Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބިސް ބޮސް

"ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!

އަކްޝޭ ވަނީ މިކަން ދޮގުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 30 ޖުލައި 2017 | އާދީއްތަ 06:53
ސަލްމާން ހާނާއި އަކްޝޭ ކުމާރު- އެކުގައި މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން

ސަލްމާން ހާނާއި އަކްޝޭ ކުމާރު- އެކުގައި މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން

ސަލްމާން ޚާންގެ ބަދަލުގައި "ބިގް ބޮސް" ހުށަހަޅަން މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރަށް ހުށަނާޅާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަލާސްއިން ދައްކާ މަޝްހޫރި ރިއަލިޓީ ޝޯވް "ބިގް ބޮސް"ގެ މިހާރު ހުށަހަޅައިދެނީ ސުޕަ ސްޓަރ ސަލްމާން ޚާންއެވެ. އެހެން ނަމަވެސް ދެން އަންނަ ސީޒަނެއްގައި ސަލްމާންގެ ބަދަލުގައި މިޝޯވް ހުށަހަޅައިދޭނީ އަކްޝޭ ކަމަށް ވަނީ އަޑުތައް ފެތުރިގެން ގޮސްފައެވެ.

މިއީ ދޮގު ވާހަކައެއް ކަމަށް އަނެއްކާވެސް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މިވަގުތު އަކްޝޭ ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޓޮއިލެޓް- އޭކް ޕްރޭމް ކަތާ" ގެ ޕްރޮމޯޝަންގައި ވަރަށް ބުރަކޮށް ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްޝޭވެސް ވަނީ މިކަން ދޮގު ކޮށްފައެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން އަކްޝޭ ބުނީ ބިގް ބޮސް ހުށަހަޅައިދިނުމަށް އެދި އޭނާއަށް އަދި ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ. ކުރިން ކަލާސްއިން ދެއްކި ބެލުންތެރިންގެ މަޤްބޫލު ޝޯވްއެއް ކަމަށްވާ "ހަތުރޯކި ކިލާޅީ" ކުރިން ހުށަހަޅާ ދީފައިވަނީ އަކްޝޭ ކުމާރުއެވެ.

އަކްޝޭ އާއި ސަލްމާނު އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަށް ދަނި ތައްޔާރުވަމުންނެއެވެ. އަދި މި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ސަލްމާން ޚާން އާއި ކަރަން ޖޯހަރު ކަމަށްވާއިރު މި ފިލްމުގެ ލީޑް ރޯލުން އަކްޝޭ ކުމާރު ފެނިގެންދާނެއެވެ.

"ޓޮއިލެޓް، އެކް ޕްރޭމްކަތާ"އާއި ގުޅިގެން އަކްޝޭ ބުނީ މިއީ ދެބަޔަކަށް ބެހިގެންދާ ފިލްމެއް ކަމަށާއި ފިލުމު ފެށިގެން އަންނަ އިރު ސީރިއަސް މަންޒަރު ތަކެއް ފެނުނު ކަމުގައި ވިޔަސް ބޮޑަށް މިފިލްމުގައި ކޮމެޑީ ބައި ގިނަ ވާނެ ކަމަށެވެ. އަދި މިއީ ހަޤީޤީ ހަދީސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ކުރިން "ސަންދާސް އެކް ޕްރޭމްކަތާ" ގެ ނަން ދީފައިވާ މިފިލްމުގެ ޓައިޓްލް ނަން ބަދަލު ކޮށްފައިވާއިރު މި ފިލްމުގެ ސްކްރިޕްގެ މަސައްކަތް ހަތަރު އަހަރު ދުވަހު ވަންދެން ކޮށްފައިވެއެވެ.

އަދި އަކްޝޭއަށް މިފިލްމު ހުށަހެޅުމުގެ ކުރިން ވަރަށް ގިނަ އެހެން ފަންނާނުންނަށް މި ފިލްމު ކުޅުމަށް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެއްވެސް ފަންނާނަކު މިފިލްމު ކުޅުމަށް އެއްބަސް ނުވި ކަމަށް އަކްޝޭ ބުންޏެވެ.

އަދި މި ފިލްމުގެ ސްކްރިޕްޓް ފެނިފައި ފިލްމަށް ޝައުގުވެރިކަން އުފެދުނީ ކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ހަދާފައިވާ "ޓޮއިލެޓް، އެކް ޕްރޭމްކަތާ" ވަނީ ލީކު ކޮށްލާފައެވެ. އެހެން ނަމަވެސް އެ ފިލްމު ވަނީ ބޮޑު ބަޔަކަށް ފިލްމު ނުފެނި މައްސަލަ ވަނީ ހައްލުކުރެވިފައެވެ.

"ޓޮއިލެޓް، އެކް ޕްރޭމްކަތާ" ގެ ޑޕްރޮޑިއުސަރ ޕްރާނާ އަރޯރާ ނެރެފައިފާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ފިލްމު ލީކް ކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި އެހެންނަމަވެސް އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.

އިންޑިއާގެ ކްރައިމް ބްރާންޗުން އެޅި އަވަސް ފިޔަވަޅަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުނެފައި ވެއެވެ. ހިންދީ ފިލްމުތަކުގެ ތެރެއިން 'އުޅްތާ ޕަންޖާބް'، 'ސުލްތާން'، 'ކަބާލީ' އަދި 'ބާހޫބަލީ 2' ވެސް ވަނީ ރިލީޒް ކުރުމުގެ ކުރިން ލީކު ކޮށްލައިފަ އެވެ.

ޝްރީ ނަރަޔަން ސިންގު ޑައިރެކްޓް ކޮށްފައިވާ ކޯޕްރޮޑިއުސް ކޮށްފައިވަނީ އަކްޝޭ ކުމާރާއި ނީރާޖް ޕާންޑޭއެވެ. މި ފިލްމުގެ ލީޑުރޯލުން ފެނިގެންދަނީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާއެވެ. މިއީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާގެ ފުރަތަމަ ފިލްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

16 އޮކްޓޯބަރު 2017
"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

"ބޮސް" ގެ ކެންސަލްވި ޓިކެޓްތައް މިއަދު ވިއްކަން ފަށައިފި

11 އޮކްޓޯބަރު 2017
"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

02 އޮކްޓޯބަރު 2017
"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

27 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު