއަން ޑޮލަރު، އެމްޑީޕީގެ ތިންއަހަރުގެ ވެރިކަމުގަ ނަގަން މާލިއްޔަތު ކޮމިޓިއަށް އެބޭފުޅުން (އައިއެމްއެފް) ވަޑައިގެން، އެބޭފުޅުންނަށް އޭރު ނަޝީދުގެ ވެރިކަމުގަ ކުރި ސުވާލެއްގެ ތެރޭގަ އެބޭފުޅުން ބުނީ ތިމަންނަ މެންނަށް މިހާރު މި ރާއްޖޭގަ މިހާރު މި ކަންތައްތައް ހުރި ގޮތަށް ބަލާއިރުގަ، އިޤްތިޞާދު މިހާރު މި ދާގޮތަށް ބަލާއިރުގަ، އެއްފަހަރާ މި ފައިސާ ދޭކަށް، ތިމަންނަމެނަކަށް، ތިމަންނަމެންގެ އުސޫލުތައް ތަނެއް ނުދެއޭ. އެހެންވީމަ 100 މިލިއަން ޑޮލަރު ތިމަންނަމެން ދޭނީ ބަހާލައިގެންނޭ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެފަހަރު ލޯން ދިނުމަށް އައިއެމްއެފުން އެއްބަސްވީ އެތިއެތިކޮޅުން ބަހާލައިގެން ކަމަށާއި، ނަމަވެސް މިއަދު ކަން އޮތީ އެހެން ނޫން ކަމަށެވެ. ރިޔާޒް ވިދާޅުވީ، ވޯލްޑް ބޭންކް ފަދަ މުއައްސަސާތައް ލަދުގެންފި ކަމަށާއި، ކުރިން ރާއްޖެއަށް ލޯނު ނުދޭން އުޅުނު އެފަދަ މުއައްސަސާތައް މިއަދު ރާއްޖެ އައިސްފި ނަމަ ރާއްޖެއިން ދާން ބޭނުން ނުވާ ކަމަށެވެ.

"ވޯލްޑް ބޭންކް ތަންތަން ލަދުގަނެފިއޭ މިއަދު، ލަދުގަނެފި. މީ ދިވެހިރާއްޖެއަށް ލޯނު ނުދޭން ފުރައިގެން ދިޔަ މީހުންނޭ. ބަލަ މިއަދު މިތަނަށް އައިއްސިއްޔާ މިތަނުން ދާކަށް ބޭނުމެއް ނުވޭ. ލޯން ނަގާށޭ ބުނަނީ. އައިއެމްއެގް ލަދުގެންފިއޭ މިއަދު. (ލޯން) ނަގާށޭ މިއަދު ބުނަނީ. ގަދަކަމުން ވެސް އަޅުގަނޑުމެންގެ ބޮލުގަ އަޅުވަން އުޅެނީ ލޯނު"، ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ރާއްޖެއާ މެދު އެ މުއައްސަސާތަކުގެ ވިސްނުން ބަދަލުވެފައި ވަނީ، އެފަރާތްތަކުން ރާއްޖެއަށް ދޭ ކޮންމެ ލޯނަކީ ރަނގަޅު ބަދަލެއް އޮތް އެއްޗެއް ކަމާއި، އެއީ ރަނގަޅު އިންވެސްޓްމަންޓެއްކަން އެފަރާތްތަކަށް އެނގޭތީ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ދެ ދައުރު ނިމޭއިރު ރާއްޖެ ވެގެންދާނީ ދަރަނިވެރި ޤައުމަކަށް ނޫން ކަމަށާއި، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި އޭރުން ރާއްޖެ ހިމެނޭނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 36 ބިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރު ނިމޭއިރު މި އަދަދު 41 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މޫޑީޒް އިންވެސްޓަރ ސަވިސްއިން ރާއްޖެއާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓްގައިވާގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި، ޖީޑީޕީގެ 80 އިންސައްތައަށް އުފުލޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

15 ޖުލައި 2017
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

04 ޖުލައި 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟

ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟

29 އެޕްރީލު 2017
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު