Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މީޑިއާ ކޮމިޝަން

މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފި

24 އޮކްޓޯބަރު 2017 | އަންގާރަ 06:31

މީޑިއާ ކައުސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށްފަހު އުފައްދާ ކޮމިޝަނެއް ކަމަށް ވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޮކްޓޯބަރު 2017 | އަންގާރަ 06:31
ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރު ދާއޫދު (ކަނާތްފަރާތުން ދެ ވަނައަށް)

ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރު ދާއޫދު (ކަނާތްފަރާތުން ދެ ވަނައަށް)

މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއްް ހުށަހަޅައި އެބިލްގެ ފުރަތަމަ ކިޔުން އިއްވައިފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އެބިލް ހުށަހަޅުއްވައި ދެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

Advertisement - newsAdvertisement

ދެން އެބިލާ ގުޅިގެން މަޖިލީހުގައި ކުރިއަށްދާނީ އިބްތިދާއީ ބަހުސް ކުރުމުގެ މަރުހަލާ އެވެ.

އެނގިފައިވާ ގޮތުގައި މިބިލަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށް ފަހު، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި އުފައްދާ ކޮމިޝަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަކީ މީޑިއާތައް ރެގިއުލޭޓް ކުރުމާއި މޮނީޓަރ ކުރުމަށް އުފައްދާފައިވާ މިނިވަން ދެ މުއައްސަސާކަމަށް ވިޔަސް އެ ދެ މުއައްސަސާގެ މެންޓްގައި އެއްގޮތް ކަންތައްތަކެއް ހުރުމުން ފުށުއަރާގޮތް ވަމުންދާ ކަމަށެވެ. އެހެން ކަމުން އެ ދެ މުއައްސަސާ އެއް މުއައްސަސާއެއްގެ ގޮތުގައި އެއްކޮށްލުމަށް ބައެއް މެމްބަރުން ހިޔާލު ފާޅު ކުރައްވާފައި ވެއެވެ.

އެގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ ބަދަލުގައި އެހެން މުައްސަސާއެއް އުފެއްދުމަށް ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތް ކުރައްވައިފައެވެ. އެންމެފަހުން މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވެސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން ދެ މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ވެސް މީޑިއާތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމަށް އެއް މުއައްސަސާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.

މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެކަށީގެންވާ ގޮތެއްގައި އެކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ބުނެ، ބަޖެޓް އިތުރުކޮށްދިނުމަށާއި މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދިފަ އެވެ. ނަމަވެސް އެކޮމެޓީން މީޑިއާ ކައުންސިލާ ބައްދަލު ކޮށްފައެއް ނުވެއެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މިނިވަންމަކާއި މުސްތަގިއްލުކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ބްރޯޑް ކާސްޓީން ކޮމިޝަނުން ވަނީ ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އަދި ތަކުރާރުކޮށް ރާއްޖެޓީވީއަށް އެކިއެކި ގޮންޖެހުންތައް ބްރޯޑް ކާސްޓިން ކޮމިޝަނުން ކުރިމަތި ކުރުވަމުން ދެއެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަނުގައި ހިމެނޭ ބައެއް މެމްބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕްރޮމޯޓް ކުރުމުގައި މީގެ ކުރިން ހަރަކާތްތެރި ވެފައިވާ މެމްބަރުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް