Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހޮވައިދީފި ނަމަ ހުރިހާ ދަރަންޏެއް ޚަލާސް ކުރާނަން: ރައީސް

24 އޮކްޓޯބަރު 2017 | އަންގާރަ 14:09

މިސަރުކާރުގެ ދަރަނީގެ ވާހަކަ އިދިކޮޅު ލީޑަރުންނަކަށް ދެއްކުމުގެ ޖާގައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 އޮކްޓޯބަރު 2017 | އަންގާރަ 14:09
ރައީސް ޔާމިން އާއި ސަރުކާރުގެ ޓީމް ރ. ފައިނުގައި

ރައީސް ޔާމިން އާއި ސަރުކާރުގެ ޓީމް ރ. ފައިނުގައި

ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ކުރީގެ އެއްވެސް ރައީސަކަށް ނެތް ކަމަށާއި ކުރިއަށް އޮތް 2018 ގެ އިންތިޚާބަށް ފަހު ރައީސް ކަމުގައި ހުރެވިއްޖެ ނަމަ ހުރިހާ ދަރަންޏެއް ޚަލާސްކޮށް ނިންމަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. ފައިނުގެ ބަނދަރު ހުޅުވުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކިއެކި ފަރާތްތައް މެދުވެރިކޮށް ލޯނު ނަގައިގެން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ އުންމީދުތަކާއި ތަރައްގީ ހާސިލްކޮށް ދިނުމުގެ ބޭނުމުގައި ކަމަށާއި އެމަނިކުފާނުގެ ސަރުކާރާ ހަމައަށް ރާއްޖެ އައިއިރު އެތައް ހާސް މިލިޔަން ރުފިޔާއެއްގެ ދަރަނި އޮތް ކަމަށެވެ. އަދި ސަރުކާރުން މިހާރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ ދަރަނިތައް ވެސް އަދާ ކުރަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކުރީގެ އެއްވެސް ލީޑަރަކު އެމަނިކުފާނުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ދައުރުތަކެއް ބަދަލުވަމުން ގޮއްސަ އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް ވެރިކަން ވާސިލުވެގެން އައިއިރުގަ އަޅުގަނޑުމެން ފެށީ 34 ހާސް ނޫނީ 35 ހާސް މިލިޔަންގެ ބޮޑު ދަރަންޏަކާއެކީ. އެލޯނު ނަގައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެތައް އަހަރަކުއްސުރެ ރައްޔިތުންނަށް ނުވެފައި ހުރި ކަންކަން. އެއީ ރައްޔިތުން އެދޭ ގޮތް. ރައްޔިތުން ބޭނުންވާ ގޮތް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރުން ލޯނު ނަގައިގެންނާއި އެކި ގޮތްގޮތުން ފައިސާ ހޯދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ހުރި ދަރަނިތައް 2018 ރައީސް ޔާމީނަށް ކާމިޔާބު ވެއްޖެ ނަމަ އެ ދައުރު ނިމިގެންދާ އިރު އެހެން ބަޔަކު އުފުލަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ސަރުކާރު 2018 އިން ފެށިގެން ކުރިއަށް އޮންނަ ކަމަށްވާ ނަމަ، އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ އެ ދަރަނި އަދާކުރެވޭތޯ. އެ ދަރަންޏަކީ އަޅުގަނޑުމެން ވަކިވެގެން ދާއިރު އެހެން ބަޔަކަށް ތަކްލީފް އުފުލިގެންދާ ކަމަކަށް އިރާދަކުރެއްވިއްޔާ ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދައްކައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދައްކައި ދިނުމަށް އެމަނިކުފާނު ވަނީ ފައިނުގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވަނީ މިއަދު އެމަނިކުފާނު ވަޑައިގެންނެވުމުން ދެއްވި ވަރުގެ ތަރުހީބަކާއި އިހުލާސްތެރިކަމެއް 2018 ގައި ވެސް ދައްކައި ދިނުމަށް ފައިނުގެ ރައްޔިތުން ކިބައިން އެދިވަޑައިގެންފައެވެ.

"މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތިޔަ ދައްކަވައިދިން އިޚްލާސްތެރިކަން 18 އާ ހަމައށް ދާއިރުވެސް ދައްކަވާ. އޭރުން މިއަންނަ ތަރައްޤީ މި ސްޕީޑުގައި ނުވަތަ މިއަށްވުރެ ބާރު ސްޕީޑުގައި ކުރިއަށް ދާނީ. އެކަންކަން ކުރުމުގައި އެބަޖެހޭ ސަރުކާރާ މިމަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވާން. އެންމެބޮޑު އެހީތެރިކަމެއް ދެވޭނީ އިންތިޚާބުތަކުގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ މީހުންތަކެއް ދެއްކުމުން. އެއީ ރިޔާސީ އިންތިޚާބުން ފެށިގެން ކައުންސިލް އިންތިޚާބުން ފެށިގެން އަދި މަޖިލިސް އިންތިޚާބުގައި ވެސް މިކަންކަން މިގޮތަށް ފެންނަން ޖެހޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް