Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް މުގާބޭ

ޒިމްބާބްވޭގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް މުގާބޭ މަގާމުން ދުރުކުރުމުގެ ސެޝަންތައް ފަށައިފި

ގާނޫނު ހަދާ މަޖިލީހުގެ އެކި ފިކުރުތަކަށް ނިސްބަތްވާ ފަރާތްތަކުން ވަނީ މުގާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 ނޮވެމްބަރު 2017 | އަންގާރަ 14:10
ރައީސް މުގާބޭ

ރައީސް މުގާބޭ

ޒިމްބާބްވޭގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ރައީސް ރޮބާޓް މުގާބޭ ދުރުކުރުމުގެ މަސައްކަތް ފަށައި އަންގާރަ ދުވަހު އެކަމާ ގުޅޭ ސެޝަންތައް ފަށައިފިއެވެ.

އޭއެފްޕީން ރިޕޯޓުކުރާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖޭކޮބް މުބެންޑާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ތިރިގޭގައި ޖޮއިންޓް ސެޝަނެއް ބާއްވަން ހުއްދަދީ އެ ސެޝަނުގައި ރައީސް މުގާބޭ ވެރިކަމުން ދުރުކުރުމާ ގުޅޭ ގޮތުން ބަހުސް ކުރަން ފުރުސަދު ދެއްވާފައެވެ.

ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހުގެ އެކި ފިކުރުތަކަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ރައީސް މުގާބޭ އިސްތިއުފާ އަށް ގޮވާލަމުންނެވެ.

ޒިމްބާބްވޭގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި އަންގާރަ ދުވަހު މަޖިލިސް ކުރިއަށް ދިޔައިރު ރައީސް މުގާބޭގެ އިސްތިއުފާ އަށް ބަޔަކު ދިޔައީ ގޮވަމުންނެވެ.

ރައީސްކަމުގެ މަގާމުން މުގާބޭ އިސްތިއުފާ ދެއްވުމަށް އެގައުމުގެ ޒާނޫ-ޕީއެފް ޕާޓީން ދިން މުހުލަތު ހަމަވިއިރު ވެސް މުގާބޭ އިސްތިއުފާ ދެއްވާފައި ނުވާތީ، މުގާބޭ ރައީސްކަމުން ދުރުކުރުމުގެ މަޝްވަރާތައް ފެށުމަށް އެ ޕާޓީއިން ދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ. ޒާނޫ-ޕީއެފް ޕާޓީ އިން ރައީސް މުގާބޭ، ގައުމުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހޯމަ ދުވަހު މެންދުރު 12 (ރާއްޖޭ ގަޑިން މެދުރު ފަހު 3:00) ޖެހުމާ ހަމައަށް މުހުލަތު ދިނެވެ. އެހެންނަމަވެސް ރައީސް މުގާބޭ އިސްތިއުފާ ނުދެއްވިއެވެ.

ޒިމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް އެގައުމުގެ ކޮންޓްރޯލް ގެންގޮސްފައިވާއިރު އަސްކަރިއްޔާ އިން ބުނެފައި ވަނީރައީސް މުގާބޭއާ ދެކޮޅު ހަރަކާތެއް ނުހިންގާ ކަމަށާއި އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. ހަމައެހެންމެ، އަސްކަރިއްޔާ އިން ބުނަމުން ދަނީ މުގާބޭގެ އަރިހުގައި ގައުމު ހިންގަން ތިބި މީހުން ގައުމު ހިންގާ ގޮތާ ދޭތެރޭގައާއި އަދި ރައްޔިތުންނާއި ދޭތެރޭ ކަންކަން ކުރަމުން ގެންދާ ގޮތާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު