Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑް ކޯމަން

އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

ޕްރިމިއާ ލީގުގައި އެވަޓަން މިހާތަނަށް 8 މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވީ ދެ މެޗުން

ލީވާން އަލީ
ލީވާން އަލީ | 20 އޮކްޓޯބަރު 2017 | ހުކުރު 10:31
އެވަޓަންގެ ކޯޗު ރޮނަލްޑް ކޯމަން

އެވަޓަންގެ ކޯޗު ރޮނަލްޑް ކޯމަން

އެވަޓަންގެ ކޯޗުކަމުން އޭނާ ވަކިކޮށްފާނެ ކަމަށް އެވަޓަންގެ ކޯޗު ރޮނަލްޑް ކޯމަން ބުނެފިއެވެ.

ޔޫރޮޕާ ލީގުގައި އޮލިމްޕިކް ލިޔޯން އަތުން 1-2 ގެ ނަތީޖާއިން އެވަޓަން ބަލިވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯމަން ބުނީ މެޗަކުން ބަލިވެއްޖެ ނަމަ، އަބަދުވެސް ފެންނާނީ ކޯޗުގެ ގޯސްކަން ކަމަށެވެ. އެގޮތުން މަގާމުން ވަކިކޮށްފާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޯމަން ބުނީ ޓީމު ރަނގަޅުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާ ވަކިކުރުމުގެ ބާރު ކްލަބްގެ ބޯޑަށް އެބައޮތް ކަމަށާއި، ރަނގަޅަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަކިކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ކޯމަން ވަނީ ބުނެފައެވެ.

އެވަޓަން މި ސީޒަނުގައި ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އެޓީމު ލިޔޯން އަތުން ވީ ބައްޔާ އެކު މިހާރު އޮތީ ގްރޫޕް އީގައި އެންމެ ޕޮއިންޓަކާ އެކު ފުލުގައެވެ.

ޕްރިމިއާ ލީގުގައި އެވަޓަން މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވީ ދެ މެޗުންނެވެ. ހަތަރު މެޗުން އެޓީމު ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އެވަޓަން އޮތީ އަށް ޕޮއިންޓާއެކު ޕްރިމިއާ ލީގުގެ 16 ވަނައިގައެވެ.

ޕްރިމިއާ ލީގުގައި އެވަޓަން އަންނަ އާދީއްތަ ދުވަހު ނިކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހު ހަވީރު 17:30 ގައެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު