Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުގެ ޖަލްސާ

މެޑަމް ބަހާ ސިޓީ އުރައަކަށް އައްޑޫ ރައްޔިތުން ނުވިކޭނެ: ރޮޒައިނާ އާދަމް

23 އޮކްޓޯބަރު 2017 | ހޯމަ 19:39

އައްޑޫ ރައްޔިތުންގެ ހާލަތު މެޑަމް އަކަށް ނޭނގޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 23 އޮކްޓޯބަރު 2017 | ހޯމަ 19:39
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް

އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް

މެޑަމް ބަހާ ސިޓީ އުރައަކަށް އައްޑޫ ރައްޔިތުން ނުވިކޭނެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، އައްޑޫ ސިޓީއަށް މެޑަމް ފާތިމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅަކީ، "އަލަވަލު ހާޖީގެ ހައްޖު ދަތުރު" ފަދަ ދަތުރެއް ކަމަށެވެ.

Advertisement - newsAdvertisement

"އަލަވަލު ހާޖީވެސް ހައްޖަށް ދިއުމަށް ކަމަށްބުރެ ފުރައިގެން ދެވުނީ ފުވައްމުލަކަށް. އަނބުރާ ރަށަށް ދިއުމުން އެތަނުން ފެނުނީ ކޮން އެއްޗެއްތޯ މީހުން އެހުމުން އެތަނަކީ ވަރަށް އަލަ ގަސް ގިނަ ތަނެއް ކަމަށްބުނި. މެޑަމް އަށްވެސް ވީ ހަމަ އެވަރު. މެޑަމްއަށް ނަސީބަކުން އައްޑޫއަށް ލައްވާލި. އެހެން ނަމަވެސް މެޑަމްގެ ހާލު އަލަވަލު ހާޖީއަށް ވުރެ ބޮޑު. މެޑަމްއަށް އައްޑޫ ރައްޔިތުންގެ ހަގީގީ ހާލަތު އެއްގޮތަކަށްވެސް ނޭނގުނު" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އައްޑޫގައި ޖަލްސާތައް ބާއްވާފައި، މިނިސްޓަރުން އަރާ އައްޑޫ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ފަދަ ވެރިއެއްކަމަށް ވިދާޅުވި ނަމަވެސް، އައްޑޫގެ ރައްޔިތުން ތިބީ މިއަދު ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ. އައްޑޫ ސިޓީ އިން ދުވާލަކު ހަ ފަހަރު ކަރަންޓް ކެނޑޭ އިރު ފެނުގެ ހިދުމަތުން ބޮޑު އަގެއް ނަގަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މިހާލަތުގައި އޮތްއިރު ރައީސް ޔާމީން ފަދަ ވެރިއަކު އައްޑޫ ރައްޔިތުން ބޭނުންވާނެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދާފައެވެ.

" މެޑަމް ދާއިރަށް މަގުތަކުގައި ފަސްކޮޅެއް އަޅާ، ރައީސް ޔާމީން ކެމްޕެއިން އަންނަ އިރަށް މަގު ހެދޭނެއޭ ބުންޏަސް ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން އައްޑޫގެ މަގު ހެދުމަށް ބޭނުންވާ ހުރިހާ ސާމާނަކާ އެކު އެހެރީ މަސައްކަތް ހުއްޓިފައި. ތަކެތި ހުރެމެ މަސައްކަތް ނުކުރެވިގެން އުޅެނީ. އަދިވެސް މިދެއްކެނީ ފައްޓާ ވާހަކަ" ރޮޒައިނާ ވިދާޅުވިއެވެ.

ފައިސާ ދީގެން، މަޖުބޫރު ކޮށްގެން އައްޑޫ ސިޓީގެ ރައްޔިތުން ޖަލްސާތަކަށް ގެންގޮސްފައި، އެ މަންޒަރު ފެނުމުން ހީބިހި އަރައިގެންދާ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާއިން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ފަރާތްތަކުގެ ގައިން ހީބިހި ނެގިތޯ ރޮޒައިނާ ވަނީ އެފަރާތްތަކާ ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ ފައިސާ ބޭނުންކުރުމަށްފަހު ބާކީވާ ބައިން ރައްޔިތުންނަށް ސިޓީ އުރަތައް ބަހަމުން ދިޔަ ނަމަވެސް ރައްޔިތުން ނުވިކޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މެޑަމްގެ ދަތުރުގައި ދަތުރުކުރި ހުރިހާ ފަރާތްތަކެއްގެ ޓިކެޓް އަދި އެހެނިހެން ހަރަދުތައް ކޮށްފައިވަނީ ސަރުކާރުގެ ފައިސާއިންތޯ ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިސާގެ މުއާމަލާތްތައް ހިނގާފައިވާގޮތް ބެލުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް