Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް މުގާބޭ

ފާޑުކިޔުންތަކާއި ގުޅިގެން، ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމުގެ ނިންމުން ބަދަލުކުރަނީ!

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމަށް ނިންމުމާއެކު، ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 22 އޮކްޓޯބަރު 2017 | އާދީއްތަ 05:46
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ: ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމާއެކު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ: ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމާއެކު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޚުދުމުޚުތާރު ލީޑަރު ރޮބަޓް މުގާބޭ ހަމަޖެއްސެވުމަށް އެއިދާރާއިން ނިންމި ނިންމުން ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ހިންގާ ގައިންގަޔަށް ނާރާ ބަލިތަކުގެ ކެމްޕެއިންގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސެވުމަށް ނިންމީ އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އެވެ. ޑރ. ޓެޑްރޯސްގެ މިނިންމެވުމަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ.

ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމަށް ނިންމެވިކަން އިޢުލާން ކުރަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޑރ. ޓެޑްރޮސް ވަނީ ޒިމްބާބްވޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޒިމްބާބްވޭ އަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ގައުމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް މުގާބޭގެ 37 އަހަރުވީ ދިގު ވެރިކަމުގެ ތެރޭގައި އެޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ޤަވާއިދުން މުސާރަ ނުދިނުމާއި، އެކަށިގެންވާ މިންވަރަށް ބޭހުގެ ބާވަތްތައް ނުލިބުން ފަދަ މައްސަލަތަކާއި ގުޅިގެން ޞިއްޙީ ނިޒާމް ބަލިކަށިވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

އުމުރުފުޅުން 93 އަހަރުގެ ރޮބަޓް މުގާބޭ، ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖެއްސުމަކީ، އެޖަމިއްޔާގެ އެހެން މެމްބަރު ގައުމުތަކާއި، އެހީދޭ ފަރާތްތަކަށް ސިހުން ލިބިގެންދިޔަ ނިންމެވުމެކެވެ.

ޑަބްލިއުއެޗްއޯގެ ނިންމުމަށް ޒިމްބާބްވޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފެށިގެން، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ހަމަޔަށް ފާޑު ކިޔާފައިވެއެވެ.

އެގޮތުން ޒިންމާބްވޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ވަކީލަކު ވަނީ، މުގާބޭގެ އަމިއްލަފުޅު ގައުމުގެ ޞިއްހީ ނިޒާމް ހަލާކުކޮށްފައިވާ ގުޑްވިލް އެމްބެސެޑަރަކު ހުރުމާއިމެދު ދެކެނީ ކިހިނެއްތޯ ޑަބްލިއުއެޗްއޯ އާއި ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން، ޒިމްބާބްވޭގެ ބައެއް އާއްމުން ވަނީ، މުގާބޭގެ އާލާސްކަންފުޅަށް ޒިމްބާބްވޭގެ ސިއްހީ ނިޒާމްގެ ބޭނުން ނުކުރައްވާ، ސިއްހީ ފަރުވާ ހޯއްދެއްވުމަށް ޤައުމުން ބޭރަށް ވަޑައިގެންނެވުމަކީ، ޒިމްބާބްވޭގެ ސިއްހީ ނިޒާމުގެ ދުޅަހެޔޮކަން ހުރި މިންވަރު ވަޒަންކޮށްދޭ ކަމެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.

ނޫފެ އިތުރުން ޒިމްބާބްވޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށް ކަމުން، މުގާބޭ ސިއްހީ ފަރުވާ އަށް ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށް ބުނެ ބައެއް އާއްމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯގެ މިނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، މިއީ ހައިރާންކަމާއި މާޔޫސްކަން ގެނުވި ނިންމުމެއް ކަމަށް ވިދާޅުވެ، އެނިންމުމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ މަސައްކަތްތަކަށް ހިޔަނި އެޅޭނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެ އިތުރުން ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑެއޫ ވަނީ، އޭނާ އަށް ހީފުޅުކުރެއްވުނީ އެއީ "އޭޕްރީލް ފޫލް" ޖޯކެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ، ޑަބްލިއުއެޗްއޯގެ ނިންމުމާއި، އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް އިހްތިރާމް ކުރުމަށް އދ. އިން ގެންގުޅޭ ފިކުރާއި ސާފުކޮށް ފުށުއަރާ ކަމަށް ބުނެފައެވެ.

ޒިމްބާބްވޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި ގުޅޭ ގޮތުން އެމެރިކާ އަދި ވިލާތުގެ އިއްތިހާދުން އަބަދުވެސް މުގާބޭގެ ސަރުކާރަށް ފާޑުކިޔައެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމުގެ ނިންމެވުމަށް ފާޑު ކިޔާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ތެރޭގައި ވެލްކަމް ޓްރަސްޓް، އެންސީޑީ އެލަޔަންސް، ޔޫއެން ވޮޗް، ވޯލްޑް ހާރޓް ފެޑެރޭޝަން އަދި އެކްޝަން އަގައިންސްޓް ސްމޯކިންގ ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް މުގާބޭ ހަމަޖެއްސުމަށް ނިންމިކަން އިޢުލާން ކުރުމަށް ފަހު، ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާއި ގުޅިގެން އެޖަމިއްޔާގެ އިސްވެރިޔާ ޑރ. ޓެޑްރޮސް ހޮނިހިރު ދުވަހު ވަނީ، ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ހަމަތަކާއި އެއްގޮތަށް އެކަން ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މެއި މަހު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އިންތިޚާބުވި ޑރ. ޓެޑްރޮސް އަކީ އެފްރިކާ ބައްރަށް ނިސްބަތްވާ ޑަބްލިއުއެޗްއޯގެ ފުރަތަމަ އިސްވެރިޔާ އެވެ. އޭނާ އެމަގާމަށް އިންތިޚާބުވެފައިވަނީ، ޑަބްލިއުއެޗްއޯ އިން ސިޔާސީ ނުފޫޒު ކުޑަކުރެއްވުމުގެ މެންޑޭޓާއިއެކުގައެވެ.

ޑަބްލިއުއެޗްއޯ އިން މުގާބޭ އައްޔަން ކުރަން ނިންމާފަވަނީ ނަން-ކޮމިއުނިކަބަލް ޑިޒީސަސް (ގައިންގަޔަށް ނާރާ ބަލިތަކާއި) ދެކޮޅަށް މަސައްކަތްކުރާ ކެމްޕެއިންގެ ގުޑްވިލް އެމްބެސެޑަރަކަށެވެ. ނަން-ކޮމިއުނިކަބަލް ބަލިތަކަކީ، ދިގު މުއްދަތަކަށް ދެމިގެންދާ އަދި، ބަލި ހާލަތަށް ގިނަ ދުވަހުން ބަދަލު އަންނަ، ގައިންގަޔަށް ނާރާ ބަލިތަކެވެ. އެފަދަ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުންފަދަ ހިތުގެ ބަލިތަކާއި، ކެންސަރު، އަދި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކެވެ.

ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ނަން-ކޮމިއުނިކަބަލް ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ 63 އިންސައްތަ އަކީ އެފަދަ ބަލިތަކާއި ގުޅިގެން ދުނިޔެ ދޫކުރާ މީހުންނެވެ. މިފަދަ ބަލިތަކާއި ގުޅިގެން ކޮންމެ އަހަރަކު 36 މިލިއަނަށްވުރެ ގިނަ މީހުން މަރުވާއިރު، އޭގެ ތެރެއިން 80 އިންސައްތަ އަކީ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ފަގީރު ގައުމުތަކުން މަރުވާ މީހުންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު