Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ހަމަނުޖެހުން

ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް

އިތުރު ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 އޮކްޓޯބަރު 2018 | ހޯމަ 00:52
މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައި

މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައި

ފުލުހަކު މަރާލުމުގައި ބައިވެރިވުމާއި ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާތީ މިސްރުގެ ކޯޓަކުން ތިން މީހެއްގެ މައްޗަށް ،މަރުގެ ހުކުމް އިއްވައިފިއެވެ.

ގާހިރާގެ ކްރިމިނަލް ކޯޓުން އާދީއްތަދުވަހުވަނީ އެ ތިން މީހުންނަކީ އޯގަސްޓް 2013 އާއި މެއި 2014 އާއިދެމެދު، 10 ފުލުހަކު މަރާލުމުގައި އެމީހުން ބައިވެރިވެފައިވާކަމަށް ސާބިތުވާ ނިންމާފައެވެ.

އެ މީހުންގެ މައްޗަށް ކުރެވުނު ދައުވާތަކުގެ ތެރޭގައި އަންސަރު އަލް ޝަރިއާ ނަމަކަށްކިޔާ ހަނގުރާމަވެރި ޖަމާއަތެއް އުފައްދާ ހިންގުން ހިމެނެއެވެ.

މި މައްސަލައިގައި އެއް ބަޔަކަށް މަރުގެ ހުކުމް އިއްވިއިރު، ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިއެވެ. މިސްރުގައި އުމުރު ދުވަހުގެ ޖަލު ހުކުމް މާނަ ކުރަނީ 25 އަހަރުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން ހަތް މީހަކު 15 އަހަރަށް ޖަލަންލާން ހުކުމްކޮށްފައެވެ.

މިސްރުގެ ކޯޓުތަކުންވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައެވެ.

ބުރާސްފަތި ދުވަހު މިސްރުގެ އަސްކަރީ ކޯޓުންވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ޗަރޗްތަކަށް ދިން ހަމަލާތަކާއި ގުޅިގެން 17 މީހަކަށް މަރުގެ ހުކުމް އިއްވާފައެވެ.

ހޯމަ ދުވަހުވަނީ އައިއެސްއަށް ނިސްބަތްވި ހަތަރު މީހަކަށް މަރުގެ ހުކުމް އިއްވާފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު