Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ ތަރައްޤީ

ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީ ބަލައިނުގަންނަނީ ކީއްވެ؟

އުސް އިމާރާތްތަކާއި އެއާޕޯޓާއި ބްރިޖާއި، ބަނދަރާއި ނަރުދަމާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2017 | ހުކުރު 09:39
ޖަލްސާތަކަށް މުވައްޒަފުން ގެންދަން ޖެހެނީ މަޖުބޫރުކޮށްގެން، ނުގޮސްފިނަމަ ސުވާލުކުރެވޭނެ

ޖަލްސާތަކަށް މުވައްޒަފުން ގެންދަން ޖެހެނީ މަޖުބޫރުކޮށްގެން، ނުގޮސްފިނަމަ ސުވާލުކުރެވޭނެ

އުސް އިމާރާތްތައް އަރައިގެން އަންނަ މަންޒަރާއި، ބްރިޖުގެ ތަނބުތައް ކަނޑުން އުފުލިގެންދާ މަންޒަރު އެބަ ފެނެއެވެ. އެއާޕޯޓުގެ އާ ރަންވޭއާއި އެއާޕޯޓަށް އަންނަމުންދާ ހެޔޮ ބަދަލުތައްވެސް ފެނިގެން އެބަދެއެވެ. އުމްރާނީ ތަރައްގީގެ މަގުތައް ކޮށި، ބަލަން ބޭނުންނުވާ މީހުންނަށް ވެސް އެމަންޒަރު އެބަ ދައްކައެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަރައިގެންދާ މަންޒަރު ބަލަން ބޭނުންނުވި ފަރާތްތަކަށް އެ މަންޒަރުވެސް ދައްކައިފިއެވެ. ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ އުސް ތަނބުތަކާ ދިމާލަށް ބަލަން ބޭނުން ނުވިޔަސް އެ މަންޒަރު ވެސް އެބަ ފެނެއެވެ. ރަށްރަށުގެ ބަނދަރާއި މަގުތަކާއި ނަރުދަމާގެ ނިޒާމުތައް ވެސް އެދަނީ ޤާއިމް ކުރަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު އުމްރާނީ ތަރައްގީގެ ރޮނގުގައި ރާއްޖެ ކުރިއަރަމުން އަންނަކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ބޮޑެތި މަޝްރޫއުތަކެއް ގައުމުގައި ހިނގަމުންދާކަމީ ސަރުކާރަށް ހިތްހަމަޖެހުމެވެ. 2018 އާ ދިމާލަށް ބާލީސް ބާއްވާލައިގެން ސަރުކާރުގެ ވެރިން ނިދަނީ މި ތަރައްގީގެ ސަބަބުން ވޯޓް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް، ހަމަ ހަގީގަތުގައި މި ސަރުކާރުގެ ތަރައްގީ ރައްޔިތުން ބަލައިގަނޭތޯ ސުވާލު ކޮށްލަންޖެހެއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް މީހުން ގެންދަންޖެހެނީ މަޖުބޫރުކޮށްގެންނެވެ. ސިވިލް ސަރވިސް މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ކަރުދާސްކޮޅެއްގައި ސްޓާފް އައިޑީ އާއި އިންނަންޖެހޭ ގޮނޑީގެ ނަމްބަރު ދީގެންނެވެ. ޖަލްސާއަށް ދިއުމުގެ ކުރިން އޮފީހަށް ވަދެ ފިންގަރ އިން ކުރަންޖެހެއެވެ. ހާޒިރީ މާކު ކުރެވެއެވެ. ފާޅުގައި މިކަންތައް ކުރަމުންދާ ކަމަށް ޕީޕީއެމާއި ކުންފުނިތަކުގެ ވެރިން އެއްބަސް ވެސް ވަނީއެވެ. ރައީސް ޔާމީން މިވަރުގެ ތަރައްގީއެއް ގެންނަމުންދާއިރު، އަމިއްލަ އަށް ފެނިގެން، އެއްވެސް މަޖުބޫރުކަމެއް ނެތި ޖަލްސާއަށް މީހުން ނުދަނީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑު ހިތުން މިއީ ކޮންމެހެން ވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ. މިއީ ޖަވާބު ބޭނުންވާ ވެސް ސުވާލެކެވެ.

ރައީސް ޔާމީނެވެ. ޕީޕީއެމްގެ އިސްވެރިންނެވެ. ސަރުކާރުގެ ބޮޑުންނެވެ. ޖަލްސާއަށް މީހުން ނުދަނީ އިންސާފު ނެތީމައެވެ. މަޖުބޫރުކޮށްގެން ޖަލްސާއަށް މީހުން ގެންދަން ޖެހެނީ ގައުމުގައި އަދާލަތު ނެތީމައެވެ. ތިޔަ ގެންނަވާ ތަރައްގީ ރައްޔިތުން ބަލައިނުގަންނަނީ ހަމަހަމަކަމެއް ނެތީމައެވެ. ޖަލްސާގެ އިންތިޒާމްތަކުގައި މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުދާ ބޭނުންކުރާތީއެވެ. ކޮރަޕްޝަނާއި ފަސާދަައިގެ ސަޓަނިގަނޑަކަށް މުޅި ދައުލަތް ބަދަލުކޮށްލެވިފައިވާތީއެވެ. ހުރިހާ މަންޒަރެއްވެސް ރައްޔިތުންނަށް އެބަ ފެނެއެވެ. ހުރިހާ އަޑެއްވެސް އެބަ އިވެއެވެ. ރައްޔިތުންގެ ބަސް އިއްވާ ދުވަހު، ވޯޓް ފޮށިން މީގެ ޖަވާބު ދޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

މިއަދު މަޖުބޫރު ކޮށްގެން މުވައްޒަފުންތައް ޖަލްސާއަށް ގެންދެވިދާނެއެވެ. ފަގީރުކަމުގެ ނާޖާއިޒު ފައިދާ ނެގިދާނެއެވެ. ކުލި ދައްކާ ދައްކާ ހަފުސްވާ ދިރިއުޅުމެއްގައި އުޅޭ ބަޔަކު ވަޒީފާއަށްޓަކައި ޖަލްސާތަކަށް ދާނެއެވެ. ވަޒީފާގެ ހައްގުގައި ގޮނޑި ހޫނުކޮށްލަން ހިނގައިދާނެއެވެ. ވަޒީފާ ގެއްލިއްޖެނަމަ ދެން ވާނެ ނިކަމެތި ގޮތް އެނގޭތީއެވެ. ހާލުގައި ޖެހިގެން ދާނެ ތަނެއް ނެތްކަން އެންމެންނަށް އެބަ އެނގެއެވެ. ހައްގެއް ގެއްލިގެން އެ ހައްގުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އިންސާފުގެ ވާހަކަ ދައްކާ މީހާއަކީ ޣައްދާރަކަށްވަނީއެވެ. ނިކަމެތިންގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ހުރި ނަމަ، ފްލެޓްތައް ބެހުމުގައި އިންސާފުވެރިވީސްކަން ކަށަވަރެވެ. މީހުން ދިރިމިއުޅޭ ނިކަމެތި ހާލު ވެރިންނަށް ފެންނަ ނަމަ، ހަމަހަމަކަމާއި އިންސާފުވެރިކަން އެކަމުގައި އިސްކުރީހެވެ.

ރައީސް ޔާމީނެވެ. އުސް އިމާރާތްތަކާއި ކޮންކްރީޓުން ގެންނަ ތަރައްގީއަށްވުރެ ރައްޔިތުންނަށް އިންސާފުވެރިކަން މިއަދު މާ މުހިންމެވެ. ހައްގުތަކާއި މިނިވަންކަން ކަށަވަރުވެފައި އޮތުން މުހިންމެވެ. ގާނޫނަށް ބޯލަނބާ ވެރިންތަކަކާއި ގާނޫނު ނަގަހައްޓާނެ ވެރިކަމެއް މާ މުހިންމެވެ. ނުހައްގު ދައުވާތައް އުފުލި، އުމުރު ދުވަސް ހުރަގޭގައި އޮންނަން ނުޖެހޭނެ ދުވަހެއް ދެކެން ރައްޔިތުން ބޭނުމެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި ދެވެމުންދާ ބޮޑެތި އަނިޔާތައް ހުއްޓުވަން ބޭނުމެވެ. އިދާރީ އިންތިޒާމްތަކުގައި ހަމައާއި އިންސާފު އޮންނަން ބޭނުންވެއެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތި އިންސާފު ހޯދަން ދެވޭނެ ދުވަހެއް އައުން ރައްޔިތުން އެދެއެވެ. އަނިޔާ ލިބިފައިވާ މީހާއަށް މުއައްސަސާތަކުން އިންސާފު ލިބޭނެ ކަމުގެ އިތުބާރު އެބަ ބޭނުންވެއެވެ. ރައްޔިތުންގެ ފުށުން ފެށިގެން އަންނަ ވެރިކަމަކީ ރައްޔިތުންގެ ހައްގުގައި ދެމިއޮންނަ ވެރިކަމަކަށް ވުމުގެ އުންމީދު ގައުމުގައި މާބޮޑެވެ.

މިގައުމު މިއޮއްހާ ޒަމާން ވަންދެން ދެމި އޮތީ މިފަދަ އުންމީދުތައް ރައްޔިތުން ކުރާތީއެވެ. ރައްޔިތުން ގައުމާ މެދު ދެކޭ ހުވަފެންތަކުގެ ސަބަބުންނެވެ. މިއީ މަޖުބޫރުކޮށްގެން ބިރުދައްކައިގެން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭނެ އެއްޗެއް ނޫނެވެ. އުސް އިމާރާތްތަކާއި ބްރިޖް މަތިން ރައްޔިތުން ދަތުރުކުރާނެއެވެ. އެ ތަރައްގީ ބަލައިވެސް ގަންނާނެއެވެ. އެހެން ނަމަވެސް، ބްރިޖު މައްޗަށް ފައި އަޅާއިރު އެތަނުގެ ކޮންކްރީޓްގަނޑުގެ ނަމުގައި ހިންގާފައިވާ ޚިޔާނާތާއި، ވެރިންގެ ބަނޑަށް ދިޔަވަރު އަބަދުގެ އަބަދަށް ރައްޔިތުން ހަނދާން ކުރާނެއެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް އަރާއިރު، އެތަން އިމާރާތްކުރުމުގެ ނަމުގައި މުއްސަނދިވި އެންމެންގެ ނަންތައް ރައްޔިތުން ހަނދާން އާކުރާނެއެވެ. މިއަދު އިންސާފު ނުލިބުނަސް، އެމީހުން ފަހާ ރައްޔިތުން ދުވާނެ ދުވަހެއް އަންނާނެއެވެ.

ތަރައްގީގެ ތަފާއްޔެއް ލޯމަތީގައި އަޅައިގެން ރައްޔިތުން ތިއްބަސް، ނިކަން ރަނގަޅަށް ވާނުވާ އެނގެއެވެ. ދިވެހިންނަކީ ގުނބޯތަކެއް ކަމަށް ހީކުރެވުމަކީ ވެރިންގެ ގަމާރުކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު