Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ކުރުދީންގެ މިނިވަންކަން

މިނިވަންކަން އިއުލާނުކުރުން މަޑު ޖައްސާލުމަށް ކުރުދީން ހުށަހަޅައިފި

25 އޮކްޓޯބަރު 2017 | ބުދަ 03:18

92 އިންސައްތަ މީހުން ވަނީ ވަކި ދައުލަތެއް ގާއިމް ކުރުމަށް ތާއީދުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 އޮކްޓޯބަރު 2017 | ބުދަ 03:18
ކުރުދީންގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ފެނޭތޯ ވޯޓް ނަގާފައިވަނީ ސެޕްޓެމްބަރ 25 ގައި

ކުރުދީންގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ފެނޭތޯ ވޯޓް ނަގާފައިވަނީ ސެޕްޓެމްބަރ 25 ގައި

ދާދިފަހުން ނެގިގެންދިޔަ ކުރުދީންގެ މިނިވަންކަމުގެ ފެންނަ ނުފެންނަ ވޯޓުން ނުކުތް ނަތީޖާ މަޑުޖައްސާލައި އިރާގްގެ މައި ސަރުކާރާއެކު މަޝްވަރާތަކަށް ދިއުމަށް ކުރުދީންގެ ސަރަހައްދީ ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އިތުރު ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ހިނގިޔަ ނުދިނުމަށް" ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ހަމަލާތައް ފެށިގެން ދިޔައީ، ތެލުގެ ގޮތުން މުއްސަނދި ކިރްކުކާއި ކުރުދީން ކޮންޓްރޯލް ކުރަމުންދިޔަ އިތުރު ސަރަހައްދުތައް އިރާގު ސަރުކާރުގެ ފައުޖުތަކުން ހިފުމާ ގުޅިގެންނެވެ.

އެކަން ހިނގާފައިވަނީ ކުރުދީން ވަކި ދައުލަތެއް ގާއިމްކުރުމަށް ފެނޭތޯ ބެލުމަށް އެ ސަރަހައްދުގައި ނެގި ފެންނަ ނުފެންނަ ވޯޓަށްފަހުއެވެ.

"ހުއްޓުމެއްނެތި ކުރާ ހަނގުރާމަޔަކުން އެއްވެސް ބަޔަކަށް ނަސްރެއް ނުލިބޭނެ،އޭގެ ބަދަލުގައި މަސްލަހަތު ގެއްލި ގައުމުދާނީ ހަމަނުޖެހުމަކަށް "ސަރުކާރުގެ ބަޔާނުގައިވެއެވެ.

އިރާގް އަދި ޕެޝްމާގާ ހަނގުރާމަވެރިންނާ ދެމެދު އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފެށިފައިވާ ހަމަލާތަކާ ކުރިމަތިލުންތައް ދިގު ދެމިގެންދާ ލޭ އޮހޮރުވުމަކަށް ވެގެން ހިނގައިދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިރާގުގެ ސަރުކާރުން ބުނާގޮތުގައި މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރުދީން ނެގި ވޯޓަކީ ޣައިރު ގާނޫނީ ވޯޓެކެވެ. އަދި މައްސަލަ ހައްލުކުރުމަށް މަޝްވަރާއަށްވަނީ ގޮވާލާފައެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ މިދިޔަ މަހުވަނީ ވޯޓުން ނުކުތް ނަތީޖާ ބާތިލް ކުރުމަށް ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރަށް ބާރު އަޅުއްވާފައެވެ.

އަބާދީ ވިދާޅުވެފައިވަނީ އެ ވޯޓަކީ އިރާގުގެ ރައްޔިތުންގެ މެދުގައި ސުލްހައަށް ހުރަސްއެޅި ސަރަހައްދަށް ނުރައްކާވާނެ ކަމެއްކަމަށެވެ. އަދި އެ ސަރަހައްދު އިރާގުގެ މައި ސަރުކާރުގެ ދަށަށް ގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިރާގުގެ އުތުރުގެ ސަރައްދުގައި އޮންނަ ކުރިދިސްތާނުން ވަކި ދައުލަތެއް ގާއިމް ކުރުމަށް ފެނޭތޯ ނެގި ވޯޓްގައި އެ ސަރަހައްދުގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއްވަނީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ފެންނަ ކަމަށް ވޯޓް ދީފައެވެ.

އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވާ ގޮތުގައި 3.3 މިލިއަން މީހުންގެ ތެރެއިން 92 އިންސައްތަ މީހުން ވަނީ ވަކި ދައުލަތެއް ގާއިމް ކުރުމަށް ތާއީދުކޮށްފައެވެ.

އިންތިޚާބުގައި ކުރުދީންނާއި ކުރުދީން ނޫން މީހުންވެސް ވޯޓްލާފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ރައީސް މިނިވަންކަން އިއުލާންކޮށްފި ނަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް: ސްޕެއިންގެ ރޫލިން ޕާޓީ
09 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް

09 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން: ކެޓަލޯނިއާގެ މިނިވަންކަމާ ދެކޮޅަށް ބާސެލޯނާގައި ބޮޑު އެއްވުމެއް
03 އޮކްޓޯބަރު 2017

ކުރުދީންގެ ބޯޑަރު ކައިރީގައި އީރާނާއި އީރާޤުން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ފަށައިފި

03 އޮކްޓޯބަރު 2017
ކުރުދީންގެ ބޯޑަރު ކައިރީގައި އީރާނާއި އީރާޤުން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ފަށައިފި
01 އޮކްޓޯބަރު 2017

ކުރުދީންގެ ވޯޓަކީ ބައިބައިވުމަށް އެޅޭ ފިޔަވަޅެއް: ޙިޒްބުﷲ

01 އޮކްޓޯބަރު 2017
ކުރުދީންގެ ވޯޓަކީ ބައިބައިވުމަށް އެޅޭ ފިޔަވަޅެއް: ޙިޒްބުﷲ
30 ސެޕްޓެމްބަރު 2017

ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރުދީން ކުރާ މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެ: އުރުދޮޣާން

30 ސެޕްޓެމްބަރު 2017
ވަކި ދަޢުލަތެއް ޤާއިމް ކުރުމަށް ކުރުދީން ކުރާ މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެ: އުރުދޮޣާން
30 ސެޕްޓެމްބަރު 2017

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި
25 އޯގަސްޓު 2017

ސީރިޔާގެ ރައްގާގައި ކުރެވެމުންދާ ހަނގުރާމައަށް މަޑުޖެހުމެއް ގެނައުމަށް އދ އިން ގޮވާލައިފި

25 އޯގަސްޓު 2017
ސީރިޔާގެ ރައްގާގައި ކުރެވެމުންދާ ހަނގުރާމައަށް މަޑުޖެހުމެއް ގެނައުމަށް އދ އިން ގޮވާލައިފި
26 އެޕްރީލު 2017

ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

26 އެޕްރީލު 2017
ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް