Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނު ހަނގުރާމަ

އަފްޣާނިސްތާނު މައްސަލައިގައި ޕާކިސްތާނާ އެމެރިކާއާ ދެމެދު އިތުބާރު ނުކުރެވުމުގެ މައްސަލަ އެބަ އޮތް: ޕާކިސްތާން

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 އޮކްޓޯބަރު 2017 | ބުދަ 03:04
އެމެރިކާއިން އަފްޣާނިސްތާނަށް އަޜާފައިވަނީ 2001 ވަނަ އަހަރު

އެމެރިކާއިން އަފްޣާނިސްތާނަށް އަޜާފައިވަނީ 2001 ވަނަ އަހަރު

އަފްޣާނިސްތާނު ހަނގުރާމައިގެ މައްސަލައިގައި ޕާކިސްތާނާއި އެމެރިކާއާ ދެމެދު އިތުބާރު ނުކުރެވުމުގެ މައްސަލަ އެބަ އޮތް ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވަޖާ އާސިފް ބީބީސީގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާސިފް މިހެން ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަންއާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ޓިލަރސަން އަކީ ތާލިބާނުންނަށް "އަމާން ސުވަރުގެ" އެއް ފަދަ ތަނަކަށް ޕާކިސްތާނު ހަދާފައިވާކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ފަހުން ޕާކިސްތާނަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓެވެ.

ޓިލަރސަން ވަނީ ޕާކިސްތާނުގެ ސަރަހައްދީ އިމުން ޓެރެރިސްޓް ޖަމާއަތްތައް ފޮހެލުމަށް އިތުރު މަސައްކަތްތައް ކުރުމަށް ރައީސް ޓްރަމްޕް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކު ކުރައްވާފައެވެ. ނަމަވެސް މިނިސްޓަރ އާސިފްވަނީ ޕާކިސްތާނުގައި ޓެރެރިސްޓުންނަށް"އަމާން ސުވަރުގެ" ތަކެއް ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

"އެމީހުން މިގައުމަކުން އިތުރު ސަރަހައްދެއް ބޭނުމެއް ނުވާނެ.އަފްޣާނިސްތާނުގެ 40 އަކަށް ޕަސެންޓްގެ ސީދާ ކޮންޓްރޯލް އެ އޮތީ ތާލިބާނުންއަތުގަ"

އެމެރިކާގެ އަސްކަރިއްޔާގެ މަސްދަރުތަކުން ބުނާ ގޮތުގައި ތާލިބާނުންގެ އަތުގައި އޮތީ އަފްޣާނިސްތާނުގެ ސަރަހައްދީ އިމުގެ 10 ޕަސެންޓެވެ. އަދި 30 ޕަސެންޓް ސަރަހައްދެއް ހޯދުމަށް އެމީހުން ދަނީ މަސައްކަތްކުރަމުންނެވެ.

އެމެރިކާއާއި އަފްޣާނިސްތާނުގެ އޮފިޝަލުން ގަބޫލު ކުރައްވާ ގޮތުގައި އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ހަމަލާ ދިނުމަށް ރޭވުމަށްޓަކައި ހަނގުރާމަވެރިންނަށް ޕާކިސްތާން-އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ވެފައިވަނީ އަމާންތަނަކަށެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި ޕާކިސްތާން އިންޓެލިޖެންސް ސަރވިސްގެ ބައެއް ފަރާތްތަކުންވެސް އަފްޣާނިސްތާގެ ހަނގުރާމަވެރިންނާ ގުޅުން އޮވެއެވެ. މިނިސްޓަރ އާސިފް ވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ގާބިލްކަން ނެތިފައިވާކަމަށް ވިދާޅުވެފައެވެ.

ތާލިބާނުންނާ ދެކޮޅަށް އެގައުމުން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ އެމެރިކާއިން އެގައުމަށް އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ބުނާ ބުނުން އޭނާ ވަނީ ދޮގުކުރައްވާފައެވެ.

ޕާކިސްތާނަށް އެމެރިކާގެ ފަރާތުން އިގްތިސާދީ ގޮތުން ލިބެނީ "ތިއްކެއް" ވަރުގެ އެހީތެރިކަމެއްކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އެމީހުން ފަރާތުން އަސްކަރީ ހާޑްވެއަރ އެއް ނުލިބޭ.އަޅުގަނޑުމެން މިތިބީ ކުރިން އެމީހުންގެ ފަރާތުން އެކަން ކޮށްދިއިރު ތިބި ހެނެއް ނޫން"

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު