Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

އެލްޖީއަކީ މިހާރު "ފޯވަޑް" ބަޓަނެއް: ޑެޕިއުޓީ މޭޔަރު ސަމާހު

ކަމަކަށް އެދުނަސް އެލްޖީއޭއިން ވެސް ކޮންމެވެސް ފަރާތަކަށް ފޯވަޑް ކުރަނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 11:26
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މިހާރު ހިނގަމުން ދަނީ "ފޯވަޑް" ބަޓަނެއްގެ ގޮތުގައި ކަމަށް ކުރިން އެލްޖީއޭ ބޯޑުގައި ހިމެނި ވަޑައިގެންނެވި އަދި މާލެ ސީޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާހު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، އެންމެފަހުން އެލްޖީއޭގެ ބޯޑުވެސް ސީދާ ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންނަވާފައިވާތީ އެކަމާއި ގުޅިގެން ސަމާހު ވިދާޅުވީ ކުރިން އެލްޖީއޭ ހިންގިގޮތާއި މިހާރު އެލްޖީއޭ ހިންގާ ގޮތް ވަރަށް ތަފާތު ކަމަށެވެ. މަލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ އެލްޖީއޭ ކަމަށްވީނަމަވެސް އެލްޖީއޭއިން ކައުންސިލްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ވަނީ ނުކުޅެދިފަ ކަމަށެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން މަސައްކަތް ކުރަމުންދާއިރު އެލްޖީއޭގެ ބޮޑަށް ބަލަމުންދަނީ ވެސް ކައުންސިލްތަކަށް ކަންކަން މަގު ފަހިކޮށްދިނުމުގެ ބަދަލުގައި ދަތި ކުރަމުން ކަމަށެވެ.

"އަޅުގަނޑު އެލްޖީއޭ މިހާރު ސިފަކުރަނީ އެއީ ފޯވަޑް ބަޓަނެއްގެ ގޮތުގައި. އީމެއިލްގަ ވެސް އިންނާނެ ފޯވަޑް ބަޓަނެއް، އެ ބަޓަނަށް ފިތާލީމާ އެ އީމެއިލް ފޯވަޑް ވާނެ ކޮންމެވެސް ދިމާލަކަށް. މި ދައުރަށް ކައުންސިލަރުން އިންތިހާބު ކުރުމާއެކު އަޅުގަނޑުމެން އެންމެ ފުރަތަމަ ބައްދަލުކުރީ އެލްޖީއޭ އާ، ބައްދަލުކޮށް އަޅުގަނޑުމެންގެ ހުރި ގޮންޖެހުންތަކާއި، އަޅުގަނޑުމެންނަށް އެހީތެރިވުމަށް އެބޭފުޅުންގެ ފަރާތުން ކޮށްދެވޭނެ ކަންތައްތަކަކުގެ ވާހަކަ ދެންނެވިން. އަޅުގަނޑު ހަމަބެލިން އެމަސައްކަތްތައް ކުރިއަށްދާގޮތް، ފޯނުން ގުޅައިގެންވެސް، ބައްދަލުކޮށްގެންވެސް. އެބޭފުޅުން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވާފައިހުރީ، ފޯވަޑްކޮށްފަ ހުރީ. އެލްޖީއޭވެސް މިހާރު މިހަރަކާތްތެރިވަނީ ވަކި ބޭފުޅަކު ބޭނުންވާގޮތައް،" ސަމާހު ވިދާޅުވި އެވެ.

މޭޔަރު ޝިފާ ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް ބައްދަލުކޮށްލާ މަޝްވަރާކޮށްލާނެ ތަނެއް ސަރުކާރުގެ އިދާރާތަކުން ހުއްދައަށް އެދުމުން މިއަދާ ހަމައަށްވެސް ތަނެއް ލިބޭގޮތް ނުވި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ސްކޫލެއް ހޯދަން އެދުމުން އެކަން ނުވިކަމަށާއި ސްކޫލަތާއި ވާހަކަ ދެއްކުމުން ސްކޫލްތަކުގެ ވެރިންވެސް ތިއްބަވަނީ ސަރުކާރުގެ އިސްވެރިން ދެކެ ބިރުން ކަމަށެވެ. މީގެއިތުރުން މާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށްލާ މަޝްވަރާ ކޮށްލާނެ ތަނެއް ލިބޭގޮތް ނުވިއިރު، މާލެ ސިޓީއަށް ނިސްބަތްވާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށްލަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ގައި އެދުމުން ވެސް ތަނެއް ލިބޭގޮތް ނުވި ކަމަށެވެ.

ޝިފާ ވިދާޅުވީ އިދާރީ ގޮތުން އޮފިސް ހިންގުމަށްވެސް ބޮޑެތި ގޮތްޖެހުން އެބަހުރި ކަމަށާއި މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ނެތްއިރު ބަޖެޓްގެ ތާށިކަންވެސް އިންތިހާއަށް އެބައޮތް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު