Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިއުމާ

ނިއުމާގެ "3 ސަޕްރައިޒް" މާދަމާރޭ

ތިން ސަޕްރައިޒް ދެނީ އޭނާގެ 40 ވަނަ އުފަންދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 04:27
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

މިމަހުގެ 20 ވަނަ ދުވަހު ދިވެހި ފިލްމީ ތަރި ނިއުމާ މުހައްމަދުގެ 40 ވަނަ އުފަންދުވަހުގައި އޭނާ ވަނީ ބެލުންތެރިންނަށް ތިން ސަޕްރައިޒެއް ދޭން ނިންމާފައެވެ.

ނިއުމާ ބުނީ އޭނާގެ "3 ސަޕްރައިޒް" ދޭނީ މާދަމާރޭ ދަރުބާރުގޭގައި އޮންނަ ހަފްލާގައި ކަމަށެވެ.

ފަހަރުގައި އޭގެތެރެއިން އެއް ސަޕްރައިޒަކީ އޭނާގެ "ސެލެބްރޭޓިން 20" ގެ ލަވަ އަލްބަމް ކަމަށްވެސް ވެދާނެއެވެ. އެއީ އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ފާހަގަ ކުރަން "ސެލެބްރޭޓިން 20" ގެ ނަމުގައި ކަލެކްޝަން އަލްބަމެއް ވެސް ބެލުންތެރިންނަށް ދޫކޮށްލަން އުޅޭ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން އެއީ "3 ސަޕްރައިޒް" ގެ ތެރެއިން އެއް ސަޕްރައިޒަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. "ސެލެބްރޭޓިން 20" ގައި ހިމެނެނީ ހަތްލަވައެވެ.

1995 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާއިން ފެނިގެންދިޔަ ނިއުމާ ވަނީ 1000 އަށް ވުރެ ގިނަ ލަވަ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އަދި އޭގެ އިތުރުން އެތަކެއް ޑްރާމާ ސީރީޒް އަކާއި އެތަކެއް ފިލްމެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ. ނިއުމާ ކުޅެފައިވާ ފިލްމު ތަކުގެތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ފަތިސް ހަނދުވަރު"، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ "ބަދަލު"، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ "ހިތް އެދެނީ"، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ "ގިނި ހިލަ"، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ "ކަލާޔާ ނުލާ"، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ "ދަރިންނަށްޓަކައި"، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ "ހިޔަނި"، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ "ޔޫސުފް" ފަދަ ފިލްމްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2018

ފިލްމް އެސޯސިއޭޝަންގެ އިންތިޚާބު މާދަމާރޭ!

26 ޑިސެމްބަރު 2018
ފިލްމް އެސޯސިއޭޝަންގެ އިންތިޚާބު މާދަމާރޭ!
12 ޖުލައި 2018

ނިއުމާގެ ވަދާއީ ފިލްމް 'ނިވައިރޯޅި' އޮކްޓޯބަރ ގައި ރިލީޒް ކުރަނީ

12 ޖުލައި 2018
ނިއުމާގެ ވަދާއީ ފިލްމް 'ނިވައިރޯޅި' އޮކްޓޯބަރ ގައި ރިލީޒް ކުރަނީ
21 ޖޫން 2018

ނިއުމާގެ ވަދާއީ ފިލްމު، ނިވައިރޯޅީގެ ޝޫޓިން ފަށައިފި

21 ޖޫން 2018
ނިއުމާގެ ވަދާއީ ފިލްމު، ނިވައިރޯޅީގެ ޝޫޓިން ފަށައިފި
17 އެޕްރީލު 2018

ނިއުމާގެ ނިވައިރޯޅީގެ ޝޫޓިން މިމަހު ފަށަނީ

17 އެޕްރީލު 2018
ނިއުމާގެ ނިވައިރޯޅީގެ ޝޫޓިން މިމަހު ފަށަނީ
26 މާރިޗު 2018

ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް

26 މާރިޗު 2018
ވިލް ސްމިތު މައާމީގައި: އަލްޓްރާ މިއުޒިކް ފެސްޓިވަލް 2018 ބަލަން ދިޔަ ފަރާތްތަކަށް 'ސަޕްރައިޒް'އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު