Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯލްޑް ސްކޯލާސް ކަޕް

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

4 ޖުލައި 2017 | އަންގާރަ 04:58

މި މުބަރާތުގައި ދެން އޮންނާނީ ޗެމްޕިއަންޝިޕް ރައުންޑް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 ޖުލައި 2017 | އަންގާރަ 04:58
ވޯލްޑް ސްކޮލާސްކަޕްގައި ޣިޔާސުއްދީން ބައިވެރިވި ދަރިވަރުން އެއާޕޯޓުގައި--

ވޯލްޑް ސްކޮލާސްކަޕްގައި ޣިޔާސުއްދީން ބައިވެރިވި ދަރިވަރުން އެއާޕޯޓުގައި--

ވޯލްޑް ސްކޯލާސް ކަޕްގައި، ޣިޔާސުއްދީން އިންޓަނޭޝަނަލާއި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން ފަޚުރުވެރި ކާމިޔާބީތަކަކާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

އެމެރިކާގެ ޑެމިޑެކް ކުންފުނިން، 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ އެކެޑެމިކް މުބާރާތުގެ ގްލޯބަލް ރައުންޑްގައި ވާދަކޮށް ޣިޔާސުއްދީން އަދި ބިލަބޮންގ ހޯދި ކާމިޔާބީ އެކު މުބަރާތުގެ ބައިވެރިން މާލެ އައީ އަންގާރަ ދުވަހުގެ ހެނދުނެވެ.

Advertisement - newsAdvertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިޒްމީނާ ފަހީމް ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ރީޖަނަލް ރައުންޑު ޣިޔާސުއްދީންގައި ބޭއްވިއިރު އެހެން ހުރިހާ ސްކޫލްތަކަށް މި ރައުންޑްގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން ރީޖަނަލް ރައުންޑްގައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަލް ސްކޫލްގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ސްކޫލް ބައިވެރިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއަހަރު މިބާރާތުގެ ގްލޯބަލް ރައުންޑް ތިން ސަރައްދެއްގައި ބާއްވާފައިވާއިރު ރާއްޖެއިން ބައިވެރިވީ ވިއެޓްނާމް ހެނޯއީގައި ކުރިއަށްދިޔަ ބުރުގަ އެވެ. މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި މުބާރާތް ކަން ޝިޒްމީނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން 3,600 ވުރެ ގިނަ ބައިވެރިން ގްލޯބަލް ރައުންޑްގައި ވާދަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ޣިޔާސުއްދީންގެ ދަރިވަރުން ހޯދި ކާމިޔާބީގެ ފަހަތުގައި ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން ތިބިކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މުބާރާތުގައި ދަރިވަރުން ތައްޔާރުކުރުމުގައި އުޅުއްވި ކޯޗުންނަށް ވެސް ވަނީ މުބާރާތް އިންތިޒާމް ކުރި ފަރާތުން މެޑަލެއް ވެސް އަރުވާފައި،" އޭނާ ވިދާޅުވި އެވެ.

އެކަޑީމިކް މި މުބާރާތުގައި ދަރިވަރުން ގްލޯބަލް ރައުންޑުގައި ވާދަކުރަނީ ރީޖަނަލް ރައުންޑުގައި ކޮލިފައިވާ ދަރިވަރުންނެވެ. އަދި ގްލޯބަލް ރައުންޑުން ކޮލިފައިވާ ޓީމްތައް ޗެމްޕިންޝިޕް ރައުންޑުގައި ވާދަކުރާނެ އެވެ.

ޣިޔާސުއްދީން ސްކޫލުން މި މުބާރާތުގައި ބައިވެރިވި ދަރިވަރުން ވަނީ އެކި ސަބްޖެކްޓްތަކުން މެޑަލް ހޯދާފަ އެވެ. އެ ސްކޫލުން ބައިވެރި ބައެއް ދަރިވަރުން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތަކީ ތަފާތު އެކި އާ މައުލޫމާތު ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ. އަދި އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެ ތަފާތު ތަޖުރިބާތައް މި ދަތުރުގައި ކުރެވިގެން ދިޔަކަން ބައިވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

ޣިޔާސުއްދީން ސްކޫލު މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވެ، ޗެމްޕިއަންޝިޕް ރައުންޑްގައި ވާދަކޮށްފައި ވެއެވެ.

މިއަހަރުގެ މުބާރާތުގައި އަލަށް ބައިވެރި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން ވެސް ގްލޯބަލް ރައުންޑްގައި ވާދަކޮށްފައި ވެއެވެ. އެ ސްކޫލުން ޖުމްލަ 27 ދަރިވަރުންނާ އެކު ނުވަ ޓީމެއް ވަނީ ބައިވެރިކޮށްފަ އެވެ. އެ ގޮތުން ޖޫނިއާ ހަ ޓީމަކާއި ސީނިއާ ތިން ޓީމެއް އެ ސްކޫލުން ވަނީ ބައިވެރިވެފަ އެވެ.

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުގެ އެކްޓިން ޕްރިންސިޕަލް މިސްބާހް އަހްމަދު ވިދާޅުވި ގޮތުގައި އެ ސްކޫލް ބައިވެރިކުރި ޓީމްތަކުގެ ތެރެއިން ޖޫނިއާ އެއް ޓީމް އަދި އަދި ސީނިއާ ތިން ޓީމް ވަނީ ޗެމްޕިއަންޝިޕް ރަންޑަށް ދަތުރުކޮށްފަ އެވެ.

ބިލަބޮންގ ސްކޫލްގެ ދަރިވަރިވަރުންގެ ފާހަގަ ކުރި ގޮތުގައި މި މުބާރާތުގެ ސަބަބުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ އާ ތަޖުރިބާތަކެއް ކުރަން ފުރުސަތު ލިބިގެންދިޔަ އެވެ. އަދި އެހެނިގެން ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކުގެ މައުލޫމާތުތައް ވެސް ލިބިގެން ދިޔަ ކަމަށް ދަރިވަރިވަރުން ފާހަގަކޮށްފައި ވެއެވެ.

މި މުބާރާތުގައި ފައިނަލް ރައުންޑް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. މި މުބާރާތުގައި މި ދެ ސްކޫލް ވެސް ރާއްޖެ ތަމްސީލް ކުރާނެ އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ތާރީހާއި ސަގާފާތާއި އަދި ތިމާވެއްޓާ ގުޅޭ ގޮތުން ސުވާލު ކުރެވޭނެ އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

05 އޯގަސްޓު 2018

އިންޓަރނޭޝަނަލް ކަލިނަރީ ކަޕްގައި ރާއްޖޭގެ ދެ ޝެފުން ބައިވެރިވެއްޖެ

05 އޯގަސްޓު 2018
އިންޓަރނޭޝަނަލް ކަލިނަރީ ކަޕްގައި ރާއްޖޭގެ ދެ ޝެފުން ބައިވެރިވެއްޖެ
30 ޖޫން 2018

ކޮކާ ކޯލާގެ ނަސީބު ވެރިން ވޯލްޑްކަޕް ބަލަން ރަޝިއާއަށް ފުރައިފި

30 ޖޫން 2018
ކޮކާ ކޯލާގެ ނަސީބު ވެރިން ވޯލްޑްކަޕް ބަލަން ރަޝިއާއަށް ފުރައިފި
24 ޖޫން 2018

ވޯލްޑް ސްކޮލަރސް ކަޕްގައި ޣިޔާސުއްދީނުން 46 ރަން މެޑަލް ހޯދައިފި

24 ޖޫން 2018
ވޯލްޑް ސްކޮލަރސް ކަޕްގައި ޣިޔާސުއްދީނުން 46 ރަން މެޑަލް ހޯދައިފި
12 ޖޫން 2018

މީޑިއާނެޓާއި ދިރާގު ޓީވީން ވޯލްޑްކަޕް ދެއްކޭނެ: ބްރޯޑްކޮމް

12 ޖޫން 2018
މީޑިއާނެޓާއި ދިރާގު ޓީވީން ވޯލްޑްކަޕް ދެއްކޭނެ: ބްރޯޑްކޮމް
15 އެޕްރީލު 2018

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް

15 އެޕްރީލު 2018
ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް
11 ޑިސެމްބަރު 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ރަން ވަނަ ތަކެއް

11 ޑިސެމްބަރު 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ރަން ވަނަ ތަކެއް
09 ނޮވެމްބަރު 2017

ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި

09 ނޮވެމްބަރު 2017
ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި
25 އޮކްޓޯބަރު 2017

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

25 އޮކްޓޯބަރު 2017
ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް
06 ސެޕްޓެމްބަރު 2017

ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ
24 ޖޫން 2017

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް