Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ބޮސް"

"ބޮސް" ގެ ތީމް ސޯންގް ލޯންޗު ކުރަން ނަހުލާ "ރެޑީ"ވަނީ!

"ބޮސް" ނެރޭނީ މިމަހުގެ 31 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2017 | އާދީއްތަ 09:01
"ބޮސް"ގެ ޕްރިމިއާ ގައި އެފިލްމުގެ ބައެއް ތަރިން

"ބޮސް"ގެ ޕްރިމިއާ ގައި އެފިލްމުގެ ބައެއް ތަރިން

މިމަހުގެ 31 ގައި ނެރުމަށް ތައްޔާރު ވަމުން އަންނަ ދިވެހި ފިލްމު "ބޮސް" ގެ ތީމް ލަވަތައް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑައިރެކްޓަރ ފާތިމަތު ނަހުލާ ބުނެފިއެވެ.

ނަހުލާ ރާއްޖެއެމްވީއަށް ބުނީ ތީމް ލޯންޗު ކުރާނީ ފޭސްބުކް މެދުވެރިކޮށް ކަމަށެވެ.

"ބޮސް" ގައި ހިމެނޭ 6 ލަވަ މިހާރު ވަނީ ރިލީޒް ކޮށްފައެވެ. ނަހުލާބުނީ "ބޮސް" ގެ އިތުރު 2 ލަވައަކީ ފިލްމުގެ ތީމް ލަވަތައްކަމަށާއި މިހަފްތާ ތެރޭގައި ރިލީޒް ކޮށް ނިމޭނެ ކަމަށެވެ. އެ 2 ލަވައަކީ ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ އަދި އަބްދުލް ޣަނީ (ތޭރަވާ) ކިޔާފައިވާ 2 ލަވައެވެ.

"ބޮސް" ގެ 5 ޝޯ މިހާތަނަށް ވަނީ ފުލްވެފައެވެ.

ނަހުލާ ބުނީ މި ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓު ވިއްކަނީ 200 ރުފިޔާއަށް ކަމަށާއި އެހެން ޝޯތަކަށް ޓިކެޓު ވިއްކަނީ 100 ރުފިޔާ އަށް ކަމަށެވެ. ނަހުލާ ބުނީ ފުރަތަމަ ޝޯގައި ޝޯބަލަން ވަންނަ ކޮންމެ ފަރާތަކަށް ވެސް ކޮންމެވެސް ކަހަލަ ހަދިޔާއެއް ލިބޭނެ ކަމަށާއި އެ ހަދިޔާ ލިބޭނީ ފިލްމުގެ ތަރިންނާއި ފިލްމަށް ލަވަކިޔައިދީފައިވާ ފަރާތްތަކުގެ އަތުން ކަމަށެވެ.

މި ފިލްމަށް އޮންލައިން ބުކިންވެސް ހެދޭނެއެވެ. އެގޮތުން މި ފިލްމުގެ ވެބްސައިޓް www.bos-themovie.com މެދުވެރިކޮށް ޓިކެޓް އޮންލައިންކޮށް ބުކްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނަހުލާ ބުންޏެވެ.

"ބޮސް"ގެ ލީޑް ރޯލުން ފެނިގެން ދަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު އައްޒަ އެވެ.ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

"ބޮސް" ގައި ހިމެނެނީ 6 ލަވައެވެ. މި ލަވަތައް ކިޔާފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އަދި ޝަލަބީ އިބްރާހިމާއި، ހަމޫދުގެ އިތުރުން ރާފިޔަތު ރަމީޒާ، މާއިން ރަޝީދާއި، ފާތިމަތު އަޝްފާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

27 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

12 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު