Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިވައިރޯޅިި

ނިއުމާގެ ނިވައިރޯޅީގެ ޝޫޓިން މިމަހު ފަށަނީ

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އެޕްރީލު 2018 | އަންގާރަ 09:46
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރުތަރި ނިއުމާ މުހައްމަދުގެ އެންމެ ފަހުގެ ފިލްމު ނިވައިރޯޅީގެ ޝޫޓިން މިމަހުގެތެރޭގައި ފަށާނެއެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށްހަމަޖެހިފައި ވަނީ ރ.އިނގުރައިދޫގައެވެ. ނިއުމާ ބުނީ ފިލްމުގެ ފެށުމަށް މިމަހުގެ 26 ގައި އިނގުރައިދޫއަށް ފުރާނެ ކަމަށެވެ.

ފިލްމުގެ ފައިނަލް ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިމް، އައިމިނަތު ނިޝާ ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

ފިލްމީ ދާއިރާއިން ރިޓަޔާ ވެއްޖެކަމަށް ނިއުމާ ނިންމާފައިވަނީ އޭނާގެ 40 ވަނަ އުފަން ދުވަހުގައެވެ. ހަމަ އެރޭގައި އޭނާ ވަނީ ނިވައިރޯޅި ފިލްމަކީ އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށް ބުނެ ފިލްމުގެ ޓީޒާ ލޯންޗު ކޮށްފައެވެ.

މޫމިން ފުއާދުގެ ސްކްރިޕްޓެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑައިރެކްޓު ކުރަނީވެސް އޭނާއެވެ. އަދި ޕްރޮޑިއުސް ކުރަނީ ނިއުމާއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު