Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފްލެޓްތަކުގެ މައްސަލަ

ފްލެޓް ލިބުނު ކަމަށް ބުނާ ފޯމް ނަމްބަރާއި ނަމާ ދިމާ ނުވާ މައްސަލަތައް ވެސް ފެންމަތި ވެއްޖެ!

19 އޮކްޓޯބަރު 2017 | ބުރާސްފަތި 10:44

ފްލެޓް ލިބޭ ކަމަށް ބުނި ފޯމް ނަމްބަރު ހިފައިގެން މިނިސްޓްރީއަށް ދިއުމުން އެނަމްބަރާއި ނަމަކާ ދިމަލެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 10:44
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދާދިފަހުން ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ފޯމް ނަމްބަރާއި ނަމާ ދިވާ ނުވާ މައްސަލަ ފެންމަތި ވެއްޖެ އެވެ.

މާލެސީޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހައުސިންގ މިނިސްޓްރީން ފްލެޓް ދޫކުރުމާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވަނިކޮށް، ފްލެޓް ލިބުނު ކަމަށް ބުނާ ފޯމް ނަމްބަރާ އެކު ހައުސިން މިނިސްޓްރީއަށް ދިއުމުން އެ ފޯމް ނަމްބަރުގައި އެހެން ނަމެއް އޮތް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"މިއަދު ވެސް މާލެ ސިޓީ ކައުންސިލަށް ފްލެޓް ލިބުނު ކަމަށްބުނާ މީހަކު ހުށަހަޅާފައިވާ ސިޓީއެއް އެބައޮތް. އޭނާގެ ނަންމަތީ ހުށަހެޅި ފޯމް ނަމްބަރަށް ފްލެޓް ލިބޭ ލިސްޓްގައި ހިމެނިފައިވާތީ، އެކަމުގެ ހިތްހަމަ ޖެހުމާއެކު އޭނާ ހައުސިން މިނިސްޓްރީއަށް ވަޑައިގެންނެވިކަމަށް. ނަމަވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ އެ ފޯމް ނަމްބަރުގައި ވަނީ އޭނާގެ ނަން ނޫން ކަމަށް.އެހެން މީހެއްގެ ނަމެއް ކަމަށް،" ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ފްލެޓް ދޫކުރުމުގައި ހައުސިން މިނިސްޓްރީ ރަނގަޅަށް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ކަމަށާއި ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ހާމަ ކުރަންޖެހޭ ކަމަށެވެ. ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތަކާއި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

"ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފައިނުވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަޅުގަނޑުމެން ދިޔައިން. އެހެންނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި ލިޔުއްވާފައި ވަނީ އެމައުލޫމާތު އެވަނީ ހާމަކޮށްފައި ކަމަށް. އަޅުގަނޑުމެން ދެކޭ ގޮތުން އެއީ ވަރަށް ތާކުންތާކުން ނުޖެހޭ ޖަވާބެއް،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާއި ފްލެޓް ދޫކުރުމުގައި ގެންގުޅެފައިވާ އުސޫލްތައް ހާމަ ކޮށްދިނުމަށް އަނެއްކާ ވެސް ހައުސިންގ މިނިސްޓްރީއަށް ލިޔުމުން އެދޭނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ފްލެޓާ ގުޅޭ ގޮތުން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް އެބަހުރި ކަމަށާއި ފްލެޓް ދޫކުރުމުގައި ރަނގަޅަށް މައުލޫމާތު ހޯދާފައިނުވާއިރު، ވަރަށް ބޮޑެތި މައްސަލަތައް ވެސް ފެންމަތިވަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް