Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު "ބިގް ބޮސް" ލޯގޯ

"ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

ސީޒަންގެ ހޯސްޓަކީ ވެސް ބޮލީވުޑްގެ ތަރި ސަލްމާން ޚާން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 އޯގަސްޓު 2017 | އަންގާރަ 10:33
 "ބިގް ބޮސް" ލޯގޯ

"ބިގް ބޮސް" ލޯގޯ

އަންނަ ސެޕްޓެމްބަރު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ، ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ރިއަލިޓީ ޝޯވް "ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

'ބިގް ބޮސް'ގެ ލޯގޯ ހަދާފައި ވަނީ ރީނދޫ އަދި ހުދު ކުލައިންނެވެ. އެ ޝޯގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާ ލޯގޯ ވަނީ އާންމު ކޮށްފައެވެ.

ރިއަލިޓީ ޓީވީ ސީރީސް ބިގް ބޮސް ގެ 11 ވަނަ ސީޒަން އިއުލާން ކުރެވުނީއްސުރެ އެ ޝޯގެ ހުރިހާ ފޭނުން ވެސް ތިބީ އާ ސީޒަނަށްޓަކައި ކެތްމަދުވެފަ އެވެ.

މިދިޔަ އަހަރާއި އެއްގޮތަށް މި ފަހަރު މަޝްހޫރު ތަރިންގެ އިތުރުން އާންމުން ވެސް ބައިވެރިވާނެ ކަމަށް ޚަބަރުތައް ވަނީ ފެތުރިފައެވެ. ބިގް ބޮސް 10 ގެ ކާމިޔާބީއަށް ފަހު، ބިގް ބޮސް 11 ގައި ތަރިންނާއި އާންމުން އެކީގައި ފެނިގެންދާނެ އެވެ. ޝޯގައި ބައިވެރިވުމަށްޓަކައި އާންމުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު ވަނީ ޖުލައި 21 ވަނަ ދުވަހާއި ހަމައަށް މުއްދަތު ހަމަވެފައެވެ.

މި ފަހަރުގެ ސީޒަންގެ ހޯސްޓަކީ ވެސް ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެވެ. މީގެ ކުރިން ހަބަރުތައް ބުނިގޮތުން ސަލްމާން ޚާންގެ ބަދަލުގައި "ބިގް ބޮސް" ހުށަހަޅަން މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރަށް ހުށަހެޅިކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މިވަގުތު އަކްޝޭ ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޓޮއިލެޓް- އޭކް ޕްރޭމް ކަތާ" ގެ ޕްރޮމޯޝަންގައި ވަރަށް ބުރަކޮށް ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްޝޭވެސް ވަނީ މިކަން ދޮގު ކޮށްފައެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން އަކްޝޭ ބުނީ ބިގް ބޮސް ހުށަހަޅައި ދިނުމަށް އެދި އޭނާއަށް އަދި ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.

ކުރިން ކަލާސްއިން ދެއްކި ބެލުންތެރިންގެ މަޤްބޫލު ޝޯވްއެއް ކަމަށްވާ "ހަތުރޯކި ކިލާޅީ" ކުރިން ހުށަހަޅާ ދީފައިވަނީ އަކްޝޭ ކުމާރުއެވެ. އަކްޝޭ އާއި ސަލްމާނު އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަށް ދަނި ތައްޔާރުވަމުންނެއެވެ. އަދި މި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ސަލްމާން ޚާން އާއި ކަރަން ޖޯހަރު ކަމަށްވާއިރު މި ފިލްމުގެ ލީޑް ރޯލުން އަކްޝޭ ކުމާރު ފެނިގެންދާނެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

11 އޮކްޓޯބަރު 2017
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި
02 އޮކްޓޯބަރު 2017

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

02 އޮކްޓޯބަރު 2017
"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ
27 ސެޕްޓެމްބަރު 2017

"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

27 ސެޕްޓެމްބަރު 2017
"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން
26 ސެޕްޓެމްބަރު 2017

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު
25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު